ނަމުގެ ޚިދުމަތް

ތިރީގައި މިވަނީ ނަމުގެ ޚިދުމަތުން މިހާރު ފޯރުކޮށްދެވޭ ޚިދުމަތްތަކެވެ. ނަމާ ބެހޭ ކޮންމެ ޚިދުމަތަކަށް އެދިވަޑައިގަންނަވާއިރު، ޖަމާކުރައްވާނީ އެ ޚިދުމަތަކަށް ކަނޑައެޅިފައިވާ އަގެވެ. އެއަށްވުރެ އިތުރަށް ފައިސާ ޖަމާނުކުރެއްވުން އެދެމެވެ. އަދި ނަމުގެ މާނަ ބަލައިދިނުމުން އިސްލާމްދީނާ ޚިލާފަށް ނަން ފާސްކުރަން ނޫޅުއްވުމަށާއި، އެކަމަށް ޓަކައި ވައިބަރ އިން މެސެޖް ނުކުރެއްވުމަށް ވެސް ދަންނަވަމެވެ.

ނަން ހޯދައިދިނުން

ނަމުގެ މާނަ ބަލައިދިނުން

ނަމެއް ފާސްވާނެތޯ ބަލައިދިނުން

ނަން ފާސްކޮށްދިނުން


ނަން ހޯދައިދިނުން

މިއީ ވަކި އަކުރަކުން ފެށޭ މުސްލިމު ނަމެއް ހޯދައިދިނުމުގެ ޚިދުމަތެވެ. މި ޚިދުމަތުގެ ތެރެއިން ލިބިވަޑައިގަންނަވާ ނަމަކީ، ތިޔަ ފަރާތުން ބޭނުން ނުވާ ނަމަކަށް ވެދާނެތީ، އެކަން ސަމާލުކަމަށް ގެންނަމެވެ. މި ޚިދުމަތް ލިބިވަޑައިގަންނަވާނެ ގޮތް ތިރީގައި މިވަނީއެވެ.

1. ވަކި އަކުރަކުން ފެށޭ ނަމެއް ހޯއްދެވުމަށްޓަކައި ތިރީގައިވާ އެކައުންޓަށް -/100 ރ. (އެއް ސަތޭކަ ރުފިޔާ) ޖަމާކޮށްލައްވާށެވެ. (މި އަގަށް ހޯދައިދެވޭނީ އެއް ނަމާއި އެ ނަމުގެ މާނައެވެ.) ނަމަކަށް -/100 ރުފިޔާ އަށްވުރެ ގިނައިން ޖަމާނުކުރެއްވުން އެދެމެވެ. ދެ ނަމަށް -/200 ރުފިޔާއަށްވުރެ ގިނައިން ޖަމާނުކުރެއްވުން އެދެމެވެ. ތިން ނަމަށް -/300 ރުފިޔާއަށްވުރެ އިތުރަށް ޖަމާނުކުރެއްވުން އެދެމެވެ.

BML
7701131167101

2. ދެން 9763216 މި ނަންބަރަށް، ރަސީދު (Receipt) ވައިބަރ ކޮށްލައްވާށެވެ!

3. ދެން ނަމުގެ ފެށޭ އަކުރު، 9763216 މި ނަންބަރަށް ވައިބަރ ކޮށްލައްވާށެވެ!

މި ގޮތަށް ޢަމަލުކުރެއްވުމުން ނަމާއި ނަމުގެ މާނަ 48 ގަޑިއިރުގެ ތެރޭގައި ލިބިވަޑައިގަންނަވާނެއެވެ.
Mathi


ނަމުގެ މާނަ ބަލައިދިނުން

1. ނަމެއްގެ މާނަ ހޯއްދެވުމަށްޓަކައި ތިރީގައިވާ އެކައުންޓަށް -/100 ރ. (އެއް ސަތޭކަ ރުފިޔާ) ޖަމާކޮށްލައްވާށެވެ. (މި އަގަށް ބަލައިދެވޭނީ އެއް ނަމުގެ މާނައެވެ. އަދި އެއީ މުސްލިމު ކުއްޖަކަށް ކިޔަން ހުއްދަ ނަމެއްކަން ނުވަތަ ނޫންކަން ވެސް ބަޔާންކުރެވޭނެއެވެ.) އެއް ނަމުގެ މާނަ ބެލުމަށް -/100 ރުފިޔާ އަށްވުރެ އިތުރަށް ޖަމާނުކުރައްވާށެވެ! އަދި ނަމުގެ މާނަ ބަލައި ނިމުމުގެ ކުރިން، ނަން ފާސްކުރުމުގެ ފައިސާ ނުފޮނުއްވާށެވެ!

BML
7701131167101

2. ދެން 9763216 މި ނަންބަރަށް، ރަސީދު (Receipt) ވައިބަރ ކޮށްލައްވާށެވެ!

3. ދެން ހޯއްދަވަން ބޭނުންފުޅުވާ ނަން، 9763216 މި ނަންބަރަށް ވައިބަރ ކޮށްލައްވާށެވެ!

މި ގޮތަށް ޢަމަލުކުރެއްވުމުން ނަމުގެ މާނަ 48 ގަޑިއިރުގެ ތެރޭގައި ލިބިވަޑައިގަންނަވާނެއެވެ.
Mathi


ނަމެއް ފާސްވާނެތޯ ބަލައިދިނުން

1. ނަމެއް ފާސްކުރެވޭތޯ ބަލައިދިނުމާއި ނަމަކީ ރަނގޅު ނަމެއްތޯ ބަލައިދެނީ -/200 ރ. (ދުއިސައްތަ ރުފިޔާ) އަށެވެ. މިއީ އެއް ނަން ފާސްކުރެވޭތޯ ބަލައިދިނުމާއި ނަން ރަނގަޅުތޯ ބަލައިދޭ އަގެވެ. އެއް ނަމަށް ނަމަ، މިއަށްވުރެ އިތުރަށް ފައިސާ ޖަމާނުކުރައްވާށެވެ! އަދި ނަން ފާސްކުރެވޭތޯ އާއި ނަމަކީ ރަނގަޅު ނަމެއްތޯ ބަލައި ނިމުމުގެ ކުރިން، ނަން ފާސްކުރުމުގެ ފައިސާ ނުފޮނުއްވާށެވެ!

BML
7701131167101

2. ދެން 9763216 މި ނަންބަރަށް، ރަސީދު (Receipt) ވައިބަރ ކޮށްލައްވާށެވެ!

3. ދެން ފާސްކުރެވޭތޯ ބައްލަވަން ބޭނުންފުޅުވާ ނަން، 9763216 މި ނަންބަރަށް ވައިބަރ ކޮށްލައްވާށެވެ!

މި ގޮތަށް ޢަމަލުކުރެއްވުމުން ނަމުގެ މާނަ 48 ގަޑިއިރުގެ ތެރޭގައި ނަން ފާސްކުރެވޭތޯ ބަލައިދެވޭނެއެވެ.
Mathi


ނަން ފާސްކޮށްދިނުން

ނަމެއް ފާސްކުރައްވަން ބޭނުންފުޅުނަމަ، ޢަމަލުކުރައްވަންވީ ގޮތް ތިރީގައި މިވަނީއެވެ.

1. ނަން ފާސްކުރުމަށްޓަކައި ތިރީގައިވާ އެކައުންޓަށް -/500 ރ. (ފަސްސަތޭކަ ރުފިޔާ) ޖަމާކޮށްލައްވާށެވެ. ކުރިން މި ޚިދުމަތުގެ ތެރެއިން މާނަ ހޯއްދަވާފައިވާ ނަމެއް ނަމަ، ޖަމާކުރައްވާނީ، -/400 ރ. (ހަތަރުސަތޭކަ ރުފިޔާ) އެވެ. ޣައިރު މުސްލިމުންނަށް ޚާއްޞަ ނަމެއް ފާސްކޮށެއްނުދެވޭނެއެވެ. ނަމެއް ފާސްކުރުމަށް -/400 ރުފިޔާ އަށްވުރެ ގިނައިން ޖަމާނުކުރެއްވުން އެދެމެވެ. އަދި ނަމުގެ މާނަ ބަލައި ނިމުމުގެ ކުރިން، ނަން ފާސްކުރުމަށް ޓަކައި ފައިސާ ޖަމާނުކުރައްވާށެވެ!

BML
7701131167101

2. ދެން 9763216 މި ނަންބަރަށް، ރަސީދު (Receipt) ވައިބަރ ކޮށްލައްވާށެވެ!

3. ދެން ކުއްޖާގެ މަޢުލޫމާތާއި ފޫޅުމާ ފޯމުގެ ފޮޓޯއެއް، 9763216 ނަންބަރު ފޯނަށް ވައިބަރކޮށްލައްވާށެވެ! ފޫޅުމާ ފޯމުގައި ކުއްޖާގެ މަންމައާއި ބައްޕަގެ މަޢުލޫމާތު ސާފުކޮށް ނެތްނަމަ، އައިޑީ ކާޑުގެ ފޮޓޯ ވައިބަރކޮށްލައްވަންވާނެއެވެ.

ކުއްޖާގެ މަޢުލޫމާތަކީ، އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށްޓަކައި ހުށަހަޅުއްވާ ކައުންސިލެއްގެ ފޯމުގައި ހިމަނަންޖެހޭ މަޢުލޫމާތެވެ.

މި ގޮތަށް ޢަމަލުކުރެއްވުމުން 48 ގަޑިއިރުގެ ތެރޭގައި ފޯމު ފުރައި، ނަން ފާސްކުރުމަށްފަހު، ފޯމު ވައިބަރ ނުވަތަ މެއިލްކޮށްދެވޭނެއެވެ.
Mathi

މާލޭ ސިޓީ ކައުންސިލްގެ ފޯމު ފުރުމަށްޓަކައި ބޭނުންވާނެ މަޢުލޫމާތު

ކުއްޖާގެ ފުރިހަމަނަން (ދިވެހިބަހުން):
ކުއްޖާގެ ފުރިހަމަނަން (ލެޓިން އަކުރުން):
ޢާންމު ނަން (ދިވެހިބަހުން):
އާންމު ނަން (ލެޓިން އަކުރުން):
ކުއްޖާގެ ޖިންސް:
މިހާރު އުޅޭއެޑްރެސް:

ކުއްޖާ ރަޖިސްޓްރީ ކުރަން ބޭނުންވާ އެޑްރެސް އަތޮޅާ ރަށާއެކު:
ރަޖިސްޓްރީ ކުރަން ބޭނުންވާ ގޭގެ ވެރިފަރާތުގެ ފުރިހަމަ ނަން:
އެ ފަރާތުގެ ފޯނު ފޯނު ނަންބަރު:
އެ ފަރާތުގެ އައިޑީ ކާޑު ނަންބަރު:

ބައްޕަ ފަރާތުގެ ކާފަގެ ފުރިހަމަ ނަން:
ކާފަގެ ދާއިމީ އެޑްރެސް:
ކާފަގެ އައި.ޑީ.ކާޑް ނަންބަރު:

އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް އެދޭ ފަރާތުގެ ނަން:
އެ ފަރާތުގެ އައި.ޑީ.ކާޑު ނަންބަރު:
އެ ފަރާތުގެ ފޯނު ނަންބަރު:
އެދޭ ފަރާތަކީ ކުއްޖާގެ ބައްޕަ ނުވަތަ މަންމަ ކަމުގައިވާނަމަ، މި މަޢުލޫމާތު ބޭނުމެއް ނުވާނެއެވެ.

މާލޭ ސިޓީ ކައުންސިލް ނޫން އެހެން ކައުންސިލަކަށް ހުށަހަޅާނަމަ، ބޭނުންވާނީ އެ ކައުންސިލެއްގެ ފޯމާއި އެ ފޯމު ފުރުމަށް ބޭނުންވާ މަޢުލޫމާތެވެ.
Mathi

ސަމާލުކަމަށްޓަކައި

ނަމުގެ މާނަ ބަލައިދިނުމުން، ތިޔަ ނަމުގެ މާނަ މިވެނި ފޮތެއްގައި ނުވަތަ އެވެނި ވެބްސައިޓެއްގައި އޮތީ މިހެންނޭ، ވިދާޅުވެ ދައްކަވާ ވާހަކަތައް ގިނަކަމުން، ކޮންމެ ފަހަރަކު އެ ވާހަކަތަކުގައި ބައިވެރިވުމަކީ ދަތިކަމެއް ކަމުގައި ދަންނަވަމެވެ.

އެއް ނަމެއްގައި އެއް މާނައަށްވުރެ ގިނަ މާނަ އޮތުމަކީ ޖާއިޒުކަމެކެވެ.

އެއް ގޮތަކަށް ކިޔޭ އެއް ނަމެއްގެ މާނަ އެކި ސަގާފަތްތަކުގައި ތަފާތުވެދާނެއެވެ.

ނަމުގެ މާނަ ބަލައިދޭއިރު، ނަމާބެހޭ ބައެއް އިތުރު މަޢުލޫމާތު ފޯރުކޮށްދެވޭނެވެ. ނަމަވެސް ނަމުގެ މާނަ ހޯއްދެވުމަށްފަހު، ކުރައްވާ އިތުރު ސުވާލަށް، މި ޚިދުމަތުގެ ތެރެއިން ޖަވާބެއް ނުދެވޭނެއެވެ. ތިރީގައި މިވަނީ ސުވާލަށް ޖަވާބުދިނުމުގެ ޚިދުމަތަށް ވާޞިލުކޮށްދޭ ލިންކެކެވެ.

ސުވާލުގެ ޖަވާބުގެ ޚިދުމަތް
ތަރުޖަމާގެ ޚިދުމަތް
ތަރިކައިގެ ޚިދުމަތް
ހުވަފެނުގެ ޚިދުމަތް

Mathi

މައިޞަފުޙާ