بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِاقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ

ދީނީ ފޮތް

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ

މިއީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގެ މައްޗަށް އަލިއަޅުވާލެއްވިފައިވާ ކުރު ސީރަތެކެވެ.

މިއީ، އިތުރުއެކަލޭގެފާނުގެ ޒިކުރާ އާކުރުމަށްޓަކައި ބޭނުންކުރެއްވިދާނެ ފޮތެކެވެ.

މުސްލިމު ދިވެހި ދަރިވަރުންނަށް ނުހަނު ބޭނުންތެރި ފޮތެކެވެ.

ތާނަ ކިޔުން ފަރިތަކުރުމަށްޓަކައި ވެސް މި ފޮތް ބޭނުންކުރެއްވިދާނެއެވެ.

މި ފޮތުގެ މުއައްލިފަކީ، އަލްމަރްޙޫމް ފަޟީލަތުއްޝައިޚު ޢަބްދުﷲ ފަހުމީ ދީދީއެވެ.

އިތުރަށް ...

\/

ރަމަޟާނިއްޔާތު: 1

މިއީ، ރަމަޟާންމަހާ ގުޅޭ އެކިއެކި މައުޟޫޢުތައް ހިމެނޭ ސިލްސިލާ ފޮތް ބަޔެއްގެ ފުރަތަމަ ފޮތެވެ.

މި ފޮތުގައި، ރަމަޟާންމަހާ ގުޅުންހުރި މުހިންމު މަޢުލޫމާތު ހިމެނެއެވެ.

ރަމަޟާންމަހު ރޯދަ ކުރުމަށްޓަކައި މުޠާލަޢާކުރެއްވުމަށް މިއީ ވަރަށްވެސް ރަނގަޅު ފޮތެކެވެ.

ސްކޫލް ކުދިންނަށް ނުހަނު ބޭނުންތެރި މަޢުލޫމާތު މި ފޮތުގައި ވެއެވެ.

މި ފޮތަކީ، ދަރިވަރުންނަށް މަޢުލޫމާތު ދެއްވުމަށްޓަކައި، ޓީޗަރުންނަށް ބޭނުންކުރެއްވިދާނެ ފޮތެކެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ، މި ފޮތް ފާސްކުރައްވާފައެވެ.

އަދި ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނުގައި، މި ފޮތް ވަނީ ރަޖިސްޓަރީ ކުރެވިފައެވެ.

އިތުރަށް ...

\/

މުހިންމު ފޮތެއް

މިއީ، އެންޑްރޮއިޑް ނިޒާމު ބޭނުންކުރާ މޮބައިލް ފޯނަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ފޮތްބަޔެކެވެ.

ކޮމްޕިއުޓަރާއި ލެޕްޓޮޕް ފަދަ ވަސީލަތްތަކުން ވެސް މި ފޮތްބައި ހުޅުވޭނެ އެވެ.

މިއީ، ޓީޗަރުންނަށާއި، ދަރިވަރުންނަށް ނުހަނު ބޭނުންތެރި އެއްޗެކެވެ.

މިވެސް މުހިންމު