މީޑިއާ ކައުންސިލުގެ ވެދުން
ސިވިލް ސަރވިސަށް ދަހަރެކޭ މިފުރެނީ،
ރިވިލް
ފަސްދެމުން ޚިދުމަތޭ އުތުރެނީ،
މި ވިލް ހާހަލާ
ނޫކަނޑަށް ވިހުރެނީ،
ރިފިލް ހަކަތަ ކޮށް ރާއްޖެއަށް
ފެތުރެނީ!
ދުލުން ސިފަކުރަން ނޭނގުނޭ ސަރވިސަސް،
ގަލަން ނުކުޅެދިއްޖޭ ލިޔަން އާދެ، ބަސް،
ކަލަންބޮކަރު
ފަދައިން ހެދިއްޖޭމެ ގަސް،
އަލަށް ނޫނެ ފަތުރައިލަނީ
މީރު ވަސް!
ދިރުން ޚިދުމަތަށް މާނަހުރި ވިނަވަޔޭ،
އިރުން އެންމެ ފަހި ދޯދިތައް ފޮނުވަޔޭ،
ފިރުން
ގެންނަމުން އަހުލުވެރި ކުރުވަޔޭ،
ވަރުން އަރުތަވެރިވީ
ޔަޤީން ދަރުމަޔޭ!
ޒަމާނީ ތަރައްޤީ
މަސައްކަތްތަކަށް،
އަމާން ދައުރަކަށް ގެނުވި ވީ
ހެއްކަކަށް،
އަމާނީތަކަށް ބާރުދިން ރޫޙަކަށް،
ދަމާހޭ
އެއާއެކު އަރަން ކުންނަކަށް!
ދުލުން ހެޔޮ ސަނާ
އޮހޮރެނީޔޭ ނަޔާ،
ހިތުން ޒިކުރުކޮށް ވަޖިދުވާތީ ކިޔާ،
ބަހުން ވިއުގަ ހަސްތީން ގަތައިގެން ލިޔާ،
ކައުންސިލްގެ
އެންމެން ދިވެހި މީޑިޔާ!
ނޯޓް: މިއީ ސިވިލް
ސަރވިސް ކޮމިޝަނަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި
ހެދި ޅެމެކެވެ.