بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِاقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ

ދިރާސާ

فِي أَحْسَنِ تَقْوِيمٍ

މިއީ، ސޫރަތުއްތީނިގެ 4 ވަނަ އާޔަތާބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ކަރުދާހެއްގެ މައްޗަށް ބިނާކުރެވިފައިވާ ފޮތެކެވެ.

އެ ކަރުދާސް ތައްޔާރުކޮށް ހުށަހެޅުނީ، 14 ސެޕްޓެންބަރު 2018 އިން 15 ސެޕްޓެންބަރު 2018 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވުނު ކީރިތި ޤުރުއާނުގެ މަޙްފަލުގައެވެ.

މިއީ، މާތް ﷲ، އިންސާނާ ޚަލްޤުކުރައްވާފައިވާ ގޮތުގެ ފުރިހަމަކަން ބަޔާންކޮށްދޭ ފޮތެކެވެ.

އިންސާނާ ޚަލްޤުކުރެއްވުމުގެ މައްޗަށް މި ފޮތުގައި ބަލާލެވިފައިވާނީ، ކީރިތި ޤުރުއާނާއި، ނަބަވީ ސުންނަތާއި، މިޒަމާނުގެ ސައިންސާއި، ތަޝްކީލީ ފަންނުގެ އަލީގައެވެ.

މި ފޮތަކީ ކިޔަވާކުދިންނަށާއި، ޓީޗަރުންގެ އާންމު މަޢުލޫމާތަށްޓަކައި ނުހަނު ބޭނުންތެރި ފޮތެކެވެ.

ޔުނިވަރސިޓީގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންގެ އެސައިންމަންޓްތަކަށް މަޢުލޫމާތު ހޯދުމަށްޓަކައި މި ފޮތް ބޭނުންކުރެވިދާނެއެވެ.

މި ފޮތުގައި ވަނީ، އޭ4 ސައިޒުގެ 91 ޞަފުޙާއެވެ.

އިތުރަށް ...

\/


ކީރިތި ޤުރުއާނުގެ ޢިލްމީ އިޢުޖާޒު 1

މި ފޮތް ބިނާކުރެވިފައިވަނީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޢިލްމީ ފޯރަމަކަށް ހުށަހެޅި ކަރުދާހެއްގެ މައްޗަށެވެ.

އެ ފޯރަމް ބޭއްވުނީ، 2 މާރިޗު 2919 ގައެވެ.

މި ފޮތުގެ މައުޟޫޢަކީ، "ކީރިތި ޤުރުއާނުގެ ޢިލްމީ އިޢުޖާޒު" އެވެ.

މިއީ، ޤުރުއާނާއި ސައިންސްގެ ދާއިރާގެ ފޮތެކެވެ.

މި ފޮތަކީ ކިޔަވާކުދިންނަށާއި، ޓީޗަރުންގެ އާންމު މަޢުލޫމާތަށްޓަކައި ނުހަނު ބޭނުންތެރި ފޮތެކެވެ.

ޔުނިވަރސިޓީގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންގެ އެސައިންމަންޓްތަކަށް މަޢުލޫމާތު ހޯދުމަށްޓަކައި މި ފޮތް ބޭނުންކުރެވިދާނެއެވެ.

މި ފޮތުގައި ވަނީ، އޭ4 ސައިޒުގެ 61 ޞަފުޙާއެވެ.

އިތުރަށް ...

\/


އަރުޝީފުކުރުމަށް ނަޒަރެއް

މިއީ، ލިޔެކިޔުން ފަދަ ތަކެތި އަރުޝީފުކުރުމާބެހޭ ގޮތުން ލިޔެވިފައިވާ ފޮތެކެވެ.

މި ފޮތުގައި، އަރުޝީފުކުރުމާބެހޭ ގިނަގުނަ މަޢުލޫމާތު ވެއެވެ.

އަރުޝީފުކުރުމާބެހޭ ޚިދުމަތް ފޯރުކޮށްދޭ މުހިންމު ފަރާތްތަކަށް ވާޞިލުކޮށްދޭ ލިންކްތައް މި ފޮތުގައި ވެއެވެ.

މި ފޮތަކީ، އަރުޝީފުކުރުމާބެހޭ މަސައްކަތްކުރާ މުވައްޒަފުންނަށް ނުހަނު ބޭނުންތެރި ފޮތެކެވެ.

މި ފޮތަކީ، ދަރިވަރުންނަށް މަޢުލޫމާތު ދެއްވުމަށްޓަކައި، ޓީޗަރުންނަށް ބޭނުންކުރެއްވިދާނެ ފޮތެކެވެ.

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނުން ވަނީ، މި ފޮތް ފާސްކުރައްވާފައެވެ.

އިތުރަށް ...

\/


ޙަމީދުގެ ހަނދާނުގައި

މިއީ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ، އަލްމަރްޙޫމް އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ޒިކުރާ އާކޮށް ދެމެހެއްޓުމަށްޓަކައި ލިޔެފައިވާ ފޮތެކެވެ.

މި ފޮތުގައި، އެމަނިކުފާނާބެހޭ ގިނަގުނަ މަޢުލޫމާތު ހިމެނެއެވެ.

މި ފޮތުގައި، އެމަނިކުފާނު ކޮށްދެއްވާފައިވާ އެތައް ޚިދުމަތްތަކެއް ބަޔާންކޮށްފައި ވެއެވެ.

މި ފޮތުގައި، އެމަނިކުފާނާބެހޭ ގޮތުން އެހެން ބޭފުޅުން ވިދާޅުވެފައިވާ އެތައް ބަސްފުޅުތަކެއް ވެސް ވެއެވެ.

އަދި ދިވެހި ބަހުގެ އެކެޑަމީ އިން ހުޅުވައިލެއްވި ތަޢުޒިޔާގެ ދަފުތަރުން ނަގާފައިވާ އެތައް ބަސްފުޅުތަކެއް ވެސް ވެއެވެ.

މި ފޮތަކީ، ސްކޫލް ކުދިންނަށް ނުހަނު ބޭނުންތެރި ފޮތެކެވެ.

މި ފޮތަކީ، ދަރިވަރުންނަށް މަޢުލޫމާތު ދެއްވުމަށްޓަކައި، ޓީޗަރުންނަށް ވެސް ނުހަނު ބޭނުންތެރި ފޮތެކެވެ.

އިތުރަށް ...

\/


އެއީ ކޮން ބޭކަލެއް؟

މިއީ، ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލަކާބެހޭ ގޮތުން ލިޔެފައިވާ ފޮތެކެވެ.

މިއީ، ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލަކާބެހޭ ގޮތުން މިހާތަނަށް ލިޔެވުނު އެންމެ މުހިންމު އެއް ފޮތެވެ.

މި ފޮތުގައި، އިސްލާމީ ދިވެހިރާއްޖޭގެ އެހާރާއި މިހާރު ގުޅުވާލެވިފައި ވެއެވެ.

ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލަކާބެހޭ ގޮތުން އަރާފައިވާ އޮޅުންތައް، މިފޮތުގައި ފިލުވާދެވިފައި ވެއެވެ.

މާލޭ ހުކުރު މިސްކިތު ފިލާގައިވާ އޮޅުންއަރާ ކަންތައްތަކެއް ވެސް މި ފޮތުގައި އޮޅުންފިލުވާދެވިފައި ވެއެވެ.

މި ފޮތަކީ، ސްކޫލް ކުދިންނަށް ނުހަނު ބޭނުންތެރި ފޮތެކެވެ.

މި ފޮތަކީ، ދަރިވަރުންނަށް މަޢުލޫމާތު ދެއްވުމަށްޓަކައި، ޓީޗަރުންނަށް ވެސް ނުހަނު ބޭނުންތެރި ފޮތެކެވެ.

އިތުރަށް ...

\/


މުހިންމު ފޮތެއް

މިއީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގެ މައްޗަށް އަލިއަޅުވާލެއްވިފައިވާ ކުރު ސީރަތެކެވެ.

މިއީ، އިތުރުއެކަލޭގެފާނުގެ ޒިކުރާ އާކުރުމަށްޓަކައި ބޭނުންކުރެއްވިދާނެ ފޮތެކެވެ.

މުސްލިމު ދިވެހި ދަރިވަރުންނަށް ނުހަނު ބޭނުންތެރި ފޮތެކެވެ.

ތާނަ ކިޔުން ފަރިތަކުރުމަށްޓަކައި ވެސް މި ފޮތް ބޭނުންކުރެއްވިދާނެއެވެ.

މި ފޮތުގެ މުއައްލިފަކީ، އަލްމަރްޙޫމް ފަޟީލަތުއްޝައިޚު ޢަބްދުﷲ ފަހުމީ ދީދީ އެވެ.

މިވެސް މުހިންމު