މުޞަންނިފު: ފަޟީލަތުއްޝައިޚު ޑރ. ޢާއިޟު ބިން ޢަބްދު ﷲ ޢަލްޤަރްނީ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ބައެއް މީހުންނަށް އާދަޔާ ޚިލާފު ކުޅަދާނަކަމެއް
ލިބިފައިވެއެވެ. ޚިޔާލާއި ފިކުރު ނުތަނަވަސް ކުރުމުގެ
ކުޅަދާނަ ކަމެވެ. ކަންބޮޑުވުމާއި ހިތްދަތިކަން
ލިބިގަތުމުގެ ކުޅަދާނަކަމެވެ. އެމީހުންނަކީ، ފާސިދު
ޚިޔާލުތަކުން ވިސްނުމާއި ފިކުރު ކިލަނބުކޮށްލަން މޮޅު
ބަޔެކެވެ.
މުޞަންނިފު: ފަޟީލަތުއްޝައިޚު ޑރ. ޢާއިޟު ބިން ޢަބްދު ﷲ ޢަލްޤަރްނީ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ރީތިކޮށް ހެދުން އެޅުމަށް މަސައްކަތްކުރާ މީހުން
ދެކެމެވެ. އެކަމަށްޓަކައި އެމީހުން ގަދައަޅައި
މަސައްކަތްކުރެއެވެ. އެމީހުންގެ ފޭރާމުން އެމީހުންނަށް
ޚިދުމަތެއް ލިބުމުގެ ބަދަލުގައި، އެމީހުން އެ ފޭރާމަށް
ޚިދުމަތްކުރެ އެވެ! އެމީހުން އެއަށް އަޅުވެތިވެއެވެ!
މުޞަންނިފު: ފަޟީލަތުއްޝައިޚު ޑރ. ޢާއިޟު ބިން ޢަބްދު ﷲ ޢަލްޤަރްނީ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ރޭލެއް ދަތުރުކޮށްފައި ދާއިރު، އޭގެ ބުރިއެއް މާބޮޑަށް
ތެޅެމުންދާނަމަ އެއީ ހުސް ބުރިޔެއްކަން ކަށަވަރެވެ.
ވިޔަފާރިވެރިޔަކު އޭނާ ވިއްކާ އެއްޗެއް މާބޮޑަށް
އިޝްތިހާރުކުރާނަމަ، އެއީ ރަނގަޅު އެއްޗެއް ނޫންކަން
ޔަޤީނެވެ.
މުޞަންނިފު: ފަޟީލަތުއްޝައިޚު ޑރ. ޢާއިޟު ބިން ޢަބްދު ﷲ ޢަލްޤަރްނީ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
މުއްސަނދިކަމުގެ ދަޅައިގައި ނުޖެހޭށެވެ!
ޤާރޫނު އަވަދިކޮށްލީ އޭނާގެ މުއްސަނދިކަމެވެ.
ޙާލަތާމެދު ބޮޑާ ނުވާށެވެ!
ޙައްލާޖު ޤަތުލުކޮށްލީ އޭނާގެ ޙާލަތެވެ.
މަޤާމާއި ޤަދަރަށް ބަރޯސާ ނުވާށެވެ!
ފިރުޢައުނު ތިރިކޮށްލީ އޭނާގެ މަޤާމެވެ.
އަބޫ ޖަހުލު ނަރަކައަށް ވައްޓާލީ އޭނާގެ ޤަދަރެވެ.
އަބޫ ލަހަބު އަންދާލީ އޭނާގެ ޒަޢީމުކަމުގެ އަލިފާނެވެ.
މުޞަންނިފު: ފަޟީލަތުއްޝައިޚު ޑރ. ޢާއިޟު ބިން ޢަބްދު ﷲ ޢަލްޤަރްނީ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ޙަދީޘްފުޅެއްގައި ވެއެވެ.
(حُبُّكَ الشَّىْءَ يُعْمِى وَيُصِمُّ)
ރިވާކުރެއްވީ: އިމާމު އަޙުމަދު.
މާނައީ، "ތިބާ އެއްޗެއް ދެކެ ލޯބިވުމަކީ، ލޯ އަނދިރިވެ،
އަދި ކަންފަތް ބީރުވާ ކަމެކެވެ."
އަޅުގަނޑަށް ފެނިފައިވާ ކަންތައްތަކުގެ އަލީގައި،
މިބަސްފުޅަށް ވަރަށް ބޮޑަށް އީމާންވަމެވެ.
މުޞަންނިފު: ފަޟީލަތުއްޝައިޚު ޑރ. ޢާއިޟު ބިން ޢަބްދު ﷲ ޢަލްޤަރްނީ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
އަންހެން ކަނބަލުންނަށް، ޖާހިލުން ތިންފަހަރު
އަނިޔާވެރިވެއެވެ.
ފުރަތަމަ ފަހަރު، އަނިޔާވެރިވަނީ، މުށްބާރު ބައްޕައެވެ.
މުދަލަށް ދަހިވެތިވާ ވާރުތަވެރިޔާ ވެސް އަނިޔާވެރިވެއެވެ.
އަދި އެ ދެ މީހުންކުރެ މީހަކަށް ބަލަދުއަރާއިރު،
ޚަރަދުކުރުމުގައި ވެސް ފަސްޖެހެއެވެ.
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ޗާޓު ފޮތެކެވެ. ހިތްތަކުގެ ޗާޓުތައް ވެއެވެ.
އުފާފާގަތިކަމުގެ މަންޒިލްތައް ވަނީ ފަވާފައެވެ.
ބޯދާ ވާހަކަ ފޮތެކެވެ. ގިނަގުނަ ވާހަކަތައް ވެއެވެ.
އެއް ޖީލުން އަނެއް ޖީލަށް ނަގުލުކުރީ ހިތްތަކެވެ.
މޮޅު ސެންޓެކެވެ. ހާދަހާ މީރުވަހެއް ދުވައެވެ.
އުތުރެނީ މާތައް ފަރިވެ ފޮޅެމުންދާ ހިތްތަކުންނެވެ.
މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން
ތަރުބިއްޔަތަކީ ކޮބާ؟
ފަރުދުންގެ ޙަޔާތާއި މުޖުތަމަޢުގައި މުހިންމު އުންސުރެއް
ވެއެވެ. އެ އުންސުރުގެ ސަބަބުން ހެޔޮލަފާކަންމަތީގައި
މީހުން ރީތިކޮށް ދިރިއުޅެއެވެ. އަދަބުވެރިކަމާއި
ޚުލްޤުހެޔޮކަމާއެކު ރަނގަޅަށް ދިރިއުޅެއެވެ. އެ އުންސުރު
ނެތިއްޖެނަމަ، މީހުން ތެދުމަގުން އެއްކިބާވެދެއެވެ.
އެންމެހާ ނުބައި ކަންތައްތަކެއް މުޖުތަމަޢުގައި
ފެތުރިދެއެވެ. އެކަމުގެ ސަބަބުން ބޮޑެތި ނުރައްކާތައް
ކުރިމަތިވެދެ އެވެ. ތަރުބިއްޔަތޭ ކިޔަނީ އެ އުންސުރަށެވެ.
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ކާމިޔާބު ޓީޗަރެއްގެ ކިބައިގައި ހުންނަން ޖެހޭ މުހިންމު
ސިފަތަކެއް ވެ އެވެ. އެސިފަތަކުގެ ތެރޭގައި، ދީނީ،
އަޚުލާޤީ، ޖިސްމާނީ، ނަފުސާނީ އަދި ޢަމަލީ ސިފަތަކެއް ވެ
އެވެ. މިލިއުމުގައި ބަލާލާފައިވާނީ އެސިފަތަކުގެ
މައްޗަށެވެ.
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ޖޭން ޖެކް ރޯސޯ (28 ޖޫން 1712 – 2 ޖުލައި 1778) އަކީ،
ސްވިސްލޭންޑްގެ ފިލޯސަފަރެކެވެ. އޭނާ ދުނިޔޭގައި އުޅުއްވީ،
ޔޫރަޕުގެ ބައްރަށް އައި ބުއްދީގެ ޒަމާނެވެ ކިއުނު ޒަމާނުގަ
އެވެ. އޭނާއަކީ އެޒަމާނުގައި އުފެދުނު އެންމެ މުހިންމު
ލިއުންތެރިއާ އެވެ. ރޯސޯގެ ޢިލްމީ ތަރިކައިން ތަޢުލީމާއި
ތަރުބިއްޔަތަށް ވަރަށް ބޮޑެތި ހެޔޮ އަސަރުތަކެއް
ކޮށްފައިވެ އެވެ.
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ކިޔެވުމަށްޓަކައި ޒުވާނަކު އޭނާގެ ޤައުމު ދޫކޮށް އެހެން
ޤައުމަކަށް ދިޔައެވެ. ދެން އެ ޤައުމުގައި ހުރެ އޭނާ އެތައް
ދުވަހެއް ވަންދެން ތަޢުލީމު ޙާޞިލުކުރިއެވެ. އެއަށްފަހު،
އެނބުރި ރަށަށް އައިސް، އޭނާއަށް ނޭގުނު ތިން ސުއާލެއްގެ
ޖަވާބު ލިބޭތޯ މަސައްކަތްކުރިއެވެ.
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
އަމިއްލައަށް މަރުވުމަށް ޤަޞްދުކޮށްފީމެވެ. ޙަޔާތުގައި
ވަނީ މުޅިން ވެސް މައްސަލައެވެ. ބަރުދާސްތުކުރަން ދަތި
ވޭނާއި ކެކުޅުމެވެ. އެޔަކަށް އެއްވެސް ޙައްލެއް
ނުލިބުނެވެ. އެޔާއެކު ދިރިއުޅެވޭނެ މަގެއް ވެސް
ނުފެނުނެވެ. އަހަންނަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ
އަމިއްލައަށް މަރުވުމެވެ.
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
އެ ގޭގައި ތިބީ ތިން ކުދިންނެވެ. ދެ ފިރިހެން
ކުދިންނާއި އަންހެން ކުއްޖެކެވެ. އެކުދިންގެ މަންމައާއި
ބައްޕަ ކޮންމެ ދުވަހަކު ވަޒީފާއަށް ދެ އެވެ. ދުވާލު ހަތަރު
ދަމު ހެން އެ ދެމަފިރިން އުޅެނީ ގެއިން ބޭރުގައެވެ.
މުޞަންނިފު: މިޚައިލް ނަޢީމާ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ގޭގެ ތަނބު ވީ ހިލައިން،
އަދި ފުރާޅުގަ ދަގަނޑު.
އޭ ވަޔާ ދެން ޖެހޭ!
އޭ ގަހާ ދެން ހެލޭ!
އޭ ވިލާ އުދުހި ދޭ!
އޭ ވިދާ ވިދުވަރާ!
މުޞަންނިފު: ފާރޫޤު ޖުވައިދާ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
1.
ތިބާ ކައިރިޔަށް އެނބުރި ދިއުމަށް ހިތައި،
ފުރަން މިޖެހެނީ އަދު ޒަމާނާ ތަނުން،
ހިތާ މޭގެ ޒަޚަމުގެ ތުރާލާ ތަދުން،
ހަނދާންތައް އައިސް އާވުމުން މާދުރުން.
މުޞަންނިފު: ޑރ. މުޞްޠަފާ މަޙްމޫދު
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
1.
މިކުރާ ދަތުރު ނިމިދާހުށީ ފަހެ، ކޮން އިރަކު؟
މާޒީވެދިޔަތަން ގޮސް ވަނީ ފަހެ، ކޮން ތަނަކު؟
ހުނުމުގެ އަޑާއި ޅަޢުމުރު ދިޔައިވެސް ކޮން މަގަކު؟
ގިރިގެންދިޔައިހޭ ވީނުވީއެއް ނޭގުމަކު؟؟؟
މުޞަންނިފު: ބަޙުރު އީމަޖައްލާ
ގަޑިން ވީ އިރެއް ބަލަން އުޅުނު މީހަކު، މަގުމަތިން
އޭނާއާ ދިމާވި އެހެން މީހަކު ކުރެން އެހި އެވެ. "ބޭބޭ!
ގަޑިން ކިހާ އިރެއްތަ؟" މަގުމަތިން ދިމާވި މީހާ ޖަވާބުގައި
ބުންޏެވެ.
މުޞަންނިފު: ބަޙުރު އީމަޖައްލާ
ދުނިޔޭގައި ދިރިއުޅޭ މީހަކާއި، ސްޕޭސްގައި ދިރިއުޅޭ
މީހަކާ ދެމެދުގައި އެކުވެރިކަން އުފެދުނެވެ. އެއްދުވަހަކު
އެ ދެމީހުން އޮލަވާހައެއް ދައްކަމުން ދިޔަ އެވެ.
މުޞަންނިފު: ބަޙުރު އީމަޖައްލާ
ސޭކަކު ފަންސަވީސް އަހަރު ވަންދެން ފަރުޟު ފަސް
ނަމާދާއި ސުންނަތް ނަމާދުތައް ކޮށްގެން، އޭނާއަށް ދަރިއެއް
ދެއްވާތޯ ދުޢާކުރި އެވެ. ކޮންމެ އަހަރެއް ނިމޭއިރުވެސް
އޭނާއަށް ދަރިއެއް ލިބޭނެ ކަމަށް އުންމީދުކޮށްގެން ހުރެ
އެވެ. އެގޮތުގައި ބަރާބަރު ފަންސަވީސް އަހަރު ދުވަސް
ހޭދަވި ފަހުން އެއްރެއަކު ޢިޝާ ނަމާދު ކުރުމަށްފަހު،
އެހެން ދުޢާއެއް ކުރި އެވެ.
މުޞަންނިފު: ބަޙުރު އީމަޖައްލާ
މޮޔައިންނަށް ބޭސްކުރާ ހަސްފަތާލެއްގައި
ފަރުވާދެމުންދިޔަ މޮޔަމީހަކު، އެ ހަސްފަތާލުގައި އޮތް ފަތާ
ފެންގަނޑަކަށް ވެއްޓި ގެނބުނެވެ. އެވަގުތު އެތާހުރި އެހެން
މޮޔަމީހަކު ގޮސް އޭނާ ސަލާމަތްކުރި އެވެ. މި ހާދިސާ ދުށް
ނަރުހަކު ގޮސް ހަސްފަތާލުގެ ކަމާބެހޭ އިސްބޭފުޅަކަށް
މިވާހަކަ ނަންގަތެވެ. މިވާހަކަ އަޑުއެއްސެވުމަށްފަހު،
ސަލާމަތްކުރި މޮޔަމީހާގެ ބުއްދިހުރި ވަރެއް
ބައްލަވައިލައްވަން އެ ބޭފުޅާ ގަސްދުކުރެއްވިއެވެ.
މުޞަންނިފު: ބަޙުރު އީމަޖައްލާ
ޓީޗަރަކު ކްލާހުގެ ދަރިވަރުންނާ ސުވާލުކުރެއްވި އެވެ.
"ދަރިވަރުން ކްލާހުގައި އެންމެ ގިނައިން ބުނެއުޅެނީ
ކީކޭހެއްޔެވެ؟"
މިސުވާލަށް ދޭނެ ޖަވާބެއް ނޭނގިގެން ހުރިހައި ކުދިން
ހަމަހިމޭންވެފައި ތިއްބާ ކުއްޖަކު އަތް އުފުލާލި އެވެ.