މިނިވަންކަން


1.
ގައިދުގައި ވީ އެ ހައްޔަރުވެފައި،
އައި ޖުލައި މަހުގެ ސައްބީހުގައި.
ވައިމަތީގައި ވިޔޭ ފެތުރިފައި،
ހައިނުކޮށް ރޯ އަޑެއް އެ މަހުގައި.

2.
މޭންއައެއް ފަދަ ކަމަށް ފެނިވިޔޭ،
ވޭން އަޅާ ހެން މަށަށް ހީވިޔޭ،
އޭން އިވޭ އަޑުގެ ނަޣަރާ ވިޔޭ،
މޭން ބަޔެއް ނެތިކުރާ ބާރުގައި.

3.
ހަރުއަޑުން އިއްވަނީ ޣަރުޣަރާ،
އަރުތެރޭން ނިކުމެގެން މަރުމަރާ،
ފަރުމަތިން މެހިލުމަށް ޞަރުޞަރާ،
ރަރު، މަތިން ފެނުނެ ސަކަރާތުގައި.

4.
މޭގަވީ ކުލުނަކުން ރޯންފެށިން،
ބޭގަރާރެއްވެ ހުރެ ބޮސްދިނިން،
އޭގެ ހިތްދަތިކަމަށް ހިތް ދިނިން،
ހޭގަ ހުއްޓަސް ކުރާ އަސަރުގައި.

5.
ނެތްވަރެއް ދައްކަނީހޭ އެހިން،
ހެތްކަކަށް އިހުގެ މާޒީ ގެނައިން،
ކެތްކުރަން ހެޔޮހިތުން ވެސް ބުނިން،
ނެތްމެ މިނިވަންކަމެއް މިތަނުގައި.

6.
ނަމަވިޔަސް ނުލިބި ނުމެދާނެޔޭ،
ހަމަޔަކަށް ޙާލު އެބަހަރަ ދެޔޭ،
ބަމަޔަކަށް ގާތްވެ ފަރިވެއްޖެޔޭ،
ރަމަތަވާން ޤައިދުތައް ސަހަރުގައި!

<><><>

7.
ވިހުރުމީ ރިވެތިވީ ލަޙުނެކޭ،
ރިހުމަކަށް ވުންނުވާ ފަޚުރެކޭ،
އަހުރެނީ ދުނިޔެއިން ރަމްޒެކޭ،
އާދެ، މިނިވަންކަމަށް ޖައްވުގައި.

8.
އިއްވިޔޭ ހާއިމަށް ހަރުއަޑެއް،
ހެއްވަމުން ވީ ގިލަންވެރިކަމެއް،
އިއްޔެ ހިތް ކިލަނބުކުރި ފުސްކަމެއް،
އެއްޔެ އަންގައިދިނީ ޙައްޤުގައި:

9.
ބަނދެވިފައި ވުން ނުވޭ، ޤައިދަކަށް،
ވަދެވިފައި ޖަލަކުގައި ވާކަމަށް،
އާދެ، މިނިވަންކަމެއް ނެތް ކަމަށް،
މިއްޔެ މިނިވަންކަމީ އަޞްލުގައި!

*** *** ***

26 ޖުލައި 2016