بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِاقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ

ދިރާސާ

އެއީ ކޮން ބޭކަލެއް؟

މިއީ، ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލަކާބެހޭ ގޮތުން ލިޔެފައިވާ ފޮތެކެވެ.

މިއީ، ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލަކާބެހޭ ގޮތުން މިހާތަނަށް ލިޔެވުނު އެންމެ މުހިންމު އެއް ފޮތެވެ.

މި ފޮތުގައި، އިސްލާމީ ދިވެހިރާއްޖޭގެ އެހާރާއި މިހާރު ގުޅުވާލެވިފައި ވެއެވެ.

ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލަކާބެހޭ ގޮތުން އަރާފައިވާ އޮޅުންތައް، މިފޮތުގައި ފިލުވާދެވިފައި ވެއެވެ.

މާލޭ ހުކުރު މިސްކިތު ފިލާގައިވާ އޮޅުންއަރާ ކަންތައްތަކެއް ވެސް މި ފޮތުގައި އޮޅުންފިލުވާދެވިފައި ވެއެވެ.

މި ފޮތަކީ، ސްކޫލް ކުދިންނަށް ނުހަނު ބޭނުންތެރި ފޮތެކެވެ.

މި ފޮތަކީ، ދަރިވަރުންނަށް މަޢުލޫމާތު ދެއްވުމަށްޓަކައި، ޓީޗަރުންނަށް ވެސް ނުހަނު ބޭނުންތެރި ފޮތެކެވެ.

މި ފޮތަކީ، ޔުނިވަރސިޓީގައި މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނަށް ވެސް ނުހަނު ބޭނުންތެރި ފޮތެކެވެ.

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނުން ވަނީ، މި ފޮތް ފާސްކުރައްވާފައެވެ.

\/

ސަމާލުކަމަށްޓަކައި

މި ފޮތް ތައްޔާރުކޮށްފައިވަނީ، ޕީޑީއެފް ފޯމެޓަށެވެ.

މި ވަގުތު މި ފޮތް ވަނީ މަރާމާތުކުރުމަށްޓަކައި ސައިޓުން ބޭރުކުރެވިފައެވެ.

މި ޞަފުޙާއިން ޑައުންލޯޑުކުރެއްވޭ ޒިޕްފައިލުގައި ވާނީ މި ފޮތުގެ ޕީޑީއެފް ނަކަލެކެވެ.

ފޮތުގެ މި ނަކަލު، ކޮމްޕިއުޓަރާއި، މޮބައިލް ފޯނު ފަދަ ވަސީލަތްތަކުން ހުޅުވޭނެއެވެ.

މި ފޮތް ހުޅުވުމަށްޓަކައި ފޮންޓެއް މުހުތާދެއް ނުވާނެއެވެ.

މި ފޮތް ހުޅުވޭނީ، ޕީޑީއެފް ފައިލް ހުޅުވައިދޭ ސޮފްޓްވެއަރއަކުން ނުވަތަ އެޕްލިކޭޝަނަކުންނެވެ.

މި ޞަފުޙާއިން ޑައުންލޯޑުކުރެވޭ ޒިޕްފައިލް ވާނީ ޕާސްވޯޑަކުން ޙިމާޔަތްކޮށްފައެވެ.

ޕާސްވޯޑް ލިބިވަޑައިގަންނަވާނެ ގޮތް ތިރީގައި ބަޔާންކޮށްފައި ވާނެއެވެ.

\/

ޕާސްވޯޑް ލިބިވަޑައިގަންނަވާނެ ގޮތް

ޒިޕްފައިލް އަންޒިޕް ކުރެއްވޭނީ ޕާސްވޯޑެއް ޖައްސަވައިގެންނެވެ.

ޕާސްވޯޑް ލިބިވަޑައިގަންނަވާނީ މި ފޮތް ބައްލަވައިގަތުމުންނެވެ.

ފޮތުގެ އަގަކީ، -/100 ރ. (ސަތޭކަ ރުފިޔާ) އެވެ.

ފޮތުގެ އަގު ޖަމާކުރައްވާނީ ތިރީގައިވާ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓް ނަންބަރަށެވެ.

7701131167101

ފޮތުގެ އަގު ޖަމާކުރެއްވުމަށްފަހު، 9763216 ނަންބަރު ފޯނަށް، ރަސީދު (receipt) ވައިބަރކޮށްލައްވާށެވެ!

އޭރުން ތިޔަ ފަރާތުގެ ފޯނަށް ޕާސްވޯޑް ލިބިވަޑައިގަންނަވާނެއެވެ.

\/

އިތުރު މަޢުލޫމާތު

މި ވަގުތު މި ފޮތް ވަނީ މަރާމާތުކުރުމަށްޓަކައި ސައިޓުން ބޭރުކުރެވިފައެވެ.

\/

ޑައުންލޯޑު

\/

މުހިންމު ފޮތެއް

މިއީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގެ މައްޗަށް އަލިއަޅުވާލެއްވިފައިވާ ކުރު ސީރަތެކެވެ.

މިއީ، އިތުރުއެކަލޭގެފާނުގެ ޒިކުރާ އާކުރުމަށްޓަކައި ބޭނުންކުރެއްވިދާނެ ފޮތެކެވެ.

މުސްލިމު ދިވެހި ދަރިވަރުންނަށް ނުހަނު ބޭނުންތެރި ފޮތެކެވެ.

ތާނަ ކިޔުން ފަރިތަކުރުމަށްޓަކައި ވެސް މި ފޮތް ބޭނުންކުރެއްވިދާނެއެވެ.

މި ފޮތުގެ މުއައްލިފަކީ، އަލްމަރްޙޫމް ފަޟީލަތުއްޝައިޚު ޢަބްދުﷲ ފަހުމީ ދީދީ އެވެ.

މިވެސް މުހިންމު