ދެމަފިރިއެއްގެ މުޙާވަރާ


ފިރިމީހާ: ކައުނަކީ ފިރިހެނެއް ކަން ފާހަގަނުކުރެވޭ ހެއްޔެވެ؟
އަނބިމީހާ: ކިއެއްތަ! ކައިނޫނާ އަކީ އަންހެނެއް ކަން ވެސް ފާހަގަކުރެވުނެވެ!

ފިރިމީހާ: ނޫރަކީ ފިރިހެނެއް ކަން ދަންނަން ހެއްޔެވެ؟
އަނބިމީހާ: ޝަމްސަކީ އަންހެނެއް ކަން ވެސް ދަންނަމެވެ!

ފިރިމީހާ: ކަރަމަކީ، ފިރިހެނެއް ނޫން ހެއްޔެވެ؟
އަނބިމީހާ: އާނއެކެވެ. އެކަމަކު، ކަރާމަތަކީ އަންހެނެކެވެ!

ފިރިމީހާ: ޝިޢުރަކީ، ފިރިހެނެއް ކަމުގައި ވީތީ އުފާނުވޭ ހެއްޔެވެ؟
އަނބިމީހާ: ބޮޑަށް އުފާވަނީ، މަޝާޢިރަކީ އަންހެނެއް ކަމުގައި ވީތީ އެވެ!

ފިރިމީހާ: ޢިލްމަކީ، ފިރިހެނެއް ކަން އެނގޭ ހެއްޔެވެ؟
އަނބިމީހާ: މަޢުރިފާ އަކީ، އަންހެނެއް ކަން ވެސް އެނގެ އެވެ!

ފިރިމީހާ އިރުކޮޅަކު ވިސްނަން އިނެވެ.
އެއަށްފަހު، ފުން ނޭވައެއް ލާފައި، ވާހަކަދައްކަން ފެށި އެވެ.

ފިރިމީހާ: ޚިޔާނާތަކީ އަންހެނެއް ކަމަށް މީހަކު ބުނިއަޑު އެހީމެވެ.
އަނބިމީހާ: ޣަދަރަކީ ފިރިހެނެއް ކަމަށް މީހަކު ލިޔުނުތަން ދުށީމެވެ!

ފިރިމީހާ: ޚަދީޢާ (މަކަރު) އަކީ އަންހެނެއް ކަމަށް ފިރިހެނުން ބުނެ އެވެ.
އަނބިމީހާ: ކަޛިބު (ދޮގު) އަކީ ފިރިހެނެއް ކަމަށް އަންހެނުން ބުނެ އެވެ!

ފިރިމީހާ: ޙަމާޤާ (ގަބުކަން) އަކީ، އަންހެނެއް ކަން ކަށަވަރެވެ.
އަނބިމީހާ: ޣަބާއު (ގަމާރުކަން) އަކީ، ފިރިހެނެއް ކަން ޔަޤީނެވެ!

ފިރިމީހާ: ޖަރީމާ (ބޮޑެތި ކުށް) އަކީ، އަންހެނެއް ކަމަށް ބެލެވެ އެވެ.
އަނބިމީހާ: އިޘްމު (ފާފަ) އަކީ، ފިރިހެނެއް ކަމާމެދަކު ޝައްކެއް ނެތެވެ!

ފިރިމީހާ: ބަޝާޢާ (ޚަޞީލަތް ނުބައިކަން) އަކީ އަންހެނެކެވެ.
އަނބިމީހާ: ޤުބުޙު (ސިފަ ހުތުރުކަން) އަކީ، ފިރިހެނެކެވެ!

ފިރިމީހާ އާފުރެމުން ފެންތަށްޓެއް ނެގި އެވެ.
އެހިނދު އަނބިމީހާގެ ހިތަށް ހާސްކަން ވެރިވި އެވެ.
ދެން ފިރިމީހާ އެއް ނޭވައިން އެ ފެންތަށި ބޯލި އެވެ!
އެހިނދު އަނބިމީހާ ހިނިތުންވެލި އެވެ!
ފިރިމީހާގެ ކުރިމަތީގައި އޭނާ ހިނިތުންވެލާތަން ފެނުމުން ފިރިމީހާ ބުންޏެވެ.

ފިރިމީހާ: ތިބާ ގަބޫލުކުރާނެ ފަދައިން، ޠަބީޢަތަކީ، އަންހެނެކެވެ!
އަނބިމީހާ: ތިބާ އެއްބަސްވާނެ ފަދައިން، ޖަމާލު (ރިވެތިކަން) އަކީ ފިރިހެނެކެވެ!!!

ފިރިމީހާ: ސަޢާދާ (ބާއްޖަވެރިކަން) އަކީ، އަންހެނެއް ކަމަށް ބުނަމެވެ.
އަނބިމީހާ: ޙުއްބު (ލޯބި) އަކީ، ފިރިހެނެއް ކަމަށް އިޢުލާންކުރަމެވެ!!!

ފިރިމީހާ: ތަޟުޙިޔާ (ޤުރުބާންވުން) އަކީ، އަންހެނެއް ކަމަށް އިޢުތިރާފުވަމެވެ!
އަނބިމީހާ: މަޢާފުކުރުމަކީ، ފިރިހެނެއް ކަމަށް އިޤުރާރުވަމެވެ!!!

ފިރިމީހާ: ދުންޔާ (ދުނިޔެ) އަކީ، އިތުބާރުހުރި އަންހެނެކެވެ!
އަނބިމީހާ: ޤަލްބު (ހިތް) އަކީ، އީމާންތެރި ފިރިހެނެކެވެ!!!

މި މޭރުމުން ދެމަފިރިން ވާހަކަދައްކަމުން ގެންދިޔަ އެވެ.
އޭރު ފިތުނަ ވަނީ ގަދަ ނިދީގަ އެވެ!!!
އެހެންކަމުން ދެމަފިރިން އެމުނިއެކުލެވެމުންދިޔަ އެވެ!
سـؤال (ސުވާލު) އަކީ، ފިރިހެނެއް ކަމުގައި ވާތީ އާއި،
إجـابـة (ޖަވާބު) އަކީ، އަންހެނެއް ކަމުގައި ވާތީ އެވެ!!!