މިޞްރު މީހަކު ހެދި ޖާދޫ
މިޞްރު މީހަކު އޭނާގެ ރަޙުމަތްތެރި އެމެރިކާ މީހެއްގެ
ދަޢުވަތަކަށް ނިއުޔޯކަށް ދިޔައެވެ. ދެން އެމެރިކާގެ
އެކިއެކި ތަންތަން މިޞްރު މީހާއަށް ދެއްކުމަށްޓަކައި
އެމެރިކާ މީހާ ދިޔައެވެ. އެކިއެކި ތަންތަން
ދައްކަމުންގޮސް، ބޮޑު ސުޕަރމާކެޓަކަށް ވަނެވެ. އެމެރިކާ
މީހާ، މިޞްރު މީހާއަށް އޭނާގެ މޮޅުކަން ދެއްކުމަށްޓަކައި
އެ ސުޕަރމާކެޓުން ތިން ޗޮކްލެޓް ވަގަށް ނަގައިގެން
ޖީބަށްލިއެވެ.
މިޞްރު މީހާ ބުންޏެވެ.
"ތި ވައްކަން ފަޅާއަރައިފިއްޔާ، ތިމަންނާ ވެސް
ހައްޔަރުކުރާނެއެވެ. ޗޮކްލެޓްތައް ނެގި ތަނުގައި
ބަހައްޓާށެވެ!"
އެމެރިކާ މީހާ ބުންޏެވެ.
"ބިރުނުގަންނާށެވެ! މިއީ ތިމަންނާ އަލަށް ކުރާ ކަމެއް
ނޫނެވެ. މިކަން ފަޅައެއްނާރާނެއެވެ!"
މިޞްރު މީހާ އަށް، އެމެރިކާ މީހާ އެ ސުޕަމާކެޓްގެ އެކިއެކި
ބައިތައް ދެއްކުމަށްފަހު ނިކުންނަން ދަނިކޮށް، މިޞްރު
މީހާގެ ހިތަށް އެރިއެވެ.
"ތިމަންނާގެ މޮޅުކަން ވެސް މި އެމެރިކާ މީހާއަށް މިފަހަރު
ދައްކައިލާނަމެވެ."
މިހެން ހިތައި ކައުންޓަރާ އަރާ ހަމަވުމުން، ސޭޓް
ކައިރީގައި މިޞްރު މީހާ ބުންޏެވެ.
"ތިމަންނާއަކީ ވަރަށް މޮޅު ޖާދޫގަރެކެވެ!"
ސޭޓް ބުންޏެވެ.
"ނިކަން މޮޅު ޖާދޫއެއް ދައްކައިދީބަލާށެވެ!"
މިޞްރު މީހާ ބުންޏެވެ.
"ތިން ޗޮކްލެޓް ދޭށެވެ!"
ދެން ސޭޓް ތިން ޗޮކްލެޓް ދިނުމުން، މިޞްރު މީހާ އެ ތިން
ޗޮކްލެޓް އަވަސްއަވަހަށް ކާލިއެވެ!"
އެ މަންޒަރު ބަލަން އިނދެފައި ސޭޓް ބުންޏެވެ.
"ޖާދޫ ކޮބައި ހެއްޔެވެ؟ މާބޮޑަށް ބަނޑުހައިވެފައި ހުރީމާ،
ޗޮކްލެޓްކޮޅެއް ކާލީ ދޮތައެވެ."
މިޞްރު މީހާ ބުންޏެވެ.
"ތިމަންނާ ދެންމެ މި ކޭ، ތިން ޗޮކްލެޓް މިހިރަ އެމެރިކާ
މީހާގެ ޖީބުގައި ވާނެއެވެ. ތިމަންނާ ހެދި ޖާދޫ އަކީ
މިއީއެވެ!"
ދޭން ސޭޓް ގޮނޑިން ތެދުވެގެން ގޮސް އެ އެމެރިކާ މީހާގެ
ޖީބު ފާސްކުރިއިރު، އެ މީހާގެ ޖީބުގައި ތިން ޗޮކްލެޓް
އޮތެވެ!
މި ޖާދޫ ފެނުމުން، ސޭޓް ވަރަށް ބޮޑަށް ހައިރާންވިއެވެ!!!