ބަނގުރާ ނަންގަނެވިފައިވާ އާޔަތްތައް
ކީރިތި ޤުރުއާނުގެ ހަތަރު އާޔަތެއްގައި ބަނގުރާ
ނަންގަނެވިފައި ވެ އެވެ. އޭގެތެރެއިން ތިން އާޔަތުގައި
ނަންގަނެވިފައިވަނީ، މިދުނިޔޭގައިވާ ބަނގުރާއެވެ. އެ ތިން
އާޔަތަކީ، އަލްބަޤަރާ ސޫރަތުގެ 219 ވަނަ އާޔަތާއި
އަލްމާއިދާ ސޫރަތުގެ 90 ވަނަ އާޔަތާއި އެ ސޫރަތުގެ 91 ވަނަ
އާޔަތެވެ. ހަތަރުވަނަ އާޔަތަކީ، މުޙައްމަދު ސޫރަތުގެ 15
ވަނަ އާޔަތެވެ. އެ އާޔަތުގައި ނަންގަނެވިފައިވަނީ،
ސުވަރުގޭގައިވާ ބަނގުރާއެވެ.
މި ހަތަރު އާޔަތުގެ އިތުރުން، އައްނަޙުލު ސޫރަތުގެ 67 ވަނަ
އާޔަތުގައި، "މަސްތުވާ ބުއިންތައް" ނަންގަނެވިފައި ވެއެވެ.
ތިރީގައި މިވަނީ، އެ އާޔަތްތަކާއި، އޭގެ ދިވެހި ތަރުޖަމާއެވެ.
(يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ قُلْ
فِيهِمَا إِثْمٌ كَبِيرٌ وَمَنَافِعُ لِلنَّاسِ
وَإِثْمُهُمَا أَكْبَرُ مِن نَّفْعِهِمَا وَيَسْأَلُونَكَ
مَاذَا يُنفِقُونَ قُلِ الْعَفْوَ كَذَلِكَ يُبَيِّنُ
اللَّهُ لَكُمُ الآيَاتِ لَعَلَّكُمْ تَتَفَكَّرُونَ)
އަލްބަޤަރާ: 219
މާނައީ، "ރާއާއި ޖުވާކުޅުމާމެދު އެއުރެން ކަލޭގެފާނާ
ސުއާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ ދެ ކަމުގައި
ބޮޑުވެގެންވާ ފާފަވެރިވުމަކާއި މީސްތަކުންނަށް ހިސާބަކަށް
ނަފާލިބެނިވި ގޮތްތަކެއް ވެސް ވެއެވެ. އެ ދެ ކަމުގެ
މަންފާއަށްވުރެ، އެ ދެ ކަމުގެ ފާފަވެރިކަން މާ ބޮޑެވެ.
އަދި އެއުރެން ހޭދަކުރަންވީ ކޮންއެއްޗެއްތޯ ކަލޭގެފާނާ
އެއުރެން ސުއާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ!
(ހޭދަކުރަންވީ، ބޭނުންތައް ފުއްދުމަށްފަހު) އިތުރުވީ
އެއްޗެކެވެ. އެފަދައިން ތިޔަބައިމީހުންނަށް ﷲ، (އެކަލާނގެ)
ޙުކުމްތައް ބަޔާންކޮށްދެއްވަނީ، ތިޔަބައިމީހުން
ފިކުރުކުޅައުމަށްޓަކައެވެ."
(يَا أَيُّهَا الَّذِينَ آمَنُواْ إِنَّمَا الْخَمْرُ
وَالْمَيْسِرُ وَالأَنصَابُ وَالأَزْلامُ رِجْسٌ مِّنْ
عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ
تُفْلِحُونَ)
އަލްމާއިދާ: 90
މާނައީ، "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން،
ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ
ބުދުތަކާއި ނަޞީބުހުރިގޮތް ބަލަން ގެންގުޅޭ
ދުނިދަނޑިތަކަކީ، ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ
މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ
ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި
ނަޞީބު ލިބުމަށްޓަކައެވެ."
(إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ
الْعَدَاوَةَ وَالْبَغْضَاء فِي الْخَمْرِ وَالْمَيْسِرِ
وَيَصُدَّكُمْ عَن ذِكْرِ اللَّهِ وَعَنِ الصَّلاةِ فَهَلْ
أَنتُم مُّنتَهُونَ)
އަލްމާއިދާ: 91
މާނައީ، "ޝައިޠާނާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ
ސަބަބުން، ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި،
ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި،
ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމެވެ. ފަހެ،
ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް
ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)"
(مَثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ فِيهَا
أَنْهَارٌ مِّن مَّاء غَيْرِ آسِنٍ وَأَنْهَارٌ مِن لَّبَنٍ
لَّمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِّنْ خَمْرٍ
لَّذَّةٍ لِّلشَّارِبِينَ وَأَنْهَارٌ مِّنْ عَسَلٍ
مُّصَفًّى وَلَهُمْ فِيهَا مِن كُلِّ الثَّمَرَاتِ
وَمَغْفِرَةٌ مِّن رَّبِّهِمْ كَمَنْ هُوَ خَالِدٌ فِي
النَّارِ وَسُقُوا مَاء حَمِيمًا فَقَطَّعَ أَمْعَاءَهُمْ)
މުޙައްމަދު: 15
މާނައީ، "ތަޤުވާވެރިންނަށް ވަޢުދުކުރައްވާފައިވާ
ސުވަރުގޭގެ މިސާލީ އެތާނގައި ތަޣައްޔަރުކަމެއް ނުވާ، ސާފު
ފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ
ކޯރުތަކާއި، ބޯމީހުންނަށް މީރުރަހަ ލިބެނިވި، ރާގެ
ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތައްވާ ސުވަރުގެއެވެ. އަދި
އެތާނގައި އެއުރެންނަށްޓަކައި ހުރިހާ ބާވަތެއްގެ
މޭވާތަކާއި، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟުރަތުން
ފާފަފުއްސެވުން ހުށްޓެވެ. (މި ހުރިހާ ނިޢުމަތްތައް
ލިބިގެންވާ މީހުންނާއި) އެމީހަކު ނަރަކައިގައި ދެމިހުރެ،
އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެއުރެންނަށް
ބޯންދެއްވުމުން، އެއުރެންގެ ގޮހޮރުތައް ބުރިބުރިވެގެންދާ
މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟"
(وَمِن ثَمَرَاتِ النَّخِيلِ وَالأَعْنَابِ تَتَّخِذُونَ
مِنْهُ سَكَرًا وَرِزْقًا حَسَنًا إِنَّ فِي ذَلِكَ لآيَةً
لِّقَوْمٍ يَعْقِلُونَ)
އައްނަޙުލު: 67
މާނައީ، "އަދި ކަދުރު ރުކުގެ މޭވާ އާއި، މޭބިސްކަދުރުން
މަސްތުވާ ބުއިންތަކާއި، ރަނގަޅު ކާތަކެތި ތިޔަބައިމީހުން
ބޭނުންކުރަމު އެވެ. ހަމަކަށަވަރުން، ވިސްނާބަޔަކަށް،
އެކަމުގައި ހެތްކެއް ވާކަން ކަށަވަރެވެ."