ދިރާސާ
ޙަމީދުގެ ހަނދާނުގައި

މިއީ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، އަލްމަރްޙޫމް އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ޒިކުރާ އާކޮށް ދެމެހެއްޓުމަށްޓަކައި ލިޔެފައިވާ ފޮތެކެވެ.
މި ފޮތުގައި، އެމަނިކުފާނާބެހޭ ގިނަގުނަ މަޢުލޫމާތު ހިމެނެއެވެ.
މި ފޮތުގައި، އެމަނިކުފާނު ކޮށްދެއްވާފައިވާ އެތައް ޚިދުމަތްތަކެއް ބަޔާންކޮށްފައި ވެއެވެ.
މި ފޮތުގައި، އެމަނިކުފާނާބެހޭ ގޮތުން އެހެން ބޭފުޅުން ވިދާޅުވެފައިވާ އެތައް ބަސްފުޅުތަކެއް ވެސް ވެއެވެ.
އަދި ދިވެހި ބަހުގެ އެކެޑަމީ އިން ހުޅުވައިލެއްވި ތަޢުޒިޔާގެ ދަފުތަރުން ނަގާފައިވާ އެތައް ބަސްފުޅުތަކެއް ވެސް ވެއެވެ.
މި ފޮތަކީ، ސްކޫލް ކުދިންނަށް ނުހަނު ބޭނުންތެރި ފޮތެކެވެ.
މި ފޮތަކީ، ދަރިވަރުންނަށް މަޢުލޫމާތު ދެއްވުމަށްޓަކައި، ޓީޗަރުންނަށް ވެސް ނުހަނު ބޭނުންތެރި ފޮތެކެވެ.
ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނުން ވަނީ، މި ފޮތް ފާސްކޮށްފައެވެ.
ސަމާލުކަމަށްޓަކައި
މި ފޮތް ތައްޔާރުކޮށްފައިވަނީ، އެންޑްރޮއިޑް ނިޒާމު ބޭނުންކުރާ މޮބައިލް ފޯނަށް ޚާއްޞަކޮށްގެންނެވެ.
މި ފޮތް ރަނގަޅަށް ހުޅުވޭނީ މޮޒިއްލާ ފަޔަރފޮކްސް އިންނެވެ. (ފުރަތަމަ ފޯނަށް އަޅުއްވާނީ ފަޔަރފޮކްސް އެވެ.)
މި ފޮތުގެ އަކުރުތައް ރަނގަޅަށް ފާޅުވާނީ، އެންޑްރޮއިޑްގެ ފަޔަރފޮކްސް އަށް އަޅާ ތާނަ ފޮންޓް އެޅުއްވުމުންނެވެ. (މި ފޮންޓް އަޅުއްވާނީ، ފަޔަރފޮކްސް އެޅުއްވުމަށްފަހުގަ އެވެ.)
ކޮމްޕިއުޓަރާއި، ލެޕްޓޮޕާއި، އައިޕެޑުން ވެސް މި ފޮތް ހުޅުވޭނެ އެވެ.
ކޮމްޕިއުޓަރުން މިފޮތުގެ އަކުރުތައް ރަނގަޅަށް ފާޅުވާނީ، ފަރުމާ ފޮންޓް އަޅުއްވާފައިވާނަމަ އެވެ.
ފޮތް ލިބިވަޑައިގަންނަވާނެ ގޮތް
މި ޞަފުޙާގެ ތިރީގައިވާ ޑައުންލޯޑް ބަޓަނުން ފޮތުގެ ޒިޕް ފައިލު ޑައުންލޯޑްކޮށްލައްވާށެވެ!
ޒިޕްފައިލް އަންޒިޕް ކުރެއްވޭނީ ޕާސްވޯޑެއް ޖައްސަވައިގެންނެވެ.
ޕާސްވޯޑް ހޯއްދެވުމަށްޓަކައި 9763216 ނަންބަރު ފޯނަށް hameed ޖައްސަވާފައި އެސްއެމްއެސްއެއް ފޮނުވައިލައްވާށެވެ!
ތިޔަފަރާތަށް ލިބިވަޑައިގަންނަވާ ޕާސްވޯޑް ޖައްސަވައިގެން ޒިޕް ފައިލް އަންޒިޕްކޮށްލައްވާށެވެ!
މި ފޮތް ފޯނުފޮތްބައިގައި ވާނެއެވެ.
އަދި ބަޙުރު އީމަޖައްލާގެ ބަންޑެލީގައި ވެސް ވާނެއެވެ.
އިތުރު މަޢުލޫމާތު
ފޮތުގެ އަގު: މިއީ، ހިލޭ ދޫކުރާ ފޮތެކެވެ.
ތިރީގައިވާ ޑައުންލޯޑް ބަޓަނުން ފޯނު ފޮތްބައިގެ ޒިޕް ފައިލް ޑައުންލޯޑްކުރެއްވޭނެއެވެ.
މުހިންމު ފޮތެއް

މިއީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގެ މައްޗަށް އަލިއަޅުވާލެއްވިފައިވާ ކުރު ސީރަތެކެވެ.
މިއީ، އިތުރުއެކަލޭގެފާނުގެ ޒިކުރާ އާކުރުމަށްޓަކައި ބޭނުންކުރެއްވިދާނެ ފޮތެކެވެ.
މުސްލިމު ދިވެހި ދަރިވަރުންނަށް ނުހަނު ބޭނުންތެރި ފޮތެކެވެ.
ތާނަ ކިޔުން ފަރިތަކުރުމަށްޓަކައި ވެސް މި ފޮތް ބޭނުންކުރެއްވިދާނެއެވެ.
މި ފޮތުގެ މުއައްލިފަކީ، އަލްމަރްޙޫމް ފަޟީލަތުއްޝައިޚު ޢަބްދުﷲ ފަހުމީ ދީދީ އެވެ.