ބިސްމިއަށް ނަޒަރެއް
މުސްލިމުން ކުރާ ކޮންމެ ހެޔޮ ޢަމަލެއް، ބިސްމި
ކިއުމަށްފަހު ފެށުމަށް ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި
ވަސައްލަމަ ވަނީ އިރުޝާދު ދެއްވާފައެވެ.
އިތުރުއެކަލޭގެފާނުގެ ސުންނަތާ ތަބާވާ މުސްލިމުންގެ
ދޫތަކުން ބިސްމި ތަކުރާރުވެއެވެ. ބިސްމިއަކީ، ކީރިތި
ޤުރުއާނުގެ ފުރަތަމަ އާޔަތެކެވެ. އައްނަމްލު ސޫރަތުގެ 30
ވަނަ އާޔަތުގައި ބިސްމި ހިމެނެއެވެ. ތައުބާ ސޫރަތް
ފިޔަވައި ކޮންމެ ސޫރަތެއްގެ ކުރީގައި ބިސްމި ވެއެވެ.
(بِسْمِ اللهِ الرَّحْمنِ الرَّحِيمِ)
މާނައީ،
"ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން
ފަށައިގަންނަމެވެ."
ބިސްމީގައި ވަނީ 4 ކަލިމައެވެ.
ފުރަތަމަ ކަލިމައިގައިވަނީ 3 އަކުރެވެ. ދެވަނަ
ކަލިމައިގައިވަނީ 4 އަކުރެވެ. ތިންވަނަ ކަލިމައިގައި ވަނީ
6 އަކުރެވެ. ހަތަރުވަނަ ކަލިމައިގައި ވަނީ 6 އަކުރެވެ.
ބިސްމީގައި ވަނީ ޖުމުލަ 19 އަކުރެވެ. (3+4+6+6=19)
ބިސްމީގައިވާ ކޮންމެ ކަލިމައެއް ތަމްސީލުކުރަނީ، ގުނަން
ބޭނުންކުރާ ދިހަވަޅުގެ ނިޒާމުގައި ހިމެނޭ ވަޅެއްކަމުގައި
ބަލައިގެން ދިރާސާކުރެވިފައި ވެއެވެ. އެއިން އެނގޭ
ގޮތުގައި، މާތް ﷲ، ބިސްމީގެ ކޮންމެ ކަލިމައެއް
ލައްވާފައިވަނީ ޚާއްޞަ މަޤާމެއްގައެވެ.
އާދޭހެވެ.
ފުރަތަމަ ކަލިމައިގައިވާ އަކުރުތަކުގެ ޢަދަދު
އޭކަންވަޅުގައެވެ. ދެވަނަ ކަލިމައިގައިވާ އަކުރުތަކުގެ
ޢަދަދު ދަސްވަޅުގައެވެ. ތިންވަނަ ކަލިމައިގައިވާ
އަކުރުތަކުގެ ޢަދަދު ސަތޭކަވަޅުގައެވެ. ހަތަރުވަނަ
ކަލިމައިގައިވާ އަކުރުތަކުގެ ޢަދަދު ހާސްވަޅުގައެވެ.
މިގޮތަށް އެ ޢަދަދުތައް ތަރުތީބުކުރުމުން ޙާޞިލުވާނެ
ޢަދަދަކީ، 6643 އެވެ. މި ޢަދަދަކީ، ބާކީއެއް ނެތި 7 އިން
ގެއްލިހުސްވާ ޢަދަދެކެވެ. (6643/7 = 949)
7 އަކީ
ބިސްމީގައިވާ މާތް ﷲ ގެ އިސްމުފުޅުތަކުން ޙާޞިލުވާ
ޢަދަދެކެވެ. އެކަލާނގެ ރިވެތި އިސްމުފުޅުތަކުގެ ތެރެއިން
ތިން އިސްމުފުޅެއް ބިސްމީގައި ވެއެވެ. އެއީ (الله) އާއި
(الرحمن) އާއި (الرحيم) އެވެ. މި މަތިވެރި
އިސްމުފުޅުތަކުގައިވާ އަކުރުތަކުގެ ޖުމުލަ ޢަދަދަކީ 16
އެވެ. މި ޢަދަދުގައި ހިމެނޭ ދެ ވިޔައަކުރު އެއްކުރުމުން
ލިބޭ ނަތީޖާއަކީ 7 އެވެ. (6+1=7)
ބިސްމިއަކީ،
ޢަދަދުގެ ގޮތުން ވެސް ކީރިތި ޤުރުއާނުގެ އެކިއެކި ބައިތަކާ
ގުޅި ލާމެހިފައިވާ އާޔަތެކެވެ. މިކަން ހާމަވާ އެންމެ ސާދާ
އެއް މިސާލަކީ، ކީރިތި ޤުރުއާނުގައިވާ ބިސްމީގެ ޢަދަދެވެ.
ކީރިތި ޤުރުއާނުގައި ވަނީ ޖުމުލަ 114 ބިސްމިއެވެ. 114 އަކީ
ބިސްމީގެ އަކުރުތަކުގެ ޢަދަދު ކަމުގައިވާ 19 ގެ 6
ގުނައެވެ. (19×6=114) މިފަދަ ކަންކަމުގެ މައްޗަށް ނަޒަރު
ހިންގައިލާއިރު ކަށަވަރުވާ ޙަޤީޤަތަކީ، ޖިންނީންނާއި
އިންސީންނަށް، ކީރިތި ޤުރުއާނާ އެއްފަދަ ފޮތެއް
ނުއުފެއްދޭނެކަމެވެ. އަދި ކީރިތި ޤުރުއާނަކީ، މާތް ﷲ
ބާވައިލައްވާފައިވާ ފޮތެއްކަމެވެ.