بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِاقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ

އެހެނިހެން

ޢަރަބި ލިއުމުގެ ފަންނު

މިއީ، ޢަރަބި ލިއުމުގެ ތަފާތު ވައްތަރުތަކުގެ ޤަވާޢިދުތައް ބަޔާންކޮށްދީފައިވާ ފޮތެކެވެ.

ޢަރަބި ލިއުމާބެހޭ މަޢުލޫމާތު މިފޮތުގައި ހިމެނެއެވެ.

މިއީ، ޢަރަބި ލިއުމާބެހޭ ގޮތުން ދިވެހި ބަހުން ލިޔެވުނު މިފަދަ ފުރަތަމަ ފޮތެވެ.

ޢަރަބި ލިއުމާއެކު ބޭނުންކުރެވޭ، ޒަޚުރަފާ ކުރެހުން ވެސް މިފޮތުގައި ވެއެވެ.

ޢަރަބި ލިއުމުގެ ތާރީޚުގެ މައްޗަށް މިފޮތުގައި އަލިއަޅުވާލާފައި ވެއެވެ.

މިއީ، ޢަރަބި ލިޔަން ދަސްކުރާ ދަރިވަރުންނަށް ނުހަނު ބޭނުންތެރި ފޮތެކެވެ.

1988 ވަނަ އަހަރު މި ފޮތް ނެރުއްވާފައިވަނީ، މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ އިންނެވެ.

\/

ސަމާލުކަމަށްޓަކައި

މި ފޮތް މިހާރު އާންމުކޮށް ލިބޭކަށެއް ނުހުރެއެވެ.

މިހާރު މި ފޮތުގައިވާ މަޢުލޫމާތާއި، ފުޅާ ދާއިރާއެއްގައި ޢަރަބި ލިއުމާބެހޭ މަޢުލޫމާތު ފޯރުކޮށްދޭ ހަމައެކަނި ފަރާތަކީ، މިފޮތުގެ މުއައްލިފެވެ.

މިފޮތް ތައްޔާރުކުރި ފަރާތާ ބެހޭ ގޮތުން، (އޭރު) މަޢުހަދުގެ މުދީރުގެ މަޤާމުގައި ހުންނެވި، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ވިދާޅުވެފައި ވެއެވެ.

"އޭނާއަކީ، ޢަރަބި ލިއުމުގެ ފަންނު ދަސްކޮށްދިނުމަށް މި މަޢުހަދުން ހިންގި ކޯހުން އަޅުގަނޑުމެންނަށް ލިބުނު އެންމެ އަގުހުރި އެއް މޭވާއެވެ. މި މަސައްކަތް އެހާ އަވަސް ގޮތަކަށް ކޮށްލެއްވި ކަމަށްޓަކައި އަލްފާޟިލް ޢަބްދުލްމުޢީދު ޙަސަނަށް، މަޢުހަދުގެ ނަމުގައްޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ޝުކުރު ދެންނެވުމަކީ ލިބޭ އުފަލެކެވެ. އަޅުގަނޑުމެންނަށް ތަފާތު މައިދާންތަކުގައި އަމިއްލަ ފައިމައްޗަށް ތެދުވެވޭނީ، މިފަދަ އަގުހުރި ދަރީންގެ ހިތްވަރާއި ޚިދުމަތުގެ ސަބަބުންކަން މިތާނގައި ފާހަގަކުރަމެވެ."

\/

ފޮތް ލިބިވަޑައިގަންނަވާނެ ގޮތް

މިހާރު މި ފޮތް އާންމުކޮށް ލިބެން ހުންނަ ކަމެއް އެނގިފައެއް ނެތެވެ.

ނަންގަނެވިދިޔަ ފަދައިން މިހާރު، މި ފޮތުގައިވާ މަޢުލޫމާތާއި، ޢަރަބި ލިއުމާބެހޭ މަޢުލޫމާތު ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ ހަމައެކަނި ފަރާތަކީ، މި ފޮތުގެ މުއައްލިފެވެ.

\/

އިތުރު މަޢުލޫމާތު

މިފަދަ އެހެން ފޮތެއް ތައްޔާރުކޮށް، ބަޙުރު ފޮތްމާފާނުގެ ވެށްޓަށް ގެނައުމުގެ މަސައްކަތް އެބަކުރެވެއެވެ.

ތިރީގައިވާ ޑައުންލޯޑް ބަޓަނުން މިފޮތް ޑައުންލޯޑް ނުކުރެއްވޭނެ ވާހަކަ ހިތާމައާއެކު ދަންނަވަމެވެ.

\/

ޑައުންލޯޑު

\/

މުހިންމު ފޮތެއް

މިއީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގެ މައްޗަށް އަލިއަޅުވާލެއްވިފައިވާ ކުރު ސީރަތެކެވެ.

މިއީ، އިތުރުއެކަލޭގެފާނުގެ ޒިކުރާ އާކުރުމަށްޓަކައި ބޭނުންކުރެއްވިދާނެ ފޮތެކެވެ.

މުސްލިމު ދިވެހި ދަރިވަރުންނަށް ނުހަނު ބޭނުންތެރި ފޮތެކެވެ.

ތާނަ ކިޔުން ފަރިތަކުރުމަށްޓަކައި ވެސް މި ފޮތް ބޭނުންކުރެއްވިދާނެއެވެ.

މި ފޮތުގެ މުއައްލިފަކީ، އަލްމަރްޙޫމް ފަޟީލަތުއްޝައިޚު ޢަބްދުﷲ ފަހުމީ ދީދީ އެވެ.

މިވެސް މުހިންމު