بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِاقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ

ދިރާސާ

ޑަކުޓަރު އަހަންމައިދީގެ ހަނދާނުގައި

މި ފޮތް ވަނީ، މި ޞަފުޙާއަށް އައުމުގެ މަގުމަތީގައެވެ.

މިއީ، އަލްމަރްޙޫމް ޑަކުޓަރު އަޙްމަދު ދީދީ (ޑަކުޓަރު އަހަންމައިދީ) އާ ބެހޭ ގޮތުން ލިޔެފައިވާ ފޮތެކެވެ.

މިއީ، މިހާތަނަށް ޑަކުޓަރު އަޙްމަދު ދީދީއާ ބެހޭ ގޮތުން ލިޔެވުނު މިފަދަ ފުރަތަމަ ފޮތެވެ.

މަރްޙޫމު ކުރައްވާފައިވާ ވަރަށްގިނަ ޚިދުމަތްތަކުގެ ތަފުޞީލު މި ފޮތުގައި ވެއެވެ.

މަރްޙޫމުގެ ނަސަބުފުޅާއި ޢާއިލީ މަޢުލޫމާތު ވެސް މި ފޮތުގައި ވެއެވެ.

މި ފޮތަކީ، ސްކޫލް ކުދިންނަށް ނުހަނު ބޭނުންތެރި ފޮތެކެވެ.

މި ފޮތަކީ، ދަރިވަރުންނަށް މަޢުލޫމާތު ދެއްވުމަށްޓަކައި، ޓީޗަރުންނަށް ވެސް ނުހަނު ބޭނުންތެރި ފޮތެކެވެ.

މި ފޮތަކީ، ޔުނިވަރސިޓީގައި މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނަށް ވެސް ނުހަނު ބޭނުންތެރި ފޮތެކެވެ.

\/

ސަމާލުކަމަށްޓަކައި

މި ފޮތް ތައްޔާރުކޮށްފައިވަނީ، އެންޑްރޮއިޑް ނިޒާމު ބޭނުންކުރާ މޮބައިލް ފޯނަށް ޚާއްޞަކޮށްގެންނެވެ.

މި ފޮތް ރަނގަޅަށް ހުޅުވޭނީ މޮޒިއްލާ ފަޔަރފޮކްސް އިންނެވެ. (ފުރަތަމަ ފޯނަށް އަޅުއްވާނީ ފަޔަރފޮކްސް އެވެ.)

މި ފޮތުގެ އަކުރުތައް ރަނގަޅަށް ފާޅުވާނީ، އެންޑްރޮއިޑްގެ ފަޔަރފޮކްސް އަށް އަޅާ ތާނަ ފޮންޓް އެޅުއްވުމުންނެވެ. (މި ފޮންޓް އަޅުއްވާނީ، ފަޔަރފޮކްސް އެޅުއްވުމަށްފަހުގަ އެވެ.)

ކޮމްޕިއުޓަރާއި، ލެޕްޓޮޕާއި، އައިޕެޑުން ވެސް މި ފޮތް ހުޅުވޭނެ އެވެ.

ކޮމްޕިއުޓަރުން މިފޮތުގެ އަކުރުތައް ރަނގަޅަށް ފާޅުވާނީ، ފަރުމާ ފޮންޓް އަޅުއްވާފައިވާނަމަ އެވެ.

\/

ފޮތް ލިބިވަޑައިގަންނަވާނެ ގޮތް

މި ޞަފުޙާގެ ތިރީގައިވާ ޑައުންލޯޑް ބަޓަނުން ފޮތުގެ ޒިޕް ފައިލު ޑައުންލޯޑްކޮށްލައްވާށެވެ!

ޒިޕްފައިލް އަންޒިޕް ކުރެއްވޭނީ ޕާސްވޯޑެއް ޖައްސަވައިގެންނެވެ.

ޕާސްވޯޑް ހޯއްދެވުމަށްޓަކައި 9763216 ނަންބަރު ފޯނަށް ddidi ޖައްސަވާފައި އެސްއެމްއެސްއެއް ފޮނުވައިލައްވާށެވެ!

ތިޔަފަރާތަށް ލިބިވަޑައިގަންނަވާ ޕާސްވޯޑް ޖައްސަވައިގެން ޒިޕް ފައިލް އަންޒިޕްކޮށްލައްވާށެވެ!

މި ފޮތް ފޯނުފޮތްބައިގައި ވާނެއެވެ.

އަދި ބަޙުރު އީމަޖައްލާގެ ބަންޑެލީގައި ވެސް ވާނެއެވެ.

\/

އިތުރު މަޢުލޫމާތު

ފޮތުގެ އަގު: މިއީ، ހިލޭ ދޫކުރާ ފޮތެކެވެ.

މި ފޮތް، މި ޞަފުޙާއަށް ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

މިވަގުތު މި ފޮތް ޑައުންލޯޑެއް ނުކުރެއްވޭނެއެވެ.

\/

ޑައުންލޯޑު

\/

މުހިންމު ފޮތެއް

މިއީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގެ މައްޗަށް އަލިއަޅުވާލެއްވިފައިވާ ކުރު ސީރަތެކެވެ.

މިއީ، އިތުރުއެކަލޭގެފާނުގެ ޒިކުރާ އާކުރުމަށްޓަކައި ބޭނުންކުރެއްވިދާނެ ފޮތެކެވެ.

މުސްލިމު ދިވެހި ދަރިވަރުންނަށް ނުހަނު ބޭނުންތެރި ފޮތެކެވެ.

ތާނަ ކިޔުން ފަރިތަކުރުމަށްޓަކައި ވެސް މި ފޮތް ބޭނުންކުރެއްވިދާނެއެވެ.

މި ފޮތުގެ މުއައްލިފަކީ، އަލްމަރްޙޫމް ފަޟީލަތުއްޝައިޚު ޢަބްދުﷲ ފަހުމީ ދީދީ އެވެ.

މިވެސް މުހިންމު