މޮޔައިންގެ އިމްތިޙާނު


ޑަކުޓަރަކު އޭނާ ފަރުވާދެއްވާ މޮޔައިންގެ ޙާލަތަށް ބަދަލެއް އައިތޯ ބެއްލެވުމަށްޓަކައި އެމީހުން އިމްތިޙާންކުރެއްވިއެވެ. އެކަމަށްޓަކައި ފާރުގައި ދޮރެއް ކުރެއްސެވުމަށްފަހު، އެމީހުންގެ ގާތުގައި ބުނުއްވިއެވެ.

"އެހެރަ ދޮރު ހުޅުވާލާފައި އެންމެން ބޭރަށް ދާށެވެ!"

ޑަކުޓަރު މިހެން ބުނުއްވުމުން އެންމެ މީހަކު އެންމެން ގޮސް ދޮރު ހުޅުވޭތޯ މަސައްކަތްކުރަންފެށިއެވެ. އޭނާ އެމީހުންނަށް މަލާމާތްކޮށް ހޭނތީ، ޑަކުޓަރު އެއްސެވިއެވެ.

"ތިބާގެ ޚަބަރަކީ ކޮބައިހެއްޔެވެ؟"

މޮޔަ މީހާ ބުންޏެވެ.

"އެއީ ހާދަހާ މޮޔަ ބަޔެކެވެ. ތަޅުދަނޑި މިއޮތީ ތިމަންނާގެ އަތުގައެވެ. ތިމަންނާ ދޮރު ހުޅުވުމުން ނޫނީ، އެއިން އެކަކަށް ވެސް ބޭރަކަށް ނުދެވޭނެއެވެ!!!"