بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِاقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ

ދިރާސާ

ޝަރުޢީ ދިރާސާ ތައްޔާރުކުރުމުގެ ޢިލްމީ މަންހަޖު

މިއީ ޝަރުޢީ ދިރާސާ ތައްޔާރުކުރުމުގައި ބޭނުންކުރެވޭ ޢިލްމީ މަންހަޖު ބަޔާންކޮށްދޭ ފޮތެކެވެ.

ޔުނިވަރސިޓީއާއި ކޮލެޖުގައި ދީނީ ކޯސްތައް ހަދާ ދަރިވަރުންނަށް މިއީ ނުހަނު ބޭނުންތެރި ފޮތެކެވެ.

އިސްލާމީ ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ވެސް މިއީ ނުހަނު ބޭނުންތެރި ފޮތެކެވެ.

ދީނީ އަދި ޝަރުޢީ މައުޟޫޢުތަކަށް ދިރާސާ ލިޔެ ތައްޔާރުކުރާ ފަރާތްތަކަށް ވެސް މިފޮތް ބޭނުންތެރިވާނެއެވެ.

އަދި ދިރާސާކުރުމުގެ މަންހަޖުތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް ވެސް މި ފޮތް މުހުތާދުވާނެއެވެ.

\/

ސަމާލުކަމަށްޓަކައި

މި ފޮތް ތައްޔާރުކޮށްފައިވަނީ، ޕީޑީއެފް ފޯމެޓަށެވެ.

ފޮތުގެ މި ނަކަލު، ކޮމްޕިއުޓަރާއި، މޮބައިލް ފޯނު ފަދަ ވަސީލަތްތަކުން ހުޅުވޭނެއެވެ.

މި ފޮތް ހުޅުވޭނީ، ޕީޑީއެފް ފައިލް ހުޅުވައިދޭ ސޮފްޓްވެއަރއަކުން ނުވަތަ އެޕްލިކޭޝަނަކުންނެވެ.

\/

ފޮތް ލިބިވަޑައިގަންނަވާނެ ގޮތް

މި ފޮތް ލިބިވަޑައިގަންނަވާނީ މި ފޮތް ބައްލަވައިގަތުމުންނެވެ.

ފޮތުގެ އަގަކީ، -/30 ރ. (ތިރީސް ރުފިޔާ) އެވެ.

ފޮތުގެ އަގު ޖަމާކުރައްވާނީ ތިރީގައިވާ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓް ނަންބަރަށެވެ.

7701131167101

ފޮތުގެ އަގު ޖަމާކުރެއްވުމަށްފަހު، 9763216 ނަންބަރު ފޯނަށް، ރަސީދު (receipt) ވައިބަރކޮށްލައްވާށެވެ!

އޭރުން ތިޔަ ފަރާތުގެ ފޯނަށް ފޮތް ފޮނުވައިދެވޭނެއެވެ.

\/

މުހިންމު ފޮތެއް

މިއީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގެ މައްޗަށް އަލިއަޅުވާލެއްވިފައިވާ ކުރު ސީރަތެކެވެ.

މިއީ، އިތުރުއެކަލޭގެފާނުގެ ޒިކުރާ އާކުރުމަށްޓަކައި ބޭނުންކުރެއްވިދާނެ ފޮތެކެވެ.

މުސްލިމު ދިވެހި ދަރިވަރުންނަށް ނުހަނު ބޭނުންތެރި ފޮތެކެވެ.

ތާނަ ކިޔުން ފަރިތަކުރުމަށްޓަކައި ވެސް މި ފޮތް ބޭނުންކުރެއްވިދާނެއެވެ.

މި ފޮތުގެ މުއައްލިފަކީ، އަލްމަރްޙޫމް ފަޟީލަތުއްޝައިޚު ޢަބްދުﷲ ފަހުމީ ދީދީ އެވެ.

މިވެސް މުހިންމު