ދޮގު ނެތް ބަހުރުވަ


މަލުގެ ބަހުރުވަ

އެއީ، އެންމެ ލަޠީފީ އެއް ބަހުރުވަ އެވެ.
އިޙުސާސްތައް ސާފުކޮށް ހާމަކޮށްދެވޭ ބަހުރުވައެކެވެ.
އުފާވެރިކަމުގެ ޙާލަތުގައި، އެއިން އުފާ ފާޅުކުރެވެ އެވެ.
ހިތާމައިގެ ޙާލަތުގައި، އެއިން ހިތާމަ ފާޅުކުރެވެ އެވެ.
ލޯބީގެ ޙާލަތުގައި، އެއިން ލޯބި ފާޅުކުރެވެ އެވެ.
ނަމަވެސް މަދު ބަޔަކަށް ނޫނީ އެ ބަހުރުވައެއް ނޭނގެ އެވެ.
އެ ބަހުރުވަ ބޭނުންކުރާނީ، ލަޠީފީ އިޙުސާސްތަކުގެ އަހުލުންނެވެ.


ލޮލުގެ ބަހުރުވަ

ހިތުތެރޭގައިވާ އެއްޗެއް ފާޅުކުރެ އެވެ.
ސިއްރުކޮށްފައިވާ ޝުޢޫރުތައް ވެސް ފާޅުކުރެ އެވެ.
މީހެއްގެ ލޮލުގެ ނަޒަރު، އޭނާއަކީ ކާކުކަން ބުނެދެ އެވެ.
ދުލުން ދައްކާ ވާހަކައަށްވުރެ މާ ސާފުކޮށް ވާހަކަދައްކަ އެވެ.
މި ބަހުރުވަ ދަންނަ މީހަކަށް، ނުދައްކާ ވާހަކަތައް މޭރުންވާނެ އެވެ.


ހިތުގެ ބަހުރުވަ

ބައެއް ފަހަރު މަޑުމަޑުން ވާހަކަދައްކަ އެވެ.
ބައެއް ފަހަރު ހަރުއަޑުން ވާހަކަދައްކަ އެވެ.
ކޮންމެ ގޮތަކަށް ވާހަކަދެއްކިޔަސް، ދައްކާނީ ވައި އަޑުންނެވެ.
އެމީހެއްގެ ހިތުގެ ބަހުރުވަ އެނގޭނީ އެމީހަކަށެވެ.
އެމީހެއްގެ ހިތުގައި ހިނގާ ކަމެއް އެހެން މީހަކަށް ނޭނގޭނެ އެވެ.
ތެދުވެރިކަމާއެކު ހިތުގެ ބަހުރުވައަށް އިޖާބަދީފި މީހަކު ހެޔޮލަފާ ވާނެ އެވެ.
އަދި އެމީހަކީ، ދީލަތިކަމުގެ ކުންނުގައިވާ މީހެއް ކަމަށް ވެސް ވާނެ އެވެ.


ހަމަހިމޭންކަމުގެ ބަހުރުވަ

މީހާގެ ޝަޚުޞިއްޔަތު ބުނެދޭ ބަހުރުވައެކެވެ.
މި ބަހުރުވައިގެ އަހުލުން، ހަމަހިމޭންވާނެ އެވެ.
ޝުޢޫރުތައް ސާފުވާނެ އެވެ.
ހިތާމައިގެ ހިނދުކޮޅެއް ބައްދަލުވިޔަސް ކަންބޮޑުވެގެން ނޫޅޭނެ އެވެ.
މި ބަހުރުވައިގެ އަހުލުންނަށް، މުނިފޫހިފިލުވައިދޭ މެހުމާނެއް ވެ އެވެ.
އެއީ ހިތެވެ.
އުންމީދީ ބައިވެރިއެކެވެ.
އެމީހުންގެ ޙާލާއިގެން ދަތުރުކުރާ މާލިމީ އެވެ.
ހަމަހިމޭންކަމަކީ، ވަރަށްވެސް ރީތި ކަމެކެވެ.