Image one

ވާރޭ ހުއްޓާލުމާއެކު، އިރުގެ އަލިކަން ފާއްދާލިއެވެ. ދެން އެންމެން ބޭރަށް ނިކުތެވެ. އޭރު އުދަރެހަށް އަރާފައިވާ ވިއްސާރަދުންޏެއް، ޢާއިޝާއަށް މުޙައްމަދު ދެއްކިއެވެ. ޢާއިޝާ ސުވާލުކުރިއެވެ. "ވާރޭ ވެހުމާ ވިދިގެން ވިއްސާރަދުނި އުފެދެނީ ކީއްވެހެއްޔެވެ؟"