بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِاقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ

މިއާމެދު

އެންމެ ފަހުން އާކުރެވުނު ތާރީޚު: 2025.03.27

ބަޙުރު ފޮތްމާފާނަކީ، އެއް ތަނަކަށް ގިނަ ފޮތްތަކެއް ޖަމާކުރުމުގެ ނިޔަތުގައި ފެށުނު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ފޮތްމާފާނަށް އަޕްލޯޑްކުރެވޭ ފޮތްތަކާ ބެހޭ ގޮތުން ދަންވަމެވެ.

1. ބައެއް ފޮތްތައް އަޕްލޯޑްކުރެވެނީ، ލިޔެވެމުންދާ ވަރަކަށް އޭގެ ދެލިކޮޕީއެވެ. އޭގައި ކުށް ހުރެދާނެއެވެ. ލިޔެވެމުންދާ ވަރަކަށް އަޕްލޯޑްކުރުމުގެ ބޭނުމަކީ، ކިޔުންތެރިން ފާހަގަކުރައްވާނެ ކަންކަމާމެދު ސަމާލުކަން ދިނުމެވެ. އަދި ކުށެއް ފާހަގަކުރެވިއްޖެ ނަމަ، ފާސްކުރުމުގެ ކުރިން އިޞްލާޙުކުރުމެވެ.

2. ފާސްކުރުމަށްފަހު އަޕްލޯޑްކޮށްފައިވާ ފޮތެއްގައި ވެސް ކުށެއް އޮވެދާނެއެވެ. އެހެނީ، އިންސާނުންކުރާ މަސައްކަތްތަކަކީ މުޅިން ފުރިހަމަ މަސައްކަތްތައް ކަމުގައެއް ނުވާނެއެވެ. ކުށެއް ފާހަގަކުރެވިއްޖެ ނަމަ، އިޞްލާޙުކުރެވޭނެއެވެ.

3. ފޮތްމާފާނުގައި ވާ އެއްވެސް އެއްޗެއް، އާމުދަނީއެއް ހޯދުމަށް ނުވަތަ އެއްވެސް ބާވަތެއްގެ ވިޔަފާރިއެއްގައި ބޭނުންކުރުމަކީ މަނާކަމެކެވެ.

4. ފޮތްމާފާނުގައި ވާ އެއްވެސް އެއްޗެއްގެ ބޭނުން، ނަހަމަ ގޮތުގައި ހިއްޕެވުމަކީ ވެސް މަނާކަމެކެވެ.

މައްޗަށް ...

މުހިންމު ފޮތެއް

މިއީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގެ މައްޗަށް އަލިއަޅުވާލެއްވިފައިވާ ކުރު ސީރަތެކެވެ.

މި ފޮތުގެ މުއައްލިފަކީ، އަލްމަރްޙޫމް ފަޟީލަތުއްޝައިޚު ޢަބްދުﷲ ފަހުމީ ދީދީ އެވެ.

ބަޙުރު އީމަޖައްލާ

  • ބަޙުރު އީމަޖައްލާ އަކީ ހިލޭސާބަހަށް ނެރޭ މަޖައްލާއެކެވެ. މި
  • މަޖައްލާ ހުޅުވާލެވިފައި ވަނީ ދަރިވަރުންނަށާއި ޢާންމުންނަށެވެ.
  • އިތުރަށް ...