ދުޢާކުރުމުގެ މާތްކަން


1. ޣާފިރު ސޫރަތުގެ 60 ވަނަ އާޔަތް:
(وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ)
މާނައީ، "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވި އެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ."

2. އަލްބަޤަރާ ސޫރަތުގެ 186 ވަނަ އާޔަތް:
(وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُواْ لِي وَلْيُؤْمِنُواْ بِي لَعَلَّهُمْ يَرْشُدُونَ)
މާނައީ، "އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުވާލުކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ ޙަޟުރަތަށް ދުޢާކޮށްފިނަމަ، ދުޢާކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަންރަސްކަލާނގެއަށް އީމާންވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ."

3. ރަސޫލު ﷲ ޞައްލަ ﷲ ޢަލއިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
(الدُّعَاءُ هُوَ الْعِبَادَةُ. وَقَرَأَ وَقَالَ رَبُّكُمُ ادْعُونِى أَسْتَجِبْ لَكُمْ)
ރިވާކުރެއްވީ: އައްތިރުމިޛީ
މާނައީ، "ދުޢާއަކީ، އަޅުކަމެވެ. ދެން (ކީރިތި ޤުރުއާނުން) ކިޔަވާވިދާޅުވިއެވެ. (وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ)" މިއާޔަތުގެ މާނައީ، "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ."

4. ރަސޫލު ﷲ ޞައްލަ ﷲ ޢަލއިހި ވަސައްލަމަ ޙަދީޘްކުރެއްވި އެވެ.
(إِنَّ اللَّهَ حَيِىٌّ كَرِيمٌ يَسْتَحِى إِذَا رَفَعَ الرَّجُلُ إِلَيْهِ يَدَيْهِ أَنْ يَرُدَّهُمَا صِفْرًا خَائِبَتَيْنِ)
ރިވާކުރެއްވީ: އައްތިރުމިޛީ
މާނައީ، "ހަމަކަށަވަރުން ﷲ އީ، ލަދުވެތިވެވޮޑިގެންވާ ދީލަތިވަންތަ ރަސްކަލާނގެއެވެ. މީހަކު އެކަލާނގެ ޙަޟުރަތަށް އެމީހެއްގެ ދެ އަތް އުފުލާލައިފިނަމަ، (އެބަހީ: ދުޢާކުރުމަށް ދެ އަތް އުފުލާލައިފިނަމަ) އެ ދެ އަތް، މަޙުރޫމުވެފައިވާ ޙާލު، ހުހަށް ރައްދުކުރެއްވުމަށް އެކަލާނގެ ލަދުވެތިވެވޮޑިގަންނަވައެވެ."

5. ރަސޫލު ﷲ ޞައްލަ ﷲ ޢަލއިހި ވަސައްލަމަ ޙަދީޘްކުރެއްވި އެވެ.
(ما مِنْ مُسْلِمٍ يَدْعُو بِدَعْوَةٍ لَيْسَ فِيهَا إِثْمٌ وَلاَ قَطِيعَةُ رَحِمٍ إِلاَّ أَعْطَاهُ اللَّهُ بِهَا إِحْدَى ثَلاَثٍ إِمَّا أَنْ تُعَجَّلَ لَهُ دَعْوَتُهُ وَإِمَّا أَنْ يَدَّخِرَهَا لَهُ فِى الآخِرَةِ وَإِمَّا أَنْ يَصْرِفَ عَنْهُ مِنَ السُّوءِ مِثْلَهَا. قَالُوا إِذاً نُكْثِرُ. قَالَ: اللَّهُ أَكْثَرُ)
ރިވާކުރެއްވީ: އަޙުމަދު
މާނައީ، "ފާފައެއް ހިމެނުމެއްނެތް، އަދި ޢާއިލީ ގުޅުން ކަނޑައިލުން ހިމެނުމެއްނެތް ދުޢާއަކުން ﷲ ގެ ޙަޟުރަތަށް މުސްލިމަކު ދުޢާކޮށްފި ނަމަ، ތިންކަމަކުންކުރެ ކަމެއް އެކަލާނގެ އެމީހަކަށް ދެއްވާނެއެވެ. ފުރަތަމަ ކަމަކީ، އެކަލާނގެ އޭނާގެ ދުޢާ އަވަހަށް އިޖާބަކުރެއްވުމެވެ. ދެވަނަ ކަމަކީ، އާޚިރަތުގައި އޭނާއަށް މަންފާކުރާނޭ އެއްޗެއްގެ ގޮތުގައި އެ ދުޢާ ފަހަށް ރައްކާކުރެއްވުމެވެ. ނުވަތަ އެ ދުޢާޔާ އެއްވަރަށް އޭނާގެ ކިބައިން ނުބައިކަން ފިއްލެވުމެވެ." އަޞްޙާބުބޭކަލުން ދެންނެވިއެވެ. "އެހެންކަމަށްވަނީނަމަ، ތިމަންބޭކަލުން ދުޢާކުރެއްވުން ގިނަކުރައްވާނަމުއެވެ." އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ﷲ ގެ ޙަޟުރަތުގައިވާ ރަޙުމަތް މާގިނައެވެ."


މަޞްދަރު:
الدعاء ويليه العلاج بالرقى