މޮޔަމީހަކު ސަލާމަތްކުރި މޮޔަމީހާ


މޮޔައިންނަށް ބޭސްކުރާ ހަސްފަތާލެއްގައި ފަރުވާދެމުންދިޔަ މޮޔަމީހަކު، އެ ހަސްފަތާލުގައި އޮތް ފަތާ ފެންގަނޑަކަށް ވެއްޓި ގެނބުނެވެ. އެވަގުތު އެތާހުރި އެހެން މޮޔަމީހަކު ގޮސް އޭނާ ސަލާމަތްކުރި އެވެ. މި ހާދިސާ ދުށް ނަރުހަކު ގޮސް ހަސްފަތާލުގެ ކަމާބެހޭ އިސްބޭފުޅަކަށް މިވާހަކަ ނަންގަތެވެ. މިވާހަކަ އަޑުއެއްސެވުމަށްފަހު، ސަލާމަތްކުރި މޮޔަމީހާގެ ބުއްދިހުރި ވަރެއް ބައްލަވައިލައްވަން އެ ބޭފުޅާ ގަސްދުކުރެއްވިއެވެ.

ސަލާމަތްކުރި މޮޔަމީހާ، އިސްބޭފުޅާގެ އަރިހަށް ގެންނަވާފައި ވިދާޅުވިއެވެ.

"ތިބާ ތިކުރި އިންސާނީ ޢަމަލަށް ބަލާއިރު، މޮޔަމީހަކު ތިޔަކަހަލަ މޮޅު ކަމެއް ކޮށްފާނެ ކަމަކަށް ޤަބޫލެއް ނުކުރެވެ އެވެ. މިހެންވެ، ތިބާއަކީ ތަޞައްރަފު ފުދޭ މީހެއްތޯ ބަލާލަން ބޭނުމެވެ."

ސަލާމަތްކުރި މޮޔަމީހާ ދެންނެވިއެވެ.

"އަޅުގަނޑު ތަޞައްރަފު ނުފުދޭނަމަ، އަޅުގަނޑު އޭނާ ތެމެން އުޅެނިކޮށް ސަލާމަތްކުރާނެތޯއެވެ؟"

ހަސްފަތާލުގެ އިސް ބޭފުޅާ، ސަލާމަތްކުރި މޮޔަމީހާ އާ ވާހަކަ ދައްކަވަން އިންނަވަނިކޮށް، ނަރުހަކު އައިސް ވަރަށް ސީރިއަސް ވާހަކައެއް ނަންގަތެވެ.

"ބައްލަވާ! މިބޭފުޅާ ސަލާމަތްކުރެއްވި ބަލިމީހާ އަމިއްލައަށް ދަންޖެހި މަރުވެއްޖެއެވެ!"

އެހިނދު، ސަލާމަތްކުރި މޮޔަމީހާ، ބުންޏެވެ.

"ނޫނެކެވެ. އޭނާ އަމިއްލައަށް ދަންޖެހުނީއެއް ނޫނެވެ. އޭނާ މާބޮޑަށް ތެމިފައިވާތީ، އޭނާގެ ކަރުގައި ވާގަނޑެއް އައްސާފައި، އަޅުގަނޑު އޭނާ ހިއްކަން އެޅީއެވެ!"