ފީ ދެއްކުން

ބަޙުރު ޢަރަބި ވެށްޓަށް ވެދެވަޑައިގެންނެވޭނީ ފީ ދައްކަވައިގެން ޒިންމާދާރުކަމާއެކުގައެވެ. ފީ ދެއްކެވުމުގެ ކުރިން، ތިބާގެ މޮބައިލް ފޯނުން ނުވަތަ ތިބާ ބޭނުންކުރައްވާ ޑިވައިސް އިން މި ވެށްޓަށް ވަދެވޭތޯ ބެއްލެވުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އެ ކަމަށް ޓަކައި މިތަނަށް ފިއްތަވައިލައްވާށެވެ. ޔޫސަރނޭމަކީ 1234 އެވެ. ޕާސްވޯޑަކީ 2222 އެވެ. ޞަފުޙާ ރަނގަޅަށް ހުޅުވޭއިރު ފެނިވަޑައިގަންނަވާނެ ގޮތް ތިރީގައި މިވަނީއެވެ.

pwp

ޗައިނާގައި އުފައްދާފައިވާ ބައެއް މޮބައިލް ފޯނުން މި ވެށްޓަށް ވަންނަން ދަތިވާކަން ވަނީ ފާހަގަކުރެވިފައެވެ. ސެމްސަން މޮބައިލް ފޯނާއި، ޕީސީއާއި ލެޕްޓޮޕް ފަދަ ވަސީލަތްތަކުން ދަތިކަމަކާ ނުލައި މި ވެށްޓަށް ވަދެވެއެވެ. ނަމަވެސް ބައެއް ރެޑްމީ (Redmi) ފޯނުން ނުވަދެވެއެވެ. މިކަން ތަޖުރިބާކުރައްވާފައިވާ ބައެއް ބޭފުޅުން މަޢުލޫމާތު ދެއްވާ ގޮތުގައި (Redmi) ގައި މި ވެށި ހުޅުވެނީ (Google Chrome) އިންނެވެ. ނަމަވެސް (Redmi) އިން ވެންނެވުމަށް މި ވެށިން ނޭދެއެވެ. މި ވެށިން އެދެނީ ރަނގަޅަށް ވަދެވޭ ވަސީލަތެއް ބޭނުންކުރައްވައިގެން ވެންނެވުމަށެވެ.

ބަޙުރު ޢަރަބި އަށް ފީ ދައްކަވާނީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ބޭފުޅުންނެވެ.
1. އިންޓަރނެޓް ބޭނުންކުރަން އެނގުން
2. (Google Chrome) ބޭނުންކުރަން އެނގުން
3. އޮންލައިންކޮށް ހުންނަ ޢަރަބި ލިޔުމާއި ދިވެހި ލިޔުން ކިޔަން އެނގުން
4. ޔޫސަރނޭމާއި ޕާސްވޯޑް ޖަހަން ރަނގަޅަށް އެނގުން
5. (Redmi) އިން ނުވަދެވޭނަމަ، އެ ނޫން ވަސީލަތަކުން މި ވެށްޓަށް ވަނުން

ބަޙުރު ޢަރަބި ވެށީގެ ފީ އަކީ އަހަރުގެ ފުރަތަމަ 6 މަސްދުވަހަށް 180 ރުފިޔާ އެވެ. އަދި އަހަރުގެ ދެވަނަ 6 މަސްދުވަހަށް 180 ރުފިޔާއެވެ.
މުޅި އަހަރުދުވަހަށް (ޖެނުއަރީން ފެށިގެން ޑިސެންބަރުގެ ނިޔަލަށް) 360 ރުފިޔާއެވެ.
ފީ ޖަމާކުރައްވާނީ ތިރީގައިވާ އެކައުންޓަށެވެ.
BML
7701131167101

ޔޫސަރނޭމާއި ޕާސްވޯޑް ލިބިވަޑައިގަންނަވާނީ، އިޝްތިރާކު ޖަމާކުރެއްވި ރަސީދު (Receipt) 9763216 މި ނަންބަރަށް ވައިބަރކޮށްލެއްވުމުންނެވެ.
ޔޫސަރނޭމާއި ޕާސްވޯޑް ފޮނުވޭނީ، ރަސީދު (Receipt) ވައިބަރކުރެއްވި ފޯނަށެވެ.
ބަޙުރު ޢަރަބި އޮންލައިން ވެށި ހުޅުވޭނީ ޔޫސަރނޭމާއި ޕާސްވޯޑް ޖެއްސެވުމުންނެވެ.

ފީ އާބެހޭ ކަމެއް ބަދަލުވެއްޖެ ނަމަ، އެ ބަދަލަކާ ބެހޭ މަޢުލޫމާތު މި ޞަފުޙާގައި ޝާއިޢުކުރެވޭނެއެވެ.

ފިހުރިސްތު