އަންހެން ކުދިންގެ ބައެއް އަޖާއިބުތައް


ތިބާ އަންހެން ކުއްޖަކަށް ސަނާ ކިޔައިފިނަމަ، ބުނާނެއެވެ. ތިބާ ތިމަންނާއަށް މަލާމާތްކުރަނީ ހެއްޔެވެ؟
ތިބާ އަންހެން ކުއްޖަކަށް ސަނާ ނުކިޔައިފިނަމަ، ބުނާނެއެވެ. ތިބާ އަކީ އެއްވެސް ކަމަކަށް ކަމުދާނެ މީހެއް ނޫންތާއެވެ.

ތިބާ އަންހެން ކުއްޖަކު ދައްކާ ހުރިހާ ވާހަކައަކަށް އެއްބަސްވާނަމަ ބުނާނެއެވެ. ތިބާއަކީ، ޝަޚުޞިއްޔަތެއް ނެތް ބަލިކަށި މީހެކެވެ.
ތިބާ އަންހެން ކުއްޖަކު ދައްކާ ހުރިހާ ވާހަކައަކަށް އެއްބަސްނުވާނަމަ ބުނާނެއެވެ. ތިބާއަކީ، އެއްޗެއް ދޭހަވާ މީހެއް ނޫނެވެ.

ތިބާ އަންހެން ކުއްޖެއްގެ ގާތަށް މާގިނައިން ދާނަމަ ބުނާނެއެވެ. ތިބާއަކީ، ބޮޑު އުނދަގުލަކަށް ވެއްޖެއެވެ.
ތިބާ އަންހެން ކުއްޖެއްގެ ގާތަށް މާމަދުން ދާނަމަ ބުނާނެއެވެ. ތިބާއަކީ، ތިމަންނާއާ އަޅާލާ މީހެއް ނޫނެވެ.

ތިބާ ރީތިކޮށް ހެދުން އަޅާނަމަ ބުނާނެއެވެ. ތިބާއަކީ، އެހެން އަންހެން ކުދިންނަށް މާބޮޑަށް ދެއްކެން އުޅޭ މީހެކެވެ.
ތިބާ އާދައިގެ ގޮތަކަށް ހެދުން އަޅާނަމަ ބުނާނެއެވެ. ތިބާއަކީ، އަމިއްލަ ނަފުސާމެދު ވެސް އަޅާލާ މީހެއް ނޫނެވެ.

ތިބާ އަންހެން ކުއްޖެއްގެ މައްޗަށް ޣީރަތްތެރިކަން ފާޅުކޮށްފިނަމަ ބުނާނެއެވެ. ތިބާއަކީ، މާ ކަންތައްބޮޑު މީހެކެވެ.
ތިބާ އަންހެން ކުއްޖެއްގެ މައްޗަށް ޣީރަތްތެރިކަން ފާޅުނުކޮށްފިނަމަ ބުނާނެއެވެ. ތިބާއަކީ، ތިމަންނާދެކެ ލޯބިވާ މީހެއް ނޫނެވެ.

ތިބާ އަންހެން ކުއްޖަކާ ބައްދަލުކުރަން ހަމަޖެހިފައިވާ ގަޑިއަށްވުރެ އެންމެ ސިކުންތެއް ލަސްވިޔަސް ބުނާނެއެވެ. އިންތިޒާރު ކުރުމަކީ ކިހައި އުނދަގޫ ކަމެއްކަން ތިބާއަށް އެނގޭ ހެއްޔެވެ؟
އަންހެން ކުއްޖަކު ތިބާއާ ބައްދަލުކުރަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ލަސްވެއްޖެނަމަ ބުނާނެއެވެ. މިއީ، ރިތީ އަންހެން ކުދިން އުޅޭ ގޮތްކަން ތިބާއަށް ހަމަ ނޭނގެނީ ހެއްޔެވެ؟

ތިބާ، ތިބާގެ އެކުވެރިންނާއެކު ތަންތަނަށް ގޮސް އުޅޭނަމަ ބުނާނެއެވެ. ތިބާއަކީ، ބޭކާރު ގޮތުގައި ވަގުތު ނަގާލާ މީހެކެވެ.
އަންހެން ކުއްޖަކު އޭނާގެ އެކުވެރިންނާއެކު ތަންތަނަށް ގޮސް އުޅޭތީ ތިބާ އެއްޗެއް ބުނެފިނަމަ ބުނާނެއެވެ. މިއީ އަންހެން ކުދިންގެ ޠަބީޢަތުގައިވާ ކަމެކެވެ.

ތިބާ، އަންހެން ކުއްޖަކު މަގު ހުރަސްކުރަން ތަންދީފިނަމަ ބުނާނެއެވެ. ތިބާ ހުއްޓިގެން ހުރީ ތިމަންނާއާ މައްލަވަކުރަންވެގެންނެވެ.
ތިބާ އަންހެން ކުއްޖަކު މަގު ހުރަސްކުރަން ތަން ނުދީފިނަމަ ބުނާނެއެވެ. ތިބާއަކީ، ހާދަހާ ހަޔާތްކުޑަ މީހެކެވެ.

އަންހެން ކުދިން، ތިބާއާ ދިމާއަށް ބަލާނަމަ ބުނާނެއެވެ. ތިބާއަކީ، އެ އަންހެން ކުދިންނާއެކު ވިޔާނުދާ ކަންތައް ކުރާ މީހެކެވެ.
ފިރިހެނުން، އަންހެން ކުއްޖަކާ ދިމާއަށް ބަލާނަމަ ބުނާނެއެވެ. އެމީހުން ތިމަންނާއާ ދިމާއަށް ބަލަނީ ތިމަންނާގެ ރީތިކަމުންނެވެ!