بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِاقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ

ދިރާސާ

فِي أَحْسَنِ تَقْوِيمٍ

މިއީ، ސޫރަތުއްތީނިގެ 4 ވަނަ އާޔަތާބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ކަރުދާހެއްގެ މައްޗަށް ބިނާކުރެވިފައިވާ ފޮތެކެވެ.

އެ ކަރުދާސް ތައްޔާރުކޮށް ހުށަހެޅުނީ، 14 ސެޕްޓެންބަރު 2018 އިން 15 ސެޕްޓެންބަރު 2018 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވުނު ކީރިތި ޤުރުއާނުގެ މަޙްފަލުގައެވެ.

މިއީ، މާތް ﷲ، އިންސާނާ ޚަލްޤުކުރައްވާފައިވާ ގޮތުގެ ފުރިހަމަކަން ބަޔާންކޮށްދޭ ފޮތެކެވެ.

އިންސާނާ ޚަލްޤުކުރެއްވުމުގެ މައްޗަށް މި ފޮތުގައި ބަލާލެވިފައިވާނީ، ކީރިތި ޤުރުއާނާއި، ނަބަވީ ސުންނަތާއި، މިޒަމާނުގެ ސައިންސާއި، ތަޝްކީލީ ފަންނުގެ އަލީގައެވެ.

މި ފޮތަކީ ކިޔަވާކުދިންނަށާއި، ޓީޗަރުންގެ އާންމު މަޢުލޫމާތަށްޓަކައި ނުހަނު ބޭނުންތެރި ފޮތެކެވެ.

ޔުނިވަރސިޓީގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންގެ އެސައިންމަންޓްތަކަށް މަޢުލޫމާތު ހޯދުމަށްޓަކައި މި ފޮތް ބޭނުންކުރެވިދާނެއެވެ.

މި ފޮތުގައި ވަނީ، އޭ4 ސައިޒުގެ 91 ޞަފުޙާއެވެ.

ފޮތުގެ ފިހުރިސްތު

\/

ސަމާލުކަމަށްޓަކައި

މި ޞަފުޙާއިން ޑައުންލޯޑުކުރެއްވޭ ޒިޕްފައިލުގައި ވާނީ މި ކަރުދާހުގެ (ނުވަތަ މި ފޮތުގެ) ޕީޑީއެފް ނަކަލެކެވެ.

އެ ނަކަލު، ކޮމްޕިއުޓަރާއި، މޮބައިލް ފޯން ފަދަ ވަސީލަތްތަކުން ހުޅުވޭނެއެވެ.

މި ފޮތް ހުޅުވުމަށްޓަކައި ފޮންޓެއް މުހުތާދެއް ނުވާނެއެވެ.

މި ފޮތް ހުޅުވޭނީ، ޕީޑީއެފް ފައިލް ހުޅުވައިދޭ ސޮފްޓްވެއަރއަކުން ނުވަތަ އެޕްލިކޭޝަނަކުންނެވެ.

މި ޞަފުޙާއިން ޑައުންލޯޑުކުރެވޭ ޒިޕްފައިލް ވާނީ ޕާސްވޯޑަކުން ޙިމާޔަތްކޮށްފައެވެ.

ޕާސްވޯޑް ލިބިވަޑައިގަންނަވާނެ ގޮތް ތިރީގައި ބަޔާންކޮށްފައި ވާނެއެވެ.

\/

ޕާސްވޯޑް ލިބިވަޑައިގަންނަވާނެ ގޮތް

ފޮތުގެ އަގަކީ، -/90 ރ. (ނުވަދިހަ ރުފިޔާ) އެވެ.

ފޮތުގެ އަގު ޖަމާކުރައްވާނީ ތިރީގައިވާ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓް ނަންބަރަށެވެ.

7701131167101

ފޮތުގެ އަގު ޖަމާކުރެއްވުމަށްފަހު، 9763216 ނަންބަރު ފޯނަށް، ރަސީދު (receipt) ވައިބަރކޮށްލައްވާށެވެ!

އޭރުން ތިޔަ ފަރާތުގެ ފޯނަށް މި ފޮތުގެ ޕާސްވޯޑް ވައިބަރކޮށްލެވޭނެއެވެ.

\/

އިތުރު މަޢުލޫމާތު

މިއީ، މިހާރު ހިލޭ ދޫކުރާ ފޮތެއް ނޫނެވެ. މި ފޮތް ބައްލަވައިގަތުމަށްފަހު، މި ފޮތް ބެހުމާއި އާންމުކުރުމަކީ މަނާ ކަމެކެވެ.

\/

ޑައުންލޯޑު

\/

މުހިންމު ފޮތެއް

މިއީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގެ މައްޗަށް އަލިއަޅުވާލެއްވިފައިވާ ކުރު ސީރަތެކެވެ.

މިއީ، އިތުރުއެކަލޭގެފާނުގެ ޒިކުރާ އާކުރުމަށްޓަކައި ބޭނުންކުރެއްވިދާނެ ފޮތެކެވެ.

މުސްލިމު ދިވެހި ދަރިވަރުންނަށް ނުހަނު ބޭނުންތެރި ފޮތެކެވެ.

ތާނަ ކިޔުން ފަރިތަކުރުމަށްޓަކައި ވެސް މި ފޮތް ބޭނުންކުރެއްވިދާނެއެވެ.

މި ފޮތުގެ މުއައްލިފަކީ، އަލްމަރްޙޫމް ފަޟީލަތުއްޝައިޚު ޢަބްދުﷲ ފަހުމީ ދީދީ އެވެ.

މިވެސް މުހިންމު