ލޯފަން މީހާގެ އިޢުލާން


އެއްދުވަހަކު ލޯފަން މީހަކު ސަލާންޖަހަން އިނެވެ. ބިލްޑިންގެއްގެ ދޮރާށި ކައިރީގައި އޭނާ އިނީ، އޭނާގެ ކުރިމަތީގައި ވަށިގަނޑެއް ބަހައްޓައިގެންނެވެ. އެއަށް މީހުން ފައިސާ އަޅާނެ ކަމުގެ އުންމީދުގަ އެވެ. އަދި އޭނާގެ ކައިރީގައި ބަހައްޓާފައިވާ ފިލާގަނޑެއްގައި ލިޔެފައިވެ އެވެ.

"އަހުރެންނަކީ ލޮލަށް ނުފެންނަ މީހަކީމެވެ. އާދޭސްކޮށްފައި ބުނަމެވެ. އަހުރެންނަށް އެހީއެއް ވެދެއްވާށެވެ!"

ލޯފަން މީހާ އެތައް އިރެއްވަންދެން އެތާނގައި އިނެވެ. ނަމަވެސް މަދު ލާރިކޮޅެއް މެނުވީ އޭނާއަކަށް ނުލިބުނެވެ. އެ ޙާލުގައި އޭނާ އިންދާ، އެހެންލާފައި ދިޔަ އިޢުލާން ލިޔާ މީހަކަށް އޭނާ ފެނިއްޖެ އެވެ. ދެން އިޢުލާނު ލިޔާ މީހާ އައިސް ލޯފަން މީހާއަށް ރުފިޔާއެއް ދިނެވެ. އަދި އޭނާގެ ކައިރީގައި ބަހައްޓާފައިވާ އިޢުލާނުގައި އޮތް ޢިބާރާތް ފޮހެލުމަށްފަހު، އޭގައި އެހެން ޢިބާރާތެއް ލިޔެލި އެވެ. މިކަން ކޮށްފައި، އިޢުލާނު ލިޔާ މީހާ ހިނގައްޖެ އެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ލޯފަން މީހާގެ ވަށިގަނޑު ފައިސާއިން ފުރިއްޖެ އެވެ. މިކަމުގެ ސިއްރަކީ، އިޢުލާނު ލިޔާ މީހާ ފިލާގަނޑުގައި ލިއުނު ޢިބާރާތް ކަމުގައި ވެދާނެ ކަމަށް، ލޯފަން މީހާއަށް އިޙުސާސްކުރެވުނެވެ. މިހެންވެ، އޭގައި ލިޔެފައިވާ އެއްޗެއް ކިޔައިދިނުމަށް، އޭނާގެ ކައިރިން ދިޔަ މީހެއްގެ ގާތުން އެދުނެވެ. އޭގައި ލިޔެފައިވާ އެއްޗެއް އެމީހާ ކިޔާދިނެވެ.

"މިއީ ބަހާރު މޫސުމެވެ. ނަމަވެސް މި ރީތި މޫސުމުގެ ޗާލޫކަން އަހުރެންނަކަށް ނުފެނެ އެވެ."

<><><><><>

ޢިއްޒަތްތެރި ކިއުންތެރިންނޭވެ!
މިވާހަކައިން ޢިބްރަތެއް ޙާޞިލްކުރައްވާށެވެ!
ކަމެއް ކުރިއަށް ނުދާނަމަ، ވަސީލަތް ބަދަލުކޮށްލައްވާށެވެ!
ކުރިޔަށް ނުދަނީ ބޭނުންކުރައްވާ ވަސީލަތުގެ ގޮތުން ކަމަށް ވެދާނެ އެވެ.
ކަމެއް ހިންގާލުމުގައި އިޢުލާނާއި އިޝްތިހާރުގެ ދައުރު ވަރަށްވެސް ބޮޑެވެ.

މަޞްދަރު: http://www.alhnuf.com