بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِاقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ

ދިރާސާ

ސޫރަތްތަކުގެ ނަންތަކުގެ މާނަ

މިއީ، ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ނަންތަކުގެ މާނަ ބުނެދޭ ފޮތެކެވެ.

މި ފޮތުގައި، ކީރިތި ޤުރުއާނުގެ 114 ސޫރަތުގެ ނަންތަކުގެ ދިވެހި މާނަ ވެއެވެ.

ކޮންމެ ސޫރަތަކަށް ނަންދެވިފައިވާ ކަލިމަ ހިމެނެނީ ކޮން އާޔަތެއްގައި ކަމާއި، އެކަލިމަ، މި ފޮތުގައި ބަޔާންކޮށްފައި ވެއެވެ.

މި ފޮތުގެ މަޤުޞަދަކީ، ކީރިތި ޤުރުއާނުގެ ސޫރަތްތަކަށް ދިވެހިބަހުން ނަން ކިއުމެއް ނޫނެވެ. އެކަމަކު، ސޫރަތުގެ ނަމަކީ، ޢަރަބި ނަން ކަން، ބުނެދިނުމާއި، އޭގެ މާނަ ބަޔާންކުރުމެވެ.

މި ފޮތަކީ، ކީރިތި ޤުރުއާން އުނގެނޭ ދަރިވަރުންނަށް ނުހަނު ބޭނުންތެރި ފޮތެކެވެ.

މި ފޮތަކީ، ކީރިތި ޤުރުއާން ކިޔަވާދެއްވާ ބޭފުޅުންނަށް ވެސް ނުހަނު ބޭނުންތެރި ފޮތެކެވެ.

\/

ސަމާލުކަމަށްޓަކައި

މި ފޮތް ތައްޔާރުކޮށްފައިވަނީ، ޕީޑީއެފް ފައިލާއި، ޕީޕީޓީ ފައިލް ހުޅުވޭ ވަސީލަތްތަކަށެވެ.

މި ފޮތުގެ ދެ އިޞްދާރު ވެއެވެ.

އެއް އިޞްދާރަކީ، ޕީޑީއެފް އިޞްދާރެވެ. ފޮތް ވިދާޅުވެލައްވާ ބޭފުޅަކަށް ބޮޑަށް ރަނގަޅުވާނީ މި އިޞްދާރެވެ.

އަނެއް އިޞްދާރަކީ، ސްލައިޑްތަކެއްގެ ގޮތުގައި ތައްޔާރުކުރެވިފައިވާ އިޞްދާރެވެ. ކިޔަވާދެއްވުމަށްޓަކައި، ކިޔަވާދެއްވާ ބޭފުޅުންނަށް މުނާސިބުވާނީ މި އިޞްދާރެވެ.

\/

ފޮތް ލިބިވަޑައިގަންނަވާނެ ގޮތް

މިއީ ހިލޭ ދޫކުރާ ފޮތެކެވެ.

ފޮތް ހޯއްދެވުމަށްޓަކައި ތިރީގައިވާ ޑައުންލޯޑް ބަޓަނުން ފޯނު ފޮތްބައިގެ ޒިޕް ފައިލު ޑައުންލޯޑްކޮށްލައްވާށެވެ!

ޕާސްވޯޑް ހޯއްދެވުމަށްޓަކައި 9763216 ނަންބަރު ފޯނަށް sn ޖައްސަވާފައި އެސްއެމްއެސްއެއް ފޮނުވައިލައްވާށެވެ!

ތިޔަފަރާތަށް ލިބިވަޑައިގަންނަވާ ޕާސްވޯޑް ޖައްސަވައިގެން އެ ޒިޕް ފައިލް އަންޒިޕްކޮށްލައްވާށެވެ!

\/

އިތުރު މަޢުލޫމާތު

މި ފޮތުގެ ދެ އިޞްދާރު، ޒިޕް ފައިލުގައި ވާނެއެވެ.

ތިރީގައިވާ ޑައުންލޯޑް ބަޓަނުން މިހާރު ޑައުންލޯޑްކުރެއްވޭނީ ހަމައެކަނި ޕީޑީއެފް ފައިލެވެ.

\/

ޑައުންލޯޑު

\/

މުހިންމު ފޮތެއް

މިއީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގެ މައްޗަށް އަލިއަޅުވާލެއްވިފައިވާ ކުރު ސީރަތެކެވެ.

މިއީ، އިތުރުއެކަލޭގެފާނުގެ ޒިކުރާ އާކުރުމަށްޓަކައި ބޭނުންކުރެއްވިދާނެ ފޮތެކެވެ.

މުސްލިމު ދިވެހި ދަރިވަރުންނަށް ނުހަނު ބޭނުންތެރި ފޮތެކެވެ.

ތާނަ ކިޔުން ފަރިތަކުރުމަށްޓަކައި ވެސް މި ފޮތް ބޭނުންކުރެއްވިދާނެއެވެ.

މި ފޮތުގެ މުއައްލިފަކީ، އަލްމަރްޙޫމް ފަޟީލަތުއްޝައިޚު ޢަބްދުﷲ ފަހުމީ ދީދީ އެވެ.

މިވެސް މުހިންމު