އިސްބަސް


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الْحَمْدُ للهِ رَبِّ اْلعَالَمِيْن، وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ اْلأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:

ބަޙުރު އީމަޖައްލާގެ 15 ވަނަ ޢަދަދު ވުޖޫދަށް އަންނައިރު، މި މަޖައްލާގެ ފޮތްބައި ނެރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ. މާތް ﷲ ގެ ވާގިފުޅާއެކު، އެ މަސައްކަތް ކާމިޔާބުކުރެވިއްޖެނަމަ، ތިޔަބޭފުޅުންގެ އައިޕެޑްތަކާއި ފޯނުތަކުގައި ވެސް މި މަޖައްލާގެ ޢަދަދުތައް ގެންގުޅުއްވުމަކީ، ލުއިފަސޭހަ ކަމެއް ކަމުގައި ވެގެންދާނެއެވެ. އޭރުން އިންޓަރނެޓްގެ ވިއުގަޔާ ނުލައި، މި މަޖައްލާ ހުޅުވައިލެއްވޭނެއެވެ.

މި މަޖައްލާއަކީ، ޓީޗަރުންނާއި ދަރިވަރުންގެ ދުރުމި އަމާޒުވެފައިވާ އެއްޗަކަށް ވީތީ، އެކަމުން މާއްދީ މަންފާއެއް ޙާޞިލުކުރުމުގެ ވިސްނުމެއް ނެތެވެ. އެކަމަކު، ރޭވިފައިވަނީ، މިއީ އަބަދުވެސް ހިލޭ ދޫކުރާ މަޖައްލާއެއްގެ ގޮތުގައި ދެމެހެއްޓުމަށެވެ. ހެޔޮ މަޢުލޫމާތު ފޯރުކޮށްދޭ ހެޔޮ މަޞްދަރެއްގެ ގޮތުގައި ދެމެހެއްޓުމަށެވެ. މި މަޖައްލާ ނެރޭހައި ދުވަހަކު، މި ގޮތުގައި ދެމެހެއްޓުމަކީ، ފެށުމާ ހަމައިން ކަނޑައެޅިފައިވާ ޢަޒުމެކެވެ.

އެހެން ޢަދަދުތަކެކޭ ވެސް އެއް ފަދައިން މި ޢަދަދުގައިވެސް އަދަބީ ފުރޭފުތަކާއި، ޢިލްމީ ފުރޭފުތައް ހިމަނާފައިވާނެއެވެ. އެއީ ތިޔަ ޢިއްޒަތްތެރި ކިޔުންތެރިންނަށް ފައިދާކުރަނިވި އެއްޗެއް ކަމުގައި ލެއްވުން އެދި ދުޢާކުރަމެވެ. މާތް ﷲ، މި ދުޢާ އިޖާބަކުރައްވާށިއެވެ! އާމީން!

26 ޖުލައި 2016