بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِاقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ

ބަހަވީ ފޮތް

އަލްޤާމޫސުލް މުޙީޠު

މިއީ، ޢަރަބި ބަހުގެ ބަސްފޮތްތަކުގެ ތެރެއިން އެންމެ މަޝްހޫރު ފޮތް ކަމުގައިވާ "ޤާމޫސުލް މުޙީޠު" އެވެ.

ފޮތުގެ މުއައްލިފަކީ، މަޝްހޫރު ބަސްވާރު، ފައިރޫޒު އާބާދީ އެވެ.

އޭނާއަކީ، އަލްއިމާމުއްލުޣަވީ، މަޖުދުއްދީން އަބޫ ޠާހިރު ބްނު މުޙައްމަދު ބްނު ޔަޢުޤޫބް ބްނު މުޙައްމަދު ބްނު އިބްރާހީމް ބްނު ޢުމަރުއް ޝީރާޒީ (الإمام اللغوي مجد الدين أبي طاهر محمد بن يعقوب بن محمد بن إبراهيم بن عمر الشيرازي) އެވެ.

އޭނާ އަވަހާރަވީ، ހިޖުރައިން 817 ވަނަ އަހަރުގައެވެ.

މި ފޮތުގެ އަޞްލު ނަމަކީ، (القاموس المحيط، والقابوس الوسيط، الجامع لما ذهب من كلام العرب شماطيط) އެވެ.

މި ފޮތުގެ މަޝްހޫރުކަން ބޮޑުކަމުން ޢަރަބިބަހުން، ބަސްފޮތަށް ކިޔާ "މުޢުޖަމު" ގެ މާނައިގައި، "ޤާމޫސް" ބޭނުންކުރެވެއެވެ.

އިތުރަށް ...

\/

މުހިންމު ފޮތެއް

މިއީ، އެންޑްރޮއިޑް ނިޒާމު ބޭނުންކުރާ މޮބައިލް ފޯނަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ފޮތްބަޔެކެވެ.

ކޮމްޕިއުޓަރާއި ލެޕްޓޮޕް ފަދަ ވަސީލަތްތަކުން ވެސް މި ފޮތްބައި ހުޅުވޭނެ އެވެ.

މިއީ، ޓީޗަރުންނަށާއި، ދަރިވަރުންނަށް ނުހަނު ބޭނުންތެރި އެއްޗެކެވެ.

މިވެސް މުހިންމު