އެއްބަސްވުން
މަހަރު އީމަޖައްލާގެ އެންމެހައި
ޙައްޤުތަކެއް މިލްކުވެގެންވަނީ މި މަޖައްލާގެ
ވެރިފަރާތަށް ކަމަށާއި،
މި
އެއްބަސްވުމުގައި މީގެ ފަހުން "މަޖައްލާ"
އެވެ، ބުނެފައި ވާނީ "މަހަރު އީމަޖައްލާ" އަށް
ކަމަށާއި،
މަޖައްލާގައި ވާ އެއްވެސް
އެއްޗެއް ނުވަތަ އެއިން ބައެއް ވިޔަސް، އެހެން
އެއްޗަކަށް ނަކަލު ނުކުރުމަށާއި، އެހެން
އެއްޗެއްގައި ޝާއިޢު ނުކުރުމަށާއި އަދި އެހެން
ފަރާތަކަށް ނުދިނުމަށާއި ނުދެއްކުމަށާއި،
މަޖައްލާގެ ޢަދަދަކަށް އިޝްތިރާކު ދެއްކީ،
މަޖައްލާގައި ވާ ތަކެތި އަމިއްލައަށް ބަލައި
ކިޔުމަށް ކަމަށާއި،
އިޝްތިރާކު
ދެއްކުމަށްފަހު، މަޖައްލާގައި ވާ ތަކެތި
ކިޔުމާއި ބެލުން ފިޔަވައި އެހެން ކަމެއްގައި
އެ ތަކެތި ބޭނުން ނުކުރުމަށާއި،
އިޝްތިރާކު
ދެއްކުމުން ލިބޭ ޔޫސަރނޭމާއި ޕާސްވޯޑް
އެއްވެސް ޙާލެއްގައި އެއްވެސް ސިފައެއްގައި
އެހެން ފަރާތަކަށް ނުދިނުމަށާއި،
މަޖައްލާގައި ވާ ލިޔުމެއް ނުވަތަ އެއިން
ބައެއް ނުވަތަ އޭގައި ހިމެނޭ ތަޞްވީރެއް ފަދަ
އެއްޗެއް، ސޯޝަލް މީޑިއާގެ ވަސީލަތެއްގައި
ނުވަތަ ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި
ނުވަތަ ފޮތެއްގައި ނުވަތަ އެ ނޫން އެއްޗެއްގައި ނަކަލު ނުކުރުމަށާއި،
މަޖައްލާގެ
ހިނގަމުންދާ ޢަދަދުގެ ލިންކު އެހެން
ފަރާތްތަކަށް ނުދިނުމަށާއި،
މަޖައްލާގައި
ވާ އެއްޗެއްގެ ބޭނުންކޮށްގެން އެއްވެސް
މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ އަބުރާ
ނުބެހުމަށާއި،
އަޅުގަނޑު މަޖައްލާ އަށް
އިޝްތިރާކު ދެއްކުމުން މި އެއްބަސްވުމުގައި ވާ
ހުރިހައި ކަންކަމަށް އަޅުގަނޑު އެއްބަސްވީ
ކަމަށާއި،
މި އެންމެހައި ކަންކަމަށް
އަޅުގަނޑު (މަހަރު މަޖައްލާއަށް އިޝްތިރާކު
ދެއްކި ފަރާތުން) އެއްބަސްވެ އިޤްރާރުވަމެވެ.
މި އެއްބަސްވުމާ ޚިލާފު އެއްވެސް ކަމެއް
އަޅުގަނޑު ކޮށްފި ނަމަ، މަޖައްލާގެ
ވެރިފަރާތަށް ލިބޭ ގެއްލުމުގެ ބަދަލުގެ އެންމެ
ކުޑަ މިންވަރަކަށް 100000 (އެއް ލައްކަ)
ދިވެހި ރުފިޔާ، އަޅުގަނޑު (މަހަރު
މަޖައްލާއަށް އިޝްތިރާކު ދެއްކި ފަރާތުން)
ދޭން ޖެހޭނެކަން ޤަބޫލުކޮށް، އެ ކަމަށް
އެއްބަސްވަމެވެ.
އަދި އަޅުގަނޑު (މަހަރު
މަޖައްލާއަށް އިޝްތިރާކު ދެއްކި ފަރާތުން) މި
އެއްބަސްވުމާ ޚިލާފަށް ކުރި ކަމެއްގެ
ސަބަބުން، އެހެން ފަރާތަކަށް ގެއްލުމެއް
ލިބިއްޖެ ނަމަ، އެ ކަމުގެ ޒިންމާ
އުފުލަންޖެހޭނީ ވެސް އަޅުގަނޑު (މަހަރު
މަޖައްލާއަށް އިޝްތިރާކު ދެއްކި ފަރާތުން)
ކަން ޤަބޫލުކޮށް، އެ ކަމަށް އެއްބަސްވަމެވެ.