Image one

މިއީ، ކުޑަކުދިންނަށް ދިވެހި ކިއުން ފަރިތަކޮށްދިނުމަށާއި، ވާހަކައެއްގެ ޒަރީޢާއިން ކުޑަކުދިންނަށް ސައިންޓިފިކް މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ތައްޔާރުކޮށްފައިވާ ފޮތްބަޔެކެވެ. މި ފޮތްބަޔަށް ކިޔަނީ، "ޢުލޫމީ ވާހަކަ: ކުޑަކުދިންނަށް" އެވެ.
މި ފޮތްބައިގެ މި އިޞްދާރު ތައްޔާރުކޮށްފައިވަނީ، އެންޑްރޮއިޑް އޯއެސް ބޭނުންކުރާ މޮބައިލް ފޯނަށް ޚާއްޞަކޮށްގެންނެވެ.
މި ފޮތްބައިގައިވާ ފޮތްތައް ރަނގަޅަށް ހުޅުވޭނީ މޮޒިއްލާ ފަޔަރފޮކްސް އިންނެވެ. (ފުރަތަމަ ފޯނަށް އަޅުއްވާނީ ފަޔަރފޮކްސްއެވެ.)
މި ފޮތްބައިގައިވާ ފޮތްތަކުގެ އަކުރުތައް ރަނގަޅަށް ފާޅުވާނީ، އެންޑްރޮއިޑްގެ ފަޔަރފޮކްސް އަށް އަޅާ ތާނަ ފޮންޓް އެޅުއްވުމުންނެވެ. (އެ ފޮންޓް އަޅުއްވާނީ، ފަޔަރފޮކްސް އެޅުއްވުމަށްފަހުގައެވެ.)
ވިންޑޯސް އޯއެސް އިން ހިންގާ ކޮމްޕިއުޓަރާއި، ލެޕްޓޮޕުން ވެސް މި ފޮތްބައި ހުޅުވޭނެއެވެ. އެއިން، މި ފޮތްބައިގެ އަކުރުތައް ރަނގަޅަށް ފާޅުވާނީ، ފަރުމާ ފޮންޓް އަޅުއްވާފައިވާނަމައެވެ.
މި ފޮތްބައި ނެރުނުއިރު، މި ޢާއިލާގެ ފޮތްތައް، އާންމުކޮށް ލިބެން ހުންނަނީ، ބަޙުރު ފޮތްމާފާނު (http://bahuru.net) އިންނެވެ.
މި ފޮތްބައި ލިޔެ، ތައްޔާރުކޮށް، އުފެއްދި ފަރާތަކީ، ޢަބްދުލްމުޢީދު ޙަސަން އެވެ.


ފޮތުގެ ޙައްޤު:

މި ފޮތްބަޔާއި މި ފޮތްބައިގައި ހިމެނޭ ހުރިހައި ފޮތެއްގެ އެންމެހައި ޙައްޤެއް މިލްކުވެގެންވަނީ، މި ފޮތްބައި ލިޔެ ތައްޔާރުކޮށް އުފެއްދި ފަރާތަށެވެ. އެ ފަރާތުގެ ހުއްދަ ނެތި މި ފޮތްބައި ނުވަތަ މި ފޮތްބައިގެ އެއްވެސް އިޞްދާރެއްގެ އެއްވެސް ފޮތެއް ޗާޕްކުރުމާއި، ކޮޕީހެއްދުމާއި، ސްކޭންކުރުމާއި، ފޮޓޯނެގުމާއި، މިނޫން ސިފައެއްގައި ވެސް ނަކަލުކުރުމާއި އަދި ވިޔަފާރީގައި ބޭނުންކުރުމަކީ މަނާ ކަމެކެކެވެ.