ފުރަން އޮތް ދުވަހު، އެންމެން އެއާޕޯޓަށް ދިޔައެވެ.
ޗެކްކޮށް ނިމިގެން ފުރާމީހުންގެ މާލަމުގައި ތިބިއިރު،
މުޙައްމަދަށް މަތިންދާބޯޓްތައް ފެނުނެވެ. އެކި ވަރުވަރުގެ
މަތިންދާބޯޓުތަކެވެ. އެކި ޤައުމުތަކުގެ
މަތިންދާބޯޓުތަކެވެ. އަންނަ ބޯޓުފަހަރާއި ފުރާ
ބޯޓްފަހަރެވެ.