ތަރިކައިގެ މައްސަލަ ޙައްލުކޮށްދިނުމުގެ ޚިދުމަތް
ތިރީގައި މިވަނީ، ތަރިކައިގެ މައްސަލަ
ޙައްލުކޮށްދިނުމުގެ ޚިދުމަތް ދޭ ގޮތެވެ.
ތަރިކައިގެ މައްސަލައެއް
ޙައްލުކުރުމަށްޓަކައި ތިރީގައިވާ އެކައުންޓަށް
250 (ދުއިސައްތަ ފަންސާސް) ރުފިޔާ
ޖަމާކޮށްލައްވާށެވެ. (މި އަގަށް ބަލައިދެނީ
ތަރިކައިގެ އެއް މައްސަލައެވެ.)
BML
7701131167101
2. ދެން 9763216 މި
ނަންބަރަށް، ރަސީދު (Receipt) ވައިބަރ
ކޮށްލައްވާށެވެ!
3. ދެން މައްޔިތާއަކީ
ކާކު ކަމާއި، ދުނިޔޭގައި ތިބި
ވާރުތަވެރިންނަކީ ކޮބައިކަން، 9763216 މި
ނަންބަރަށް ވައިބަރ ކޮށްލައްވާށެވެ!
މި
ގޮތަށް ޢަމަލުކުރެއްވުމުން ތަރިކައިގެ
މައްސަލައިގެ ޙައްލު 72 ގަޑިއިރުގެ ތެރޭގައި
ވައިބަރކޮށްދެވޭނެއެވެ.
ނޯޓު
މަތީގައި ބަޔާންކުރެވިފައިވަނީ، ތަރިކައިގެ
މައްސަލަ ޙައްލުކޮށްދޭ ޢާންމު އުޞޫލެވެ.
ތިރީގައިވާ ޚާއްޞަ ޙާލަތްތަކުގައި އަގު
އިތުރުކުރެވޭނެއެވެ.
1. ތަރިކައިގެ މައްސަލައިގެ ޙައްލުގެ ލިޔުން އެއް ޞަފުޙާއަށްވުރެ އިތުރުވާނަމަ، އިތުރުވާ ކޮންމެ ޞަފުޙާއަކަށް 150 (އެއް ސަތޭކަ ފަންސާސް) ރުފިޔާ އިތުރުވާނެއެވެ.
2. ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭ ތަރިކައިގެ މައްސަލައެއް ނަމަ، މައްސަލަ ޙައްލުކޮށްދޭ އަގަކީ 500 (ފަސް ސަތޭކަ) ރުފިޔާއެވެ. (މި އަގަށް ބަލައިދެނީ ތަރިކައިގެ އެއް މައްސަލައެވެ.) އިތުރު ތަފުޞީލު ލިޔަން ޖެހިއްޖެނަމަ، އިތުރުވާ ކޮންމެ ޞަފުޙާއަކަށް 200 (ދުއިސައްތަ) ރުފިޔާ އިތުރުވާނެއެވެ.
ސަމާލުކަމަށްޓަކައި
1. ތަރިކައިގެ މައްސަލައެއް ޙައްލުކުރުމަށްޓަކައި އަގު ދެއްކެވުމުން، 72 ގަޑި އިރުގެ ތެރޭގައި އެ މައްސަލައިގެ ޙައްލު ވައިބަރކޮށްނުދެވިއްޖެނަމަ، ފައިސާ އަނބުރާ ލިބިވަޑައިގަންނަވާނެއެވެ.
2. ނަމަވެސް، އަގު ދެއްކެވުމަށްފަހު ޙައްލު ބޭނުން ނޫންކަމަށް ވިދާޅުވިޔަސް، ފައިސާ އަނބުރާ ލިބިވަޑައެއްނުގަންނަވާނެއެވެ.
ނަމުގެ ޚިދުމަތް
ތަރުޖަމާގެ ޚިދުމަތް
ސުވާލުގެ ޖަވާބުގެ ޚިދުމަތް
ހުވަފެނުގެ ޚިދުމަތް