ޙައްޤު

މަހަރު އީމަޖައްލާގެ އެންމެހައި ޙައްޤުތަކެއް މިލްކުވެގެންވަނީ މި މަޖައްލާގެ ވެރިފަރާތަށެވެ. މި މަޖައްލާގައިވާ އެއްވެސް އެއްޗެއް، ނުވަތަ އެއިން ބައެއްވިޔަސް، އެހެން އެއްޗަކަށް ނަކަލުކުރުމާއި، އެހެން އެއްޗެއްގައި ޝާއިޢުކުރުމަކީ މުޅިން މަނާކަމެކެވެ.

މަހަރު އީމަޖައްލާގެ ޢަދަދަކަށް ހަދިޔާ ދޭ ނުވަތަ އިޝްތިރާކު ދައްކާ ފަރާތަށް ލިބިގެންވާ ޙައްޤަކީ މަޖައްލާގައި ވާ ތަކެތި ކިޔުމާއި ބެލުމުގެ ޙައްޤެވެ. ހަދިޔާ ދިނުމަކީ ނުވަތަ އިޝްތިރާކު ދެއްކުމަކީ އެ ތަކެތި އޭނާއަށް މިލްކުވާނެ ކަމެއް ނޫނެވެ. ހަދިޔާ ދިނުމުން ނުވަތަ އިޝްތިރާކު ދެއްކުމުން ލިބޭ ޔޫސަރނޭމާއި ޕާސްވޯޑަކީ، މަހަރު އީމަޖައްލާ ގައި ވާ ތަކެތި، ނަކަލުކުރުމަށް ދެވޭ ހުއްދައެއް ނޫނެވެ. އެހެންކަމުން، މި މަޖައްލާގައި ވާ ލިޔުމެއް ނުވަތަ އެއިން ބައެއް ނުވަތަ އޭގައި ހިމެނޭ ތަޞްވީރެއް ފަދަ އެއްޗެއް، ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައްޔާއި، ނޫސް ނުވަތަ މަޖައްލާ ނުވަތަ ފޮތް ނުވަތަ އެ ފަދަ އެއްވެސް ވަސީލަތަކަށް ނަކަލުކުރުމަކީ، ޔޫސަރނޭމާއި ޕާސްވޯޑް ލިބިފައިވާ ފަރާތުން ކުރުން މަނާކަމެކެވެ.

ހަދިޔާ ދިނުމުން ނުވަތަ އިޝްތިރާކު ދެއްކުމުން ލިބޭ ޔޫސަރނޭމާއި ޕާސްވޯޑަކީ ހަމައެކަނި، ހަދިޔާ ދިން ނުވަތަ އިޝްތިރާކު ދެއްކި ފަރާތަށް ދެވޭ އެއްޗެކެވެ. އެ ޔޫސަރނޭމާއި ޕާސްވޯޑް އެހެން ފަރާތަކަށް ނުވަތަ އެހެން ފަރާތްތަކަށް ދިނުމާއި ބެހުމަކީ މަނާކަމެކެވެ. އަދި އެ ޔޫސަރނޭމާއި ޕާސްވޯޑް އެހެން ބަޔަކަށް ލިބޭނެހެން އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ހާމަކުރުމަކީ ވެސް މަނާކަމެކެވެ.

މަހަރު މަޖައްލާގެ ހިނގަމުންދާ ޢަދަދުގެ ލިންކު އެހެން ފަރާތްތަކަށް ދިނުމާއި، ސޯޝަލް މީޑިއާގައި ޝާއިޢުކުރުމަކީ މަނާ ކަމެކެވެ.

މަތީގައި ބަޔާންކުރެވުނު ކަންކަމާ ޚިލާފަށް އެއްވެސް ފަރާތަކުން ޢަމަލުކޮށްފިނަމަ، އެ ކަމުގެ ޒިންމާ އުފުލާނީ އެ ފަރާތަކުންނެވެ. އެ ފަރާތުން އުފުލަންޖެހޭ ޒިންމާތަކުގެ ތެރޭގައި މި މަޖައްލާއަށް ނުވަތަ މި މަޖައްލާގެ ވެރިފަރާތަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުން ވެސް ހިމެނެއެވެ. ގެއްލުމުގެ ބަދަލުގެ އެންމެ ކުޑަ މިންވަރަކީ 100000 (އެއް ލައްކަ) ދިވެހި ރުފިޔާއެވެ.

މި މަޖައްލާގެ ވެރިފަރާތުގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.
ނަން: ޢަބްދުލްމުޢީދު ޙަސަން
ފޯން: 9763216

ފިހުރިސްތު