ޑަކުޓަރުންނަށް ދައްކަން ދިޔައިރު ....


މާބަނޑު އަންހެނަކު އޭނާގެ އެކިއެކި ބަލިތަކަށް ބޭސްކުރުމަށްޓަކައި ޑަކުޓަރުންނަށް ދައްކަން ހޮސްޕިޓަލަކަށް ދިޔައެވެ.

ފުއްޕާމޭގެ ބަލިތަކާބެހޭ ޑަކުޓަރުގެ ގާތަށް ދިޔައިރު، އޭނާ ވަނީ، ސިނގިރޭޓް ބޮއިބޮއި އިންދިރާސްވެފައެވެ!

ފުރަމޭގެ ބަލިތަކާބެހޭ ޑަކުޓަރުގެ ގާތަށް ދިޔައިރު، އޭނާ ވަނީ، ބަނގުރާ ބޮއިބޮއި މަސްތުވެފައެވެ!

ފޮއްސިވުމާބެހޭ ޑަކުޓަރުގެ ގާތަށް ދިޔައިރު، އޭނާ ވަނީ، ފަލަކަމުން ހިނގައިނުގަނެވޭތީ ފުރޮޅުލީ ގޮނޑިއެއްގައެވެ!

ލޮލާބެހޭ ޑަކުޓަރުގެ ގާތަށް ދިޔައިރު، އޭނާ ވަނީ، މަތިމައްޗަށް އައިނު އަޅައިގެން ވެސް ލޮލަށް ނުފެންނާތީ އެކަމުގެ ޝަކުވާ ކުރުމަށެވެ!

ނަފުސާނީ ޑަކުޓަރުގެ ގާތަށް ދިޔައިރު، އޭނާ ވަނީ، ދުނިޔެއިން މޮޔަވެ، ބުއްދީގެ ނިޢުމަތުން މަޙުރޫމުވެފައެވެ!

ބޮލުގެ އިސްތަށިތަކާބެހޭ ޑަކުޓަރުގެ ގާތަށް ދިޔައިރު، އޭނާ ވަނީ މުޅިން ތަލަވެފައެވެ!

ދެން އެންމެފަހުން، ވިއްސުމާބެހޭ ޑަކުޓަރުގެ ގާތަށް ދިޔައެވެ. އެ ޑަކުޓަރަކީ ފިރިހެނެކެވެ. އެހެނަސް އޭނާ ވަނީ މާބަނޑުވެ ވިހަން ކައިރިވެފައެވެ!!!