ހަނދާނުގައި ބަހައްޓަންޖެހޭ ދެކަމެއް


އިންސާނާއާ އެކުގައި ދެމިނުހުންނާނެ ދެކަމެއް:
ޒުވާންކަމާއި، ޖިސްމާނީ ބާރު.

ކޮންމެ މީހަކަށް ޚާއްޞަ ދެކަމެއް:
އޭނާގެ ޠަބީޢަތާއި، އޭނާގެ ބުރުސޫރަ.

ކޮންމެ މީހެއްގެ ކިބައިގައިވާ ފައިދާކުރަނިވި ދެކަމެއް:
ޚުލްޤު ހެޔޮކަމާއި، އަނެކުންނަށް މަޢާފުކުރުން.

ކޮންމެ މީހަކަށް ގެއްލުންދޭނެ ދެކަމެއް:
ނިޢުމަތުގެ އަހުލުންނަށް ހަސަދަލުމާއި، ހުނަރުވެރިންނަށް ނުނިޔަތްލުން.

ކޮންމެ މީހަކަށް ގިނަވުމުންނާއި މަދުވުމުން، ނުރައްކާތެރިވާ ދެކަމެއް:
ކެއުމާއި، ބުއިން.

ކޮންމެ މީހަކަށް ގިނަވުމުން ފައިދާވާ، މަދުވުމުން ގެއްލުންވާ ދެކަމެއް:
އަޅުކަންކުރުމާއި، އިޙުސާންތެރިވުން.

ކޮންމެ މީހަކު ނަފުރަތުކުރާ ދެކަމެއް:
އަނިޔާވެރިވުމާއި، ފަސާދަކުރުން.

ކޮންމެ މީހަކު އެދޭ ދެކަމެއް:
ދުޅަހެޔޮކަމާއި، ދަރިން ލިބުން.

ކޮންމެ މީހަކު ބޭނުންނުވާ ދެކަމެއް:
ބަލިވުމާއި، ބަނޑުހައިހޫނުކަން.

ކޮންމެ މީހަކު އެހެން މީހުންގެ ކިބައިން އަޑުއަހަން ބޭނުންވާ ދެކަމެއް:
ރީތި އަޑާއި، އުފާވެރި ޚަބަރު.