ފީ ދެއްކުން
ބަޙުރު ޢަރަބި ވެށްޓަށް ވެދެވަޑައިގެންނެވޭނީ ފީ ދައްކަވައިގެން ޒިންމާދާރުކަމާއެކުގައެވެ. ފީ ދެއްކެވުމުގެ ކުރިން، ތިބާގެ މޮބައިލް ފޯނުން ނުވަތަ ތިބާ ބޭނުންކުރައްވާ ޑިވައިސް އިން މި ވެށްޓަށް ވަދެވޭތޯ ބެއްލެވުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އެ ކަމަށް ޓަކައި މިތަނަށް ފިއްތަވައިލައްވާށެވެ. ޔޫސަރނޭމަކީ 1234 އެވެ. ޕާސްވޯޑަކީ 2222 އެވެ. ޞަފުޙާ ރަނގަޅަށް ހުޅުވޭއިރު ފެނިވަޑައިގަންނަވާނެ ގޮތް ތިރީގައި މިވަނީއެވެ.
ޗައިނާގައި އުފައްދާފައިވާ ބައެއް
މޮބައިލް ފޯނުން މި ވެށްޓަށް ވަންނަން ދަތިވާކަން
ވަނީ ފާހަގަކުރެވިފައެވެ. ސެމްސަން މޮބައިލް
ފޯނާއި، ޕީސީއާއި ލެޕްޓޮޕް ފަދަ
ވަސީލަތްތަކުން ދަތިކަމަކާ ނުލައި މި ވެށްޓަށް
ވަދެވެއެވެ. ނަމަވެސް ބައެއް ރެޑްމީ (Redmi)
ފޯނުން ނުވަދެވެއެވެ. މިކަން
ތަޖުރިބާކުރައްވާފައިވާ ބައެއް ބޭފުޅުން
މަޢުލޫމާތު ދެއްވާ ގޮތުގައި (Redmi) ގައި
މި ވެށި ހުޅުވެނީ (Google Chrome) އިންނެވެ.
ނަމަވެސް (Redmi) އިން ވެންނެވުމަށް މި ވެށިން
ނޭދެއެވެ. މި ވެށިން އެދެނީ ރަނގަޅަށް ވަދެވޭ
ވަސީލަތެއް ބޭނުންކުރައްވައިގެން
ވެންނެވުމަށެވެ.
ބަޙުރު ޢަރަބި އަށް ފީ ދައްކަވާނީ
ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ
ބޭފުޅުންނެވެ.
1. އިންޓަރނެޓް ބޭނުންކުރަން
އެނގުން
2. (Google Chrome) ބޭނުންކުރަން
އެނގުން
3. އޮންލައިންކޮށް ހުންނަ ޢަރަބި
ލިޔުމާއި ދިވެހި ލިޔުން ކިޔަން އެނގުން
4.
ޔޫސަރނޭމާއި ޕާސްވޯޑް ޖަހަން ރަނގަޅަށް
އެނގުން
5. (Redmi) އިން ނުވަދެވޭނަމަ، އެ
ނޫން ވަސީލަތަކުން މި ވެށްޓަށް ވަނުން
ބަޙުރު ޢަރަބި ވެށީގެ 2025 ވަނަ އަހަރުގެ
ފުރަތަމަ 6 މަސްދުވަހުގެ ފީއަކީ 240 ރުފިޔާ އެވެ.
އަދި 2025 ވަނަ އަހަރުގެ ދެވަނަ 6
މަސްދުވަހުގެ ފީއަކީ 240
ރުފިޔާއެވެ.
މުޅި އަހަރުދުވަހަށް
(ޖެނުއަރީން ފެށިގެން ޑިސެންބަރުގެ ނިޔަލަށް)
480 ރުފިޔާއެވެ.
ފީ ޖަމާކުރައްވާނީ
ތިރީގައިވާ އެކައުންޓަށެވެ.
BML
7701131167101
ޔޫސަރނޭމާއި ޕާސްވޯޑް
ލިބިވަޑައިގަންނަވާނީ، އިޝްތިރާކު
ޖަމާކުރެއްވި ރަސީދު (Receipt) 9763216 މި
ނަންބަރަށް ވައިބަރކޮށްލެއްވުމުންނެވެ.
ޔޫސަރނޭމާއި ޕާސްވޯޑް ފޮނުވޭނީ، ރަސީދު
(Receipt) ވައިބަރކުރެއްވި ފޯނަށެވެ.
ބަޙުރު ޢަރަބި އޮންލައިން ވެށި ހުޅުވޭނީ ޔޫސަރނޭމާއި
ޕާސްވޯޑް ޖެއްސެވުމުންނެވެ.
ފީ އާބެހޭ
ކަމެއް ބަދަލުވެއްޖެ ނަމަ، އެ
ބަދަލަކާ ބެހޭ މަޢުލޫމާތު މި ޞަފުޙާގައި
ޝާއިޢުކުރެވޭނެއެވެ.