އިޝްތިރާކު

މަހަރު އީމަޖައްލާއަކީ ޒަވާޖީ ޙަޔާތަށް ޚާއްޞަ މަޖައްލާއެއް ކަމުގައިވާތީ، މި މަޖައްލާ ޢާންމުކޮށް ހުޅުވައިލުމަކީ މަނާކަމެކެވެ. އެހެންކަމުން މި މަޖައްލާއަށް ވެދެވަޑައިގެންނެވޭނީ އިޝްތިރާކު ދައްކަވައިގެން ޒިންމާދާރުކަމާއެކުގައެވެ. އިޝްތިރާކު ދެއްކެވުމުގެ ކުރިން، ތިބާގެ މޮބައިލް ފޯނުން ނުވަތަ ތިބާ ބޭނުންކުރައްވާ ޑިވައިސް އިން މަހަރަށް ވަދެވޭތޯ ބެއްލެވުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އެކަމަށްޓައި މިތަނަށް ފިއްތަވައިލައްވާށެވެ. ޔޫސަރނޭމަކީ 1234 އެވެ. ޕާސްވޯޑަކީ 2222 އެވެ. ޞަފުޙާ ރަނގަޅަށް ހުޅުވޭއިރު ފެނިވަޑައިގަންނަވާނެ ގޮތް ތިރީގައި މިވަނީއެވެ.

pwp

ޗައިނާގައި އުފައްދާފައިވާ ބައެއް މޮބައިލް ފޯނުން މަހަރަށް ވަންނަން ދަތިވާކަން ވަނީ ފާހަގަކުރެވިފައެވެ. ސެމްސަން މޮބައިލް ފޯނާއި، ޕީސީއާއި ލެޕްޓޮޕް ފަދަ ވަސީލަތްތަކުން ދަތިކަމަކާ ނުލައި މަހަރަށް ވަދެވެއެވެ. ނަމަވެސް ބައެއް ރެޑްމީ (Redmi) ފޯނުން ނުވަދެވެއެވެ. މި ކަން ތަޖުރިބާކުރައްވާފައިވާ ބައެއް ބޭފުޅުން މަޢުލޫމާތު ދެއްވާ ގޮތުގައި (Redmi) ގައި މަހަރު ހުޅުވެނީ (Google Chrome) އިންނެވެ. ނަމަވެސް (Redmi) އިން ވެންނެވުމަށް މަހަރުން ނޭދެއެވެ. މަހަރުން އެދެނީ މަހަރަށް ވަދެވޭ ވަސީލަތެއް ބޭނުންކުރައްވައިގެން ވެންނެވުމަށެވެ.

މަހަރަށް އިޝްތިރާކު ދައްކަވާނީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ބޭފުޅުންނެވެ.
1. އިންޓަރނެޓް ބޭނުންކުރަން އެނގުން
2. (Google Chrome) ބޭނުންކުރަން އެނގުން
3. އޮންލައިންކޮށް ހުންނަ ދިވެހި ލިޔުންތައް ކިޔަން އެނގުން
4. ޔޫސަރނޭމާއި ޕާސްވޯޑް ޖަހަން ރަނގަޅަށް އެނގުން
5. (Redmi) އިން ނުވަދެވޭނަމަ، އެ ނޫން ވަސީލަތަކުން މަހަރަށް ވަނުން

މަހަރު އީމަޖައްލާގެ އިޝްތިރާކަކީ މަޖައްލާގެ ޢަދަދެއް ނުކުންނަ ކޮންމެ ހަތަރު މަހަކަށް 100 (ސަތޭކަ) ރުފިޔާއެވެ.
އަހަރު ނުކުންނާނީ މަހަރުގެ 3 ޢަދަދެވެ.
މުޅި އަހަރު ދުވަހަށް ނުވަތަ އެއްފަހަރާ 3 ޢަދަދަށް އިޝްތިރާކު ދެއްކެވިދާނެއެވެ.
3 ޢަދަދުގެ އިޝްތިރާކަކީ 300 ރުފިޔާއެވެ.
ގިނަ ބޭފުޅުން އިޝްތިރާކު ދައްކަވަނީ އެއްފަހަރާ 3 ޢަދަދަށެވެ.
އިޝްތިރާކު ޖަމާކުރައްވާނީ ތިރީގައިވާ އެކައުންޓަށެވެ.
BML
7701131167101

ޔޫސަރނޭމާއި ޕާސްވޯޑް ލިބިވަޑައިގަންނަވާނީ، އިޝްތިރާކު ޖަމާކުރެއްވި ރަސީދު ނުވަތަ (Receipt) ތިރީގައިވާ މަހަރުގެ ފޯނު ނަންބަރަށް ވައިބަރކޮށްލެއްވުމުންނެވެ.
މަހަރުގެ ވައިބަރ ނަންބަރު: 9763216
ޔޫސަރނޭމާއި ޕާސްވޯޑް ފޮނުވޭނީ، ރަސީދު (Receipt) ވައިބަރކުރެއްވި ފޯނު ނަންބަރަށެވެ.
ޔޫސަރނޭމާއި ޕާސްވޯޑް، އެހެން ނަންބަރަކަށް ނުފޮނުވޭނެއެވެ.
މަހަރުގެ ޢަދަދުތައް ހުޅުވޭނީ ޔޫސަރނޭމާއި ޕާސްވޯޑް ޖެއްސެވުމުންނެވެ.

އިޝްތިރާކު ދެއްކެވުމުން ލިބިވަޑައިގަންނަވާނީ އެންމެ ފަހުން ނުކުމެފައިވާ ޢަދަދާއި، އޭގެ ކުރިން ނުކުމެފައިވާ ހުރިހާ ޢަދަދެއް ހުޅުވޭނެ ޔޫސަރނޭމާއި ޕާސްވޯޑެވެ.
މިހާރު އިޝްތިރާކު ދެއްކެވުމުން، މިހާތަނަށް ނުކުމެފައިވާ 29 ޢަދަދުގެ ހުރިހާ ފޮތެއް ހުޅުވޭނެ ޔޫސަރނޭމާއި ޕާސްވޯޑް ލިބިވަޑައިގަންނަވާނެއެވެ.

29 ވަނަ ޢަދަދު
ނެރުމަށް ހަމަޖެހިފައިވާ ތާރީޚު: 1 މޭ 2024
29 ވަނަ ޢަދަދު ދެމިއޮންނާނެ މުއްދަތު: މެއި، ޖޫން، ޖުލައި، އޮގަސްޓު
އިޝްތިރާކު: 100 ރުފިޔާ

30 ވަނަ ޢަދަދު
ނެރުމަށް ހަމަޖެހިފައިވާ ތާރީޚު: 1 ސެޕްޓެންބަރު 2024
30 ވަނަ ޢަދަދު ދެމިއޮންނާނެ މުއްދަތު: ސެޕްޓެންބަރު، އޮކްޓޫބަރު، ނޮވެންބަރު، ޑިސެންބަރު
އިޝްތިރާކު: 100 ރުފިޔާ

31 ވަނަ ޢަދަދު
ނެރުމަށް ހަމަޖެހިފައިވާ ތާރީޚު: 1 ޖަނަވަރީ 2025
31 ވަނަ ޢަދަދު ދެމިއޮންނާނެ މުއްދަތު: ޖަނަވަރީ، ފެބްރުވަރީ، މާރިޗު، އެޕްރީލް
އިޝްތިރާކު: 100 ރުފިޔާ

ތިން ޢަދަދުގެ އިޝްތިރާކު: 300 ރުފިޔާ

އަހަރުދުވަހުގެ ކޮންމެ އިރެއްގައި 300 ރުފިޔާ ދެއްކެވިޔަސް ތިން ޢަދަދުގެ ޔޫސަރނޭމާއި ޕާސްވޯޑް ތިން ފަހަރުމަތިން ފޮނުވޭނެއެވެ. ކޮންމެ ޢަދަދެއްގެ ޔޫސަރނޭމާއި ޕާސްވޯޑް ފޮނުވޭނީ އެ ޢަދަދެއް ނުކުތުމުންނެވެ.

އިޝްތިރާކާބެހޭ ކަމެއް ބަދަލުވެއްޖެ ނަމަ، އެ ބަދަލަކާ ބެހޭ މަޢުލޫމާތު މި ޞަފުޙާގައި ޝާއިޢުކުރެވޭނެއެވެ.

ފިހުރިސްތު