"ކޮއްކޮއަށް އެނގޭތަ ބޭބެގެ ނަން؟"


އެއްދުވަހަކު، ޖުހާ އޭނާގެ ރަޙުމަތްތެރިއަކާ ބައްދަލުކުރަން ދިޔައެވެ. ޖުހާ އެ ގެއަށް ގޮސް ދޮރުގައި ޓަކިޖެހުމުން، ތުއްތު ފިރިހެން ކުއްޖަކު ދޮރުހުޅުވާލިއެވެ. އެހިނދު އެ ކުއްޖާ ކުރެން ޖުހާ އެއްސެވެ.

"ކޮއްކޯ! ބައްޕަ އެބަ އުޅުއްވާތަ؟"

ތުއްތު ކުއްޖާ: "އާދެ! ބައްޕަ އެބައުޅުއްވާ!"

އެ ކުއްޖާއާ ވާހަކަދައްކާލުމުގެ ނިޔަތުގައި، ޖުހާ ބުންޏެވެ.

"ކޮއްކޮއަށް އެނގޭތަ ބޭބެގެ ނަން؟"

ޖުހާ ހަމަ މިހެން ބުނުމާއެކު، ތުއްތު ކުއްޖާ ދުވެފައި ގޮސް އޭނާގެ ބައްޕަގެ ގާތުގައި ބުންޏެވެ.

"ބައްޕާ! ބައްޕާ! ޖުހާ އެބަހުރި މިގޭ ދޮރުމަތީގައި. ޖުހާ އަށް ނޭނގެ، ޖުހާ އަށް ކިޔާ ނަމެއް!"