މަތިންދާބޯޓަށް އެރުމަށްފަހު، މުޙައްމަދު އިނީ
ކުޑަދޮރެއްގެ ކައިރީގައެވެ. މަތިންދާބޯޓު އުދުހިފައި
މައްޗަށް އަރާވަރަކަށް ބިންމަތީގައިވާ ޢިމާރާތްތަކާއި
އެހެނިހެން އެއްޗެހި ކުޑަވަމުންދާކަން މުޙައްމަދަށް
ފާހަގަކުރެވުނެވެ. އެކަމާމެދު އޭނާ ވިސްނައި
ފިކުރުކުރިއެވެ.