ޙައްޤުތައް

ތިރީގައި މިވަނީ މި ވެށީގެ ޙައްޤުތައް ހަމަޖެހިފައިވާ ގޮތެވެ.

މި ވެށީގައިވާ ތަކެތި އުފެއްދުމާއި، އެއަށް ބަދަލުގެނައުމާއި، އެ އާންމުކުރުމާއި، އެ ކިޔަވައިދިނުމާއި، މި ވެށިން މާލީ މަންފާ ޙާޞިލުކުރުމާބެހޭ އެންމެހައި ޙައްޤުތަކެއް މިލްކުވެގެންވަނީ، މި ފިލާވަޅުތައް އުފެއްދިފަރާތަށެވެ.

މި ވެށީގައި ބައިވެރިވާ ފަރާތަށް ލިބިގެންވާ ޙައްޤަކީ، އެ ފަރާތަށް ލިބިފައިވާ ޔޫސަރ ނޭމާއި ޕާސްވޯޑު ބޭނުންކޮށްގެން މި އޮންލައިން ވެށްޓަށް ވަދެ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، އުނގެނި ދަސްކުރުމެވެ.

މި ވެށީގައިވާ އެއްވެސް އެއްޗެއް އެއްވެސް ސިފައެއްގައި ކޮޕީކޮށްގެން ބެހުމާއި ފެތުރުމާއި ޝާއިޢުކުރުމާއި ވިއްކުމާއި ކިޔަވައިދިނުމުގައި ބޭނުންކުރުމަކީ މަނާ ކަމެކެވެ.

މި ވެށްޓަށް ފީ ދެއްކުމުން ލިބޭ ޔޫސަރ ނޭމާއި، ޕާސްވޯޑާއި، ލިންކަކީ، ފީ ދެއްކި މީހާގެ ޙައްޤެކެވެ. އެހެން އެއްވެސް މީހަކަށް ނުވަތަ ފަރާތަކަށް އެ ޔޫސަރ ނޭމާއި، ޕާސްވޯޑާއި، ލިންކު ދިނުމަކީ މަނާ ކަމެކެވެ. މިއާ ޚިލާފަށް ޢަމަލުކުރުމަކީ، އެ ޔޫސަރ ނޭމާއި، ޕާސްވޯޑް ކެންސަލްކުރެވިދާނެ ކަމެކެވެ.

މި ވެށި އުފެއްދި ފަރާތަށް ލިބިގެންވާ އެއްވެސް ޙައްޤެއް، އެހެން އެއްވެސް މީހަކަށް ނުވަތަ ފަރާތަކަށް ލިބިގެނެއް ނުވެއެވެ.


ފިހުރިސްތު