އަހަރެންނަކީ، އަހަރެންގެ ކާފައެވެ!


އަހަރެން ދަންޖެހެން ތައްޔާރުވިތަނާ، ޢުމުރުން ދުވަސްވެފައިވާ މުސްކުޅިއަކު އައިސް ގޮވާލި އަޑު އިވުނެވެ.

ބުއްދި މަދު ސޭކާއެވެ! މަޑުކޮށްބަލާށެވެ!

އަހަރެން ދަންޖެހި މަރުވުމަށް އޭނާ ހުރަސްއަޅާނެކަން އެނގޭތީ، ހުރި ތާނގައި ހުއްޓިގެން ހުރީމެވެ. އޭނާ އައީ އަހަރެންނާ ދިމާއަށް އެއްޗެހިކިޔަމުންނެވެ. އޭނާ އައިސް ސުވާލުކުރިއެވެ.

ތިބާ ދަންޖެހެން ތިއުޅެނީ ކީއްވެހެއްޔެވެ؟

އަހަރެން ބުނީމެވެ.

މިއުޅެނީ ވަރަށް ބޮޑު މައްސަލައެއް ކުރިމަތިވެގެންނެވެ.

އޭނާ ބުންޏެވެ.

ޙައްލުނުކުރެވޭނެ މައްސަލައެއް މިދުނިޔޭގައި ވޭހެއްޔެވެ؟ ތިބާގެ މައްސަލައަކީ ކޮބައިހެއްޔެވެ؟

ދެން އަހަރެން މައްސަލަ ކިޔައިދިނީމެވެ.

ހުވަފަތްވެފައިވާ އަންހެނަކާ އަހަރެން އިނީމެވެ.
އޭރު އެ އަންހެން މީހާގެ ޓީން-އޭޖްގެ އަންހެން ކުއްޖަކު އިނެވެ.
އެކުއްޖާ ބާލިޣުވެ ބޮޑުވުމުން، އަހަރެންގެ ބައްޕަ އޭނާދެކެ ލޯބިވެގެން އޭނާއާ އިނެވެ.
އެހެންވީމާ، އަހަރެންގެ ބައްޕައަކީ، އަހަރެންގެ އަންހެން ދަރިއެއްގެ ފިރިމީހާއެވެ.
އަދި އަހަރެންގެ ބައްޕައަކީ، އަހަރެންގެ ދަނބިދަރިއެވެ.
އަދި އަހަރެންނަކީ، އަހަރެންގެ ބައްޕަގެ ބަފައިކަލޭގެއެވެ.
އަދި އަހަރެންގެ ދޮންދަރިފުޅަކީ، އަހަރެންގެ ދޮންމަންމައެވެ.

ދުވަސްކޮޅެއްފަހުން، އަހަރެންގެ އަންހެނުން މާބަނޑުވެ، ފިރިހެން ކުއްޖެއް ލިބުނެވެ.
އެކުއްޖާއަކީ، އަހަރެންގެ ހަލާލު ދަރިއެކެވެ.
އެހެންވީމާ، އަހަރެންގެ ބައްޕައަކީ، އެކުއްޖާގެ ކާފައެވެ.
އެކުއްޖާއަކީ، އަހަރެންގެ ބައްޕަގެ އަނބިމީހާގެ ކޮއްކޮވެ.
އެހެންވީމާ، އަހަރެންގެ ބައްޕައަކީ، އެކުއްޖާގެ ޅިޔަނެވެ.
އަހަރެންގެ ބައްޕަގެ އަނބިމީހާވަނީ، އަހަރެންގެ ބޮޑުދައިތަގެ މަޤާމުގައެވެ.
އެހެންވީމާ، އޭނާގެ ކޮއްކޮ ކަމުގައިވާ އަހަރެންގެ ދަރިފުޅަކީ، އަހަރެންގެ ބޮޑުބޭބެއެވެ.

ދުވަސްކޮޅެއްފަހުން، އަހަރެންގެ ދޮންމަންމަ މާބަނޑުވެ، ފިރިހެން ކުއްޖެއް ލިބުނެވެ.
އެކުއްޖާއަކީ، އަހަރެންގެ ބައްޕަގެ ޙަލާލު ދަރިއެކެވެ.
އެހެންވީމާ، އެކުއްޖާއަކީ، އަހަރެންގެ ކޮއްކޮއެވެ.
އެކުއްޖާއަކީ، އަހަރެންގެ އަންހެނުންގެ ދަރިއެއްގެ ދަރިއެކެވެ.
އެހެންވީމާ، އަހަރެންނަކީ، އެކުއްޖާގެ ކާފައެވެ.
އަހަރެންގެ އަންހެނުންނަކީ، އަހަރެންގެ ކޮއްކޮގެ މާމައެވެ.
އެހެންވީމާ، އަހަރެންގެ އަންހެނުންނަކީ، އަހަރެންގެ މާމައެވެ.
އަދި އަހަރެންނަކީ، އަހަރެންގެ އަންހެނުންގެ މާމަދަރިއެވެ.
އަދި އަހަރެންނަކީ، އަހަރެންގެ ކޮއްކޮގެ ކާފައެވެ.

މާމަގެ ފިރިމީހާއަކީ ކާފައެވެ.
އަހަރެންނަކީ އަހަރެންގެ މާމަގެ ފިރިމީހާއެވެ.
އެހެންވީމާ، އަހަރެންނަކީ އަހަރެންގެ ކާފައެވެ.

މިހާވަރަށް ކިޔައިދެވުނުތަނާ، ސަލާމަތްކުރަން އައި މީހާ ބުންޏެވެ.

ފުދިއްޖެއެވެ. ހަމަ މިހާރު ހުއްޓާލާފައި ތިމަންނާއާއެކު އަންނާށެވެ!

އަހަރެން އެހީމެވެ.

ކޮންތާކަށް ހެއްޔެވެ؟

އޭނާ ބުންޏެވެ.

ދެ މީހުން އެކުގައި ދަންޖެހެން އަންނާށެވެ!
ތިމައްސަލައިގެ ސަބަބުން ތިމަންނާގެ ވެސް ބޯގޮވައިފިއެވެ.
މާތްރަސްކަލާނގެ ތިބާއަކަށް އަދި ތިބާގެ ބައްޕައަކަށް ދަރުމައެއް ނުދެއްވާނެތެވެ!

<><><>

މިވާހަކަ، މިނޫން ޢިބާރާތްތަކުން ވެސް ޝާއިޢުކުރެވިފައިވެއެވެ. މިވާހަކައިގެ އަސްލު، 1822 ވަނަ އަހަރާ ހަމައަށް ވާޞިލުވެ އެވެ. މިވާހަކަ ކިޔައިދޭ މަޝްހޫރު ލަވައެއް ވެސް ވެއެވެ. "އެމީހަކީ، އެމީހެއްގެ ކާފަ" ކަމަށްވި މީހުން ދުނިޔޭގައި އުޅެފައި ވެސް ވެއެވެ. އެފަދަ މީހަކު، 1893 ވަނަ އަހަރު ދަންޖެހިގެން އަމިއްލައަށް މަރުވުމުގެ ކުރިން ލިޔެފައި ވެއެވެ.

I married a widow who had a grown-up daughter. My father visited our house very often, fell in love with my step-daughter and married her. So my father became my son-in-law, and my step-daughter my mother, because she was my father’s wife.

ހުވަފަތްވެފައިވާ އަންހެނަކާ އަހަރެން އިނީމެވެ. އެ އަންހެން މީހާގެ ބޮޑުވެފައިވާ އަންހެން ކުއްޖެއް އިނެވެ. އަހަރެމެން ދެމީހުން އިނދެގެން އުޅުނުއިރު، އަހަރެންގެ ބައްޕަ، އަހަރެމެންގެ ގެއަށް ވަރަށް ގިނައިން އައިސް އުޅުނެވެ. އެގޮތަށް އައިސް އުޅުމުގެ ތެރޭގައި، އަހަރެންގެ ބައްޕަ، އަހަރެންގެ ދޮންދަރިއާ ހިތާވެ، އޭނާއާ ކާވެނިކުރިއެވެ. އެހެންކަމުން، އަހަރެންގެ ބައްޕައަކީ، އަހަރެންގެ ދަނބިދަރި ކަމަށްވިއެވެ. އަދި އަހަރެންގެ ދޮންދަރިއަކީ، އަހަރެންގެ ދޮންމަންމަ ކަމަށްވިއެވެ. އެހެނީ، އޭނާއަކީ އަހަރެންގެ ބައްޕަގެ އަނބިމީހާއެވެ.