ޢަރަބި ޅެންވެރިކަމުގައި މިޞްރާޢު (مِصْرَاع)
1. ތަޢާރަފު
މިއީ، ޢަރަބި ޅެންވެރިކަމުގައި (مِصْرَاع) "މިޞްރާޢު" ގެ މާނައިގެ މައްޗަށް އަލިއަޅުވާލާފައިވާ މަޒުމޫނެކެވެ. އަދި އޭގެ މާނައިގައި ބޭނުންކުރެވޭ ބައެއް އެހެން ލަފުޒުތަކަށް ވެސް މި މަޒުމޫނުގައި އަލިއަޅުވާލާފައި ވާނެއެވެ. އެއީ، ޢަރަބި ބަހުގައި އެ ލަފުޒުތައް ބޭނުންކުރެވޭ ގޮތް ދެނެގަތުމަށްޓަކައެވެ. މި މަޒުމޫނު ނިންމާލާފައިވާނީ ޚުލާޞާއަކުންނެވެ. ފާހަގަކުރެވުނު މުހިންމު ނުކުތާތައް އޭގައި ވާނެއެވެ.
2. މިޞްރާޢުގެ މާނަ
(www.almaany.com) އަލްމަޢާނީ.ކޮމް ގައި، މިޞްރާޢުގެ
މާނަ ބަޔާންކޮށްދީފައިވާ ޞަފުޙާގައި ވެއެވެ. "(مِصراع
الباب) "މިޞްރާޢުލްބާބި" ގެ މާނައަކީ، ދޮރުފަތެވެ.
ޅެންބައިތެއްގެ މިޞްރާޢަކީ، އޭގެ އެއްބަޔެވެ.
ޅެންބައިތެއްގެ ދެ މިޞްރާޢަކީ، އޭގެ ޞަދުރާއި ޢަޖުޒެވެ.
ކެމެރާގެ މިޞްރާޢަކީ، މިޞްރާޢަކީ، ފޮޓޯ ނަގާއިރު އޭގެ
ލެންސް ހުޅުވައިލުމަށްފަހު ބަންދުކޮށްލާ އެތިކޮޅެވެ.
ކީރިތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ
ޙަދީޘްފުޅުގައި (مِصْرَاع) ވާރިދުވެފައިވަނީ، ދޮރުފަތުގެ
މާނައިގައެވެ." (المعاني، 2018)
ވިކިޕީޑިއާގައިވެއެވެ. "(مِصْرَاع) މިޞްރާޢުގެ ބަހަވީ
މާނައަކީ، ދޮރުގެ އެއްބަޔެވެ. (މާނައަކީ، އެއް
ދޮރުފަތެވެ.) ޅެންވެރިންގެ އިޞްޠިލާޙުގައި (مِصْرَاع)
މިޞްރާޢަކީ، ޅެންބައިތެއްގެ އެއްބަޔެވެ. (މާނައަކީ،
ޅެންބައިތުގެ ޞަދުރެވެ. ނުވަތަ ޢަޖުޒެވެ.)" (ويكيبيديا،
2018)
"ބަލާޣާތްތެރިންގެ އިޞްޠިލާޙުގައި (مِصْرَاع)
މިޞްރާޢަކީ، ތިން ތައްގަނޑުން ނުވަތަ ހަތަރު ތައްގަނޑުން
އެކުލެވިފައިވާ ޢިބާރާތެވެ. އެއަށްވުރެ އެ ކުރެއް
ނުވާނެއެވެ. އަދި އެއަށްވުރެ އެ ދިގެއް ވެސް ނުވާނެއެވެ."
(ويكيبيديا، 2018)
3. ޅެންވެރިކަމުގައި މިޞްރާޢު
ޢަރަބިބަހުގެ ބަލާޣާތްތެރިކަމާބެހޭ ގޮތުން
ވާހަކަދައްކާފައިވާ ފޮތްފޮތުގައި، "މިޞްރާޢު"
ނަންގަނެވިފައި ވެއެވެ. ޅެންބައިތުގެ ޞަދުރާއި ޢަޖުޒާބެހޭ
ގޮތުން ވާހަކަދައްކާއިރުގައެވެ. ޞަދުރަށް ކިޔާފައިވަނީ
(المصراع الأوَّل) "ފުރަތަމަ މިޞްރާޢު" އެވެ. ޢަޖުޒަށް
ކިޔާފައިވަނީ، (المصراع الثَّانِي) "ދެވަނަ މިޞްރާޢު"
އެވެ.
(التلخيص في علوم البلاغة) "އަލްތަލްޚީޞު ފީ
ޢުލޫމިލް ބަލާޣަތި" އެވެ، ކިޔާ ފޮތުގައި ވެއެވެ.
(ابن الأثير) އިބްނުލްއަޘީރު ވިދާޅުވެފައި ވެއެވެ.
(التصريع) ތަޞްރީޢު ބެހިގެންވަނީ ހަތް ދަރަޖައަކަށެވެ.
އެއިން ފުރަތަމަ ދަރަޖައަކީ، ކޮންމެ (مصراع) މިޞްރާޢެއް
އޭގެ އަމިއްލަ ޒާތުގައި އޭގެ މާނަ ފަހުމުވާނެހެން
މުސްތަޤިއްލުކޮށް އޮތުމެވެ. މި ބާވަތުގެ (تصريع)
ތަޞްރީޢަށް ކިޔަނީ، (التصريع الكامل) "ކާމިލު ތަޞްރީޢު"
ނުވަތަ "ފުރިހަމަ ތަޞްރީޢު" އެވެ. މީގެ މިސާލަކީ،
އިމްރުއުލްޤައިސްގެ އަންނަނިވި ޅެންބައިތެވެ.
أَفَاطِمُ مَهْلاً بَعْضَ هَذَا التَّدَلُّلِ ... وَإِنْ
كُنْتِ قَدْ أَزْمَعْتِ صَرْمِي فَأَجْمِلِ
މި
ޅެންބައިތުގެ ޞަދުރު ނުވަތަ (المصراع الأوَّل) "ފުރަތަމަ
މިޞްރާޢު" އާ ނުލައި ޢަޖުޒުގެ މާނަ ދޭހަވެއެވެ. އަދި
ޢަޖުޒު ނުވަތަ (المصراع الثَّانِي) "ދެވަނަ މިޞްރާޢު" އާ
ނުލައި ޞަދުރުގެ މާނަ ދޭހަވެއެވެ. (الخطيب، 1904)
ނަންގަނެވިދިޔަ މަޞްދަރުގައި، (التصريع) ތަޞްރީޢުގެ
ދަރަޖަތައް ބަޔާންކޮށްފައިވާއިރު، ޅެންބައިތުގެ ޞަދުރާއި
ޢަޖުޒަށް ނަން ކިޔުމުގައި (مصراع) "މިޞްރާޢު" މި ލަފުޒު
ބޭނުންކޮށްފައި ވެއެވެ. މުރާޖަޢާކުރި ޢަރަބިބަހުގެ އެހެން
ފޮތްތަކުގައި ވެސް އެ މޭރުމުން (مصراع) "މިޞްރާޢު"
ބޭނުންކޮށްފައި ވެއެވެ.
4. އެހެން ނަންތައް
ޢަރަބި ބަހުގައި ޅެންބައިތުގެ ޞަދުރަށް ނުވަތަ ޢަޖުޒަށް
ކިޔާ ނަމަކީ، ހަމައެކަނި މިޞްރާޢެއް ނޫނެވެ. ޅެން
ފޮޅުވަތަށް ކިޔާ އެތައް ނަންތަކެއް ޢަރަބި ބަހުގައި
ވެއެވެ. އާންމު ގޮތެއްގައި ޅެންފޮޅުވަތަށް ކިޔަނީ، (شطر)
"ޝަޠުރު" އެވެ.
(موسوعة العروض والقافية) "ވަޒަނާއި
ޤާފިޔާގެ އެކުމާފާނު" ގައި ވެއެވެ.
ޅެންބައިތުގެ
ޝަޠުރުގެ ނަމަށް ބަލާއިރު، (އެތައް ބާވަތެއް ވެއެވެ.)
އެއީ:
1. (الشطر) ޝަޠުރު: ޝަޠުރަކީ، ޅެންބައިތެއްގެ
ދެބައިން އެއްބަޔެވެ. ކޮންމެ ޅެންބައިތެއް
އެކުލެވިފައިވާނީ ދެ ޝަޠުރުންނެވެ. އޭގެ ގިނަ ގޮތަކީ،
(أشطر) "އަޝްޠުރު" އާއި (شطور) "ޝުޠޫރު" އެވެ.
2.
(المِصْرَاع) މިޞްރާޢު: މިޞްރާޢަކީ، ޅެންބައިގެއްގެ
ދެބައިކުޅަ އެއްބަޔެވެ. ބުނެވޭ ގޮތުގައި، ޅެންބައިތުގެ
ދެބައިންކުރެ ބަޔަކަށް "މިޞްރާޢު" އެވެ، ކިޔުމަކީ، ދޮރުގެ
ދެ ދޮރުފަތުންކުރެ ދޮރުފަތަކަށް "މިޞްރާޢު" އެވެ، ކިޔުން
ކަހަލަ ކަމެކެވެ. އޭގެ ގިނަ ގޮތަކީ، (مصاريع) "މަޞާރީޢު"
އެވެ. (ޢަރަބި ބަހުން ދޮރުފަތަށް ކިޔަނީ (مِصْرَاع)
"މިޞްރާޢު" އެވެ.)
3. (الصدر) ޞަދުރު: ޞަދުރަކީ،
ޅެންބައިތުގެ ފުރަތަމަ ޝަޠުރެވެ. ނުވަތަ ފުރަތަމަ
މިޞްރާޢެވެ. ޞަދުރަކީ، ކޮންމެ އެއްޗެއްގެ މަތީބައިގެ
ކުރީގައިވާ އެއްވަނަ ބަޔެވެ.
4. (العَجُز) ޢަޖުޒު:
ޢަޖުޒަކީ، ޅެންބައިތުގެ ދެވަނަ ޝަޠުރެވެ. ނުވަތަ ދެވަނަ
މިޞްރާޢެވެ. ޢަޖުޒަކީ ކޮންމެ އެއްޗެއްގެ ފަހުބަޔެވެ.
(الواصل، 2018)
5. ޚުލާޞާ
މިއީ، ޢަރަބި ޅެންވެރިކަމުގައި (مِصْرَاع) މިޞްރާޢު
ބޭނުންކުރެވޭ ގޮތް ދެނެގަތުމަށްޓަކައި ލިޔުނު
މަޒުމޫނެކެވެ. މި މަޒުމޫނުން ޙާޞިލުވި ނަތީޖާތައް ތިރީގައި
މިވަނީއެވެ.
1. ޢަރަބި ބަހުގައި (مِصْرَاع)
މިޞްރާޢުގެ އެތައް މާނައެއް ވެއެވެ. އެއިން އެންމެ އާންމު
މާނައަކީ، ދޮރުފަތެވެ.
2. ޅެންބައިތުގެ ޞަދުރާއި
ޢަޖުޒާބެހޭ ގޮތުން ވާހަކަދައްކާއިރު، ޞަދުރަށް (المصراع
الأوَّل) "ފުރަތަމަ މިޞްރާޢު" އެވެ، ކިޔައެވެ. އަދި
ޢަޖުޒަށް (المصراع الثَّانِي) "ދެވަނަ މިޞްރާޢު" އެވެ،
ކިޔައެވެ.
3. ޢަރަބިބަހުން ޅެންފޮޅުވަތަށް ކިޔަނީ
(الشطر) "ޝަޠުރު" އެވެ. އާންމު ގޮތެއްގައި ޢަރަބި
ޅެންބައިތެއް އެކުލެވިފައިވަނީ، ޞަދުރަކާއި
ޢަޖުޒަކުންނެވެ. ޝަޠުރަކީ އެ ދޭތިން އެކައްޗެވެ. ޢަރަބި
ބަހުގައި، ޝަޠުރުގެ ގިނަ ގޮތަކީ، (أشطر) "އަޝްޠުރު" އާއި
(شطور) "ޝުޠޫރު" އެވެ.
4. ޅެން ފޮޅުވަތަށް ކިޔާނެ
ނަމެއް، ޢަރަބިބަހުން ދިވެހިބަހަށް ގެންނަ ކަމަށްވަނީނަމަ،
(مِصْرَاع) "މިޞްރާޢު" ކިޔުމަށްވުރެ ދުލަށް ފަސޭހައީ،
(شطر) "ޝަޠުރު" ދިވެހިކޮށްގެން "ޝަތުރު" ނުވަތަ "ސަތުރު"
މިގޮތަށް ކިޔުން ކަމަށް ފެނެއެވެ.
5. މިދެންނެވި
ގޮތާ ޚިލާފަށް (مِصْرَاع) "މިޞްރާޢު" ދިވެހިކުރާނަމަ،
ދުލަށް ފަސޭހަވާނީ، "މިސްރާ" މިގޮތަށް ކިޔުން ކަމަށް
ފެނެއެވެ. ނަމަވެސް އެއީ، "މިޞްރު" މި ލަފުޒާ ދާދި
އެއްގޮތް ލަފުޒެއް ކަން ފާހަގަކުރެވެއެވެ. އަދި "މިސްރާ"
އަކީ، އެއިން ނޭދެވޭ މާނަތަކެއް ނެގިދާނެ ލަފުޒެއް ކަމަށް
ވެސް ފެނެއެވެ.
މިހިސާބަށް މި މަޒުމޫނު ނިމުނީއެވެ.
6. ޙަވާލާ ލިސްޓު
الإمام جلال الدين محمد بن عبد الرحمن القزويني الخطيب.
(1904). التلخيص في علوم البلاغة. القاهرة: دار الفكر
العربي.
المعاني. (25 أبريل, 2018). تعريف و معنى
مصراع في معجم المعاني الجامع. تم الاسترداد من المعاني
لكل رسم معنى:
https://www.almaany.com/ar/dict/ar-ar/مصراع
سعد
بن عبد الله الواصل. (27 أبريل, 2018). موسوعة العروض
والقافية. تم الاسترداد من البيت الشعري عروضيا:
http://www.elibrary4arab.com/ebooks/arabic/arood-qafeya/baitshery.htm
ويكيبيديا. (25 أبريل, 2018). مصراع. تم الاسترداد من
ويكيبيديا: https://ar.wikipedia.org/wiki/مصراع