بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِاقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ

ދިރާސާ

އިބްރާހީމް، މުޙައްމަދު، ޞާލިޙު (صَلَوَاتُ اللهِ وَسَلَامُهُ عَلَيْهِمْ أَجْـمَعِيْن)

މިއީ، މާތް ﷲ، އެ ބޭކަލުންގެ މައްޗަށް ސަލާމާއި ޞަލަވާތް ލެއްވި، އިބްރާހީމުގެފާނާއި، މުޙައްމަދުގެފާނާއި، ޞާލިޙުގެފާނާ ބެހޭ ގޮތުން ލިޔެވިފައިވާ ފޮތެކެވެ.

މި ފޮތުގައި ވާނީ، މި ދެންނެވުނު ތިން ރަސޫލުބޭކަލުންނާ ބެހޭ އެކިއެކި މަޢުލޫމާތެވެ.

މި ފޮތަކީ، ސްކޫލް ކުދިންނަށް ނުހަނު ބޭނުންތެރި ފޮތެކެވެ.

މި ފޮތަކީ، ދަރިވަރުންނަށް މަޢުލޫމާތު ދެއްވުމަށްޓަކައި، ޓީޗަރުންނަށް ވެސް ނުހަނު ބޭނުންތެރި ފޮތެކެވެ.

މި ފޮތަކީ، ޔުނިވަރސިޓީގައި މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނަށް ވެސް ނުހަނު ބޭނުންތެރި ފޮތެކެވެ.

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނުން ވަނީ، މި ފޮތް ފާސްކުރައްވާފައެވެ.

\/

ސަމާލުކަމަށްޓަކައި

މި ފޮތް ތައްޔާރުކޮށްފައިވަނީ، ޕީޑީއެފް ފޯމެޓަށެވެ.

މި ޞަފުޙާއިން ޑައުންލޯޑުކުރެއްވޭ ޒިޕްފައިލުގައި ވާނީ މި ފޮތުގެ ޕީޑީއެފް ނަކަލެކެވެ.

ފޮތުގެ މި ނަކަލު، ކޮމްޕިއުޓަރާއި، މޮބައިލް ފޯނު ފަދަ ވަސީލަތްތަކުން ހުޅުވޭނެއެވެ.

މި ފޮތް ހުޅުވުމަށްޓަކައި ފޮންޓެއް މުހުތާދެއް ނުވާނެއެވެ.

މި ފޮތް ހުޅުވޭނީ، ޕީޑީއެފް ފައިލް ހުޅުވައިދޭ ސޮފްޓްވެއަރއަކުން ނުވަތަ އެޕްލިކޭޝަނަކުންނެވެ.

މި ޞަފުޙާއިން ޑައުންލޯޑުކުރެވޭ ޒިޕްފައިލް ވާނީ ޕާސްވޯޑަކުން ޙިމާޔަތްކޮށްފައެވެ.

ޕާސްވޯޑް ލިބިވަޑައިގަންނަވާނެ ގޮތް ތިރީގައި ބަޔާންކޮށްފައި ވާނެއެވެ.

\/

ޕާސްވޯޑް ލިބިވަޑައިގަންނަވާނެ ގޮތް

ޒިޕްފައިލް އަންޒިޕް ކުރެއްވޭނީ ޕާސްވޯޑެއް ޖައްސަވައިގެންނެވެ.

ޕާސްވޯޑް ލިބިވަޑައިގަންނަވާނީ މި ފޮތް ބައްލަވައިގަތުމުންނެވެ.

ފޮތުގެ އަގަކީ، -/90 ރ. (ނުވަދިހަ ރުފިޔާ) އެވެ.

ފޮތުގެ އަގު ޖަމާކުރައްވާނީ ތިރީގައިވާ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓް ނަންބަރަށެވެ.

7701131167101

ފޮތުގެ އަގު ޖަމާކުރެއްވުމަށްފަހު، 9763216 ނަންބަރު ފޯނަށް، ރަސީދު (receipt) ވައިބަރކޮށްލައްވާށެވެ!

އޭރުން ތިޔަ ފަރާތުގެ ފޯނަށް ޕާސްވޯޑް ލިބިވަޑައިގަންނަވާނެއެވެ.

\/

އިތުރު މަޢުލޫމާތު

މި ފޮތް އާންމުކޮށް ނެރެވުނީ، 2020 ވަނަ އަހަރުގެ ސްކޫލްތަކުގެ ދިރާސީ އަހަރު ފެށުނު ދުވަހުގެ ރޭ 9:00 ގައެވެ. އެއީ، 12 ޖަނަވަރީ 2020 އެވެ.

ފޮތުގެ ޕާސްވޯޑް ހިލޭ ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ims ލިޔުއްވުމަށްފަހު، ވައިބަރކުރައްވާނީ 9763216 މި ނަންބަރަށެވެ.

ފޮތުގެ ޕާސްވޯޑް ހިލޭ ލިބިވަޑައިގަންނަވާނީ، ފޮތް ނެރުނު ރޭގެ 12:00 އާ ހަމައަށެވެ.

\/

ޑައުންލޯޑު

\/

މުހިންމު ފޮތެއް

މިއީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގެ މައްޗަށް އަލިއަޅުވާލެއްވިފައިވާ ކުރު ސީރަތެކެވެ.

މިއީ، އިތުރުއެކަލޭގެފާނުގެ ޒިކުރާ އާކުރުމަށްޓަކައި ބޭނުންކުރެއްވިދާނެ ފޮތެކެވެ.

މުސްލިމު ދިވެހި ދަރިވަރުންނަށް ނުހަނު ބޭނުންތެރި ފޮތެކެވެ.

ތާނަ ކިޔުން ފަރިތަކުރުމަށްޓަކައި ވެސް މި ފޮތް ބޭނުންކުރެއްވިދާނެއެވެ.

މި ފޮތުގެ މުއައްލިފަކީ، އަލްމަރްޙޫމް ފަޟީލަތުއްޝައިޚު ޢަބްދުﷲ ފަހުމީ ދީދީ އެވެ.

މިވެސް މުހިންމު