ޗައިނާ


ޗައިނާގެ ރަސްމީ ނަމަކީ، "ރިޕަބްލިކް އޮފް ކޮމިއުނިސްޓް ޗައިނާ" އެވެ. ޗައިނާ ބަހުން އެ ގައުމަށް ކިޔަނީ، (中华人民共和国 = Zhōnghuá Rénmín Gònghéguó) އެވެ. ޗައިނާ ބަހުން ކުރުކޮށް އެގައުމަށް ކިޔަނީ، (中国 = Zhōngguó) އެވެ. މާނައަކީ، "މެދުތެރޭ ކިންގޑަމް" އެވެ.

ޗައިނާއަކީ، އޭޝިއާގެ ބައްރުގައިވާ ގައުމެކެވެ. ރަޝިއާ އާއި ކެނެޑާއަށްފަހު، ދުނިޔޭގައިވާ ތިންވަނައަށް އެންމެ ބިން ބޮޑު ގައުމަކީ، ޗައިނާ އެވެ. ޗައިނާއާ އިންވެގެން 14 ގައުމު ވެ އެވެ. އެއީ، އަފުޣާނިސްތާނާއި، ބޫޓާނާއި، މިޔަންމާރާއި، އިންޑިއާ އާއި، ކަޒަޚިސްތާނާއި، ޤިރުޣިސްތާނާއި، ލާވަސް އާއި، މޮންގޯލިއާ އާއި، ނޭޕާލާއި، އުތުރު ކޮރެއާ އާއި، ބާކިސްތާނާއި، ރަޝިއާ އާއި، ޠަޖިކިސްތާނާއި، ވިއެޓްނާމެވެ.

ޗައިނާއަކީ، ދުނިޔޭގައިވާ އެންމެ އާބާދީ ބޮޑު ގައުމެވެ. އެ ގައުމުގެ އާބާދީ، 1250000000 އަށްވުރެ އިތުރެވެ.


ތާރީޚު

ރަސްމީ ގޮތުން، ރިޕަބްލިކް އޮފް ޗައިނާ އުފެދުނީ، 1 އޮކްޓޯބަރ 1949 ގަ އެވެ. އޭރު މަރުކަޒީ ސަރުކާރުގެ ރައީސަކީ، (ماو تسي تونغ) އެވެ. ރައްޔިތުންގެ ގައުމީ ޙަރަކާތުގެ ލީޑަރޝިޕްގައި އޭނާވަނީ ވަރަށް ބޮޑު ދައުރެއް އަދާކޮށްފަ އެވެ.

އޮކްޓޯބަރ 1976 ގައި، ޗައިނާގެ "ސަގާފީ ބޮޑު އިންގިލާބު" ނިމުމަކަށް ގެނެވުނެވެ. އެއަށްފަހު، ތާރީޚުގެ އާ ޞަފުޙާތަކެއްގެ ތެރެއަށް ޗައިނާ ވަދެގެން ދިޔަ އެވެ. ވެރިކަން ހިންގަމުން ގެންދިޔައީ، (دنغ شياو بينغ) އެވެ. 1979 ވަނަ އަހަރު، "ބޭރު ދުނިޔެއަށް ހުޅުވާލުމާއި އިސްލާހުވުމުގެ" ފިޔަވަޅުތައް ޗައިނާއިން އަޅާފައިވަނީ، އޭނާގެ ވެރިކަމުގަ އެވެ. ޒަމާނީ ތަރައްޤީގެ ތެރެއަށް ވަނުމުގެ ދޮރުތައް ހުޅުވާލައި، ޗައިނާގެ "މަލަ" އަށާއި "ބުރުސޫރަ" އަށް ބޮޑެތި ބަދަލުތަކެއް ގެނެވުނެވެ. އެއާއެކު، ހަލުއި ސްޕީޑެއްގައި ޗައިނާގެ އިޤުތިޞާދު ކުރިއަރައި ތަރައްޤީވަމުންދިޔަ އެވެ.

1989 ވަނަ އަހަރު، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އަމީނު ޢާންމު ކަމުގެ މަޤާމަށް، (جيانغ تسه مين) އިސްވުމާއެކު، ބޭރު ދުނިޔެއަށް ހުޅުވާލުމަށާއި، އިސްލާހުކުރުމުގެ ފިޔަވަޅުތައް އަޅަންފެށި އެވެ. އެކަމުގެ ސަބަބުން، ޗައިނާގެ އިޤުތިޞާދު ހަރުދަނާވެ، ބައިނަލްއަގުވާމީ ސިޔާސީ މަސްރަޙުގައި ވެސް ޗައިނާގެ މަޤާމަށް ސާބިތުކަން ލިބުނެވެ.

ނޮވެމްބަރ 2002 ގައި، ކޮމިއުނިސްޓް ޕާޓީގެ މަރުކަޒީ ކޮމިޓީގެ އަމީނު ޢާންމުކަމަށް (هو جين تاو) އިންތިޚާބުކުރެވުނެވެ. އަދި، 2003 ވަނަ އަހަރު، ޗައިނާގެ ރައީސް ކަމަށް އޭނާ އިންތިޚާބުކުރެވުނެވެ.


ޖޯގްރަފީ

ޗައިނާ އޮންނަނީ، އޭޝިއާ ބައްރުގެ އިރުމަތީ ފަރާތުގަ އެވެ. ޕެސިފިކް އޯޝަންގެ ހުޅަނގު ފަރާތް ވަނީ ޗައިނާއާ ގުޅިފަ އެވެ. އެގައުގެ ބިމުގެ އޭރިއާއަކީ، 9.6 މިލިއަން އަކަ ކިލޯމީޓަރެވެ. އެހެންކަމުން އެ ގައުމު ހިމެނިފައިވަނީ، ދުނިޔޭގައިވާ ތިންވަނައަށް އެންމެ ބިން ބޮޑު ގައުމު ކަމަށެވެ.

ޗައިނާގެ އެންމެ އުތުރު އިން ފެށިފައިވަނީ، (هيلونغ) ކޯރުގެ މެދުންނެވެ. އެންމެ ދެކުނު އިން ފެށިފައިވަނީ، ކަނޑުގައިވާ (تسنغمو) އިންނެވެ. އިރުމަތީ އިން ފެށިފައިވަނީ، (هيلونغ) ކޯރާއި (ووسولي) ކޯރު ބައްދަލުވާ ހިސާބުންނެވެ. ހުޅަނގު އިން ފެށިފައިވަނީ، (هضبة البامير) އިންނެވެ. ޗައިނާގެ އިރުން ހުޅަނގަށް، އަދި އުތުރުން ދެކުނަށް ހުންނަ ރާސްތާގެ ދިގުމިން 5000 ކިލޯމީޓަރަށްވުރެ އިތުރެވެ.

ޗައިނާގެ ބައްރުގެ އިން، 22800 ކިލޯމީޓަރަށް ވާޞިލުވެ އެވެ. އެ ގައުމުގެ އައްސޭރި ފަށުގެ ދިގުމިން 18000 ކިލޯމީޓަރަށް ވާޞިލުވެ އެވެ. އައްސޭރި ފަށުގެ ބިންތައް ފެތުރިފައިވަނީ ހަމަހަމަ ގޮތެއްގަ އެވެ. އެހެންކަމުން އައްސޭރިފަށުގައި ވަރަށް ރަނގަޅު ބަނދަރުތައް ވެ އެވެ. އެއިން ގިނަ ބަނދަރުތައް ވަނީ، މުޅި އަހަރުދުވަހުގެ ތެރޭގައި ހުޅުވިފަ އެވެ.

ޗައިނާގެ ބައްރާ ގުޅިފައިވާ ކަނޑުތަކަކީ، (بوهاي) ކަނޑާއި، ރީނދޫ ކަނޑާއި، ޗައިނާ ކަނޑެވެ. (بوهاي) ކަނޑަކީ ދާޚިލީ ކަނޑެކެވެ. ރީނދޫ ކަނޑާއި ޗައިނާ ކަނޑު ވަނީ، ޕެސިފިކް އޯޝަނާ ގުޅިފަ އެވެ. ޗައިނާގެ ކަނޑުތަކުގެ އޭރިއާ، 4.73 މިލިއަން އަކަކިލޯ މީޓަރަށް ވާޞިލުވެ އެވެ.

ޗައިނާގެ ކަނޑުތަކުގައި، 5400 ޖަޒީރާ ވެ އެވެ. އެއިން އެންމެ ބޮޑު ޖަޒީރާއަކީ، ޓައިވާން އެވެ. އެ ޖަޒީރާގެ އޭރިއާ އަކީ، 36000 އަކަ ކިލޯމީޓަރެވެ. އެއާ ޖެހިގެން އަންނަނީ، ހައިނާން ޖަޒީރާ އެވެ. އެ ޖަޒީރާގެ އޭރިއާއަކީ، 34000 އަކަ ކިލޯމީޓަރެވެ.


އިދާރީ ބައިތައް

ޗައިނާ ވަނީ، 22 މުޤާޠަޢާ (省) އަށް ބައިކޮށްފަ އެވެ. ޗައިނާގެ ސަރުކާރުން ބަލާފައިވާ ގޮތުގައި، ޓައިވާން (台湾) އަކީ، 23 ވަނަ މުޤާޠަޢާ އެވެ.


ޢަސްކަރިއްޔާ

ޗައިނާގެ "ރައްޔިތުންގެ މިނިވަން ލަޝްކަރު" އަކީ ދުނިޔޭގައިވާ އެންމެ ބިޔަ ލަޝްކަރެވެ. އެ ލަޝްކަރުގައި، އެއްގަމާއި، ކަނޑާއި، ވައިގެ ފައުޖުތައް ވެ އެވެ. އަދި ނިއުކުލިއަރ ހަތިޔާރުތައް ވެސް ވެ އެވެ. 2007 ވަނަ އަހަރު އިޢުލާންކުރި، އެ ލަޝްކަރުގެ ރަސްމީ ބަޖެޓަކީ 48 ބިލިއަން އެމެރިކާ ޑޮލަރެވެ.


ޢަސްކަރީ ތާރީޚު

ޗައިނާގެ ޢަސްކަރީ ތާރީޚު ފެށިފައިވަނީ މީލާދުގެ އެތައް ސަތޭކަ އަހަރެއް ކުރިންނެވެ. މެދުކެނޑުމެއްނެތި މިއަދާ ހަމައަށް ވާޞިލުވެފައިވާ އެ ތާރީޚު، މީލާދުގެ ކުރީގެ 1500 ވަނަ އަހަރާ ހަމައަށް ފޯރަ އެވެ. ދުނިޔޭގެ ތާރީޚުގައި އިންސާނީ ޙަޟާރަތެއްގެ ޢަސްކަރިއްޔާގެ ކުރިއަރަމުންދިޔަ ސަގާފަތަކާއި، އެންމެ ދިގު ތާރީޚެއް ލިބިފައިވަނީ ޗައިނާގެ ޢަސްކަރިއްޔާ އަށެވެ. މީލާދުގެ ކުރީގެ 200 ވަނަ އަހަރުން ފެށިގެން، މީލާދީން 16 ވަނަ ޤަރުނާ ހަމައަށް އެންމެ ބޮޑަށް ތަރައްޤީވަމުންދިޔަ ލަޝްކަރުތަކެއް ވެސް ވަނީ އެ ޢަސްކަރިއްޔާގަ އެވެ.

ޗައިނާގެ ޢަސްކަރިއްޔާގެ ތާރީޚު ބަހާލެވިފައިވަނީ، ތިން ބަޔަކަށެވެ. އެއީ، އެންމެ އިހުގެ ގަދީމީ ތާރީޚާއި، އަމްބަރާޠޫރިއްޔާގެ ޒަމާނުގެ ތާރީޚާއި، މިޒަމާނުގެ ތާރީޚެވެ. މިއިން ކޮންމެ ޒަމާނެއްގައި ވެސް ފާހަގަކޮށްލެވޭ ނުރައްކާތެރި ދުޝްމަނުންތަކެއް ވަނީ ޗައިނާއާ ކުރިމަތިވެފަ އެވެ. އެންމެ ފުރަތަމަ ތަތާރުންނެވެ. އެންމެ ފަހުން ހުޅަނގުގެ އިސްތިޢުމާރެވެ.


އާބާދީ

ޗައިނާއަކީ، ދުނިޔޭގައިވާ އެންމެ އާބާދީ ބޮޑު ގައުމެވެ. 2002 ވަނަ އަހަރު ނިމުނުއިރު، އެ ގައުމުގެ އާބާދީ އަކީ، 1284.53 މިލިއަނެވެ. މީގެ ތެރޭގައި، ހޮންގކޮންގ އާއި، މާކާއު އާއި ޓައިވާން ނުހިމެނެ އެވެ. އެހެންކަމާއެކު ވެސް މި ޢަދަދު ތަމްސީލުކުރަނީ، މުޅި ދުނިޔޭގެ އާބާދީގެ ފަސް ބައިކުޅަ އެއް ބަޔެވެ.

ޗައިނާއަކީ ޑެންސިޓީގެ ގޮތުން ވެސް އެންމެ އާބާދީ ބޮޑު ގައުމެވެ. އެވަރެޖް ގޮތެއްގައި، އެގައުމުގެ ކޮންމެ އަކަ ކިލޯމީޓަރެއްގައި 134 މީހުން ދިރިއުޅެ އެވެ. މީގެ މާނައަކީ، ހުރިހާ ރަށެއްގައި ހަމަހަމަ ގޮތެއްގައި މީހުން އާބާދުވެފައިވާ ވާހަކައެއް ނޫނެވެ. ބައެއް ސަރަހައްދުތަކުގައި އާބާދީގެ ޑެންސިޓީ އިތުރެވެ. މިސާލަކަށް އިރުމަތީ ބިތުގެ އައްސޭރީގެ ޑެންސިޓީ އަކީ، ކޮންމެ އަކަ ކިލޯމީޓަރެއްގައި 400 މީހުންނެވެ. ޗައިނާގެ މެދުތެރޭގެ ސަރަހައްދުގައި 200 މީހުން ކޮންމެ އަކަކިލޯމީޓަރެއްގައި ވެ އެވެ. އެންމެ މަދުން މީހުން ދިރިއުޅެނީ، ހުޅަނގު ފަރާތުގެ އުސްބިންތަކުގަ އެވެ. އެ ބިންތަކުގެ އަކަ ކިލޯމީޓަރެއްގައި ވަނީ އެންމެ 10 މީހުންނެވެ.

ޗައިނާގައި ގާތްގަނޑަކަށް 56 ގައުމިއްޔަތު ވެ އެވެ. އެންމެ އާބާދީ ބޮޑު ގައުމިއްޔަތަކީ، (هان) ގައުމިއްޔަތެވެ. އެއީ، ޗައިނާގެ އާބާދީގެ 91.6 އިންސައްތަ އެވެ. އަނެއް 55 ގައުމިއްޔަތުގެ ތެރެއިން، އާބާދީ އެއްމިލިއަނަށް އަރަނީ 18 ގައުމިއްޔަތެއްގަ އެވެ. އެއިން އެންމެ އާބާދީ ބޮޑު ގައުމިއްޔަތަކީ، (تشوانغ) އެވެ. އެ ގައުމިއްޔަތުގެ އާބާދީ އަކީ 16.179 މިލިއަނެވެ.


ބަސް

ޗައިނާގެ ރަސްމީ ބަހަކީ، (هان) ގައުމިއްޔަތުގެ ބަހެވެ. ރަސްމީ ގޮތުން ވާހަކަ ދެއްކުމަށާއި، ލިޔެކިއުމަށް ބޭނުންކުރަރނީ އެ ބަހެވެ. މުޅި ޗައިނާގައި ވެސް އެ ބަސް ބޭނުންކުރެ އެވެ. ދުނިޔޭގައިވާ އެއް ބަހަކުން ވާހަކަ ދައްކާ މީހުންގެ ޢަދަދަށް ބަލާއިރު، އެންމެ ގިނަ ޢަދަދެއްގެ ބަޔަކު ވާހަކަދައްކަނީ ވެސް އެބަހުންނެވެ!

ޗައިނާގެ ބަހުގައި، 30000 (ތިރީސް ހާސް) ރަމްޒު ވެ އެވެ. ނަމަވެސް ފޮތްފޮތާއި ނޫސްތަކުގައި މިހާރު ބޭނުންކުރަނީ، އެއިން އެންމެ 3000 (ތިން ހާސް) ރަމްޒެވެ. ޗައިނާ ބަހުގެ ލިއުމުގައިވާ 99 އިންސައްތައަކީ، ތަކުރާރުވާ ރަމްޒުތަކެކެވެ.

އަނެއް 55 ގައުމިއްޔަތުގެ ތެރެއިން، (هوي) ގައުމިއްޔަތާއި، (الـمانتشو) ގައުމިއްޔަތުގެ އަހުލުންގެ ބަހަކީ، (الهانية) ބަހެވެ. އަނެއް 53 ގައުމިއްޔަތުންކުރެ ކޮންމެ ގައުމިއްޔަތެއްގެ މީހުން ވާހަކަދައްކަނީ އެމީހުންގެ އަމިއްލަ ބަހުންނެވެ. ކޮންމެ ގައުމިއްޔަތެއްގެ ބަސް، އެބަޔެއްގެ ދަރީންނަށް ސްކޫލްތަކުގައި ކިޔަވާދެ އެވެ.


ދީނީ އިޢުތިޤާދުތައް

ޗައިނާއަށް ބުޑިޒަމް ވާޞިލުވީ، ގާތްގަނޑަކަށް މީލާދީން ފުރަތަމަ ޤަރުނުގެ ތެރޭގަ އެވެ. ޗައިނާގައި ބުޑިޒަމް ފެތުރެން ފަށާފައިވަނީ، މީލާދީން ހަތަރުވަނަ ޤަރުނުން ފެށިގެންނެވެ. މިހާރު ޗައިނާގައި އެންމެ ބޮޑަށް ފެތުރިފައިވާ ދީނަކީ، ބުޑިޒަމެވެ. އެ ގައުމުގައި، ބުޑިސްޓް 13000 ފައްޅި ވެ އެވެ. ޓިބެޓްގައި ފެތުރިފައިވާ ދީނަކީ، ބުޑިޒަމްގެ ގޮތްޕެކެވެ. ޗައިނާގައި ބުޑިޒަމް އެންމެ ބޮޑަށް ފެތުރިފައިވަނީ، ޓިބެޓާއި، މޮންގޯލިއާގަ އެވެ.

އިސްލާމީ ތާރީޚުގެ އެންމެ ކުރީކޮޅުގައި، ޗައިނާއަށް ވަނީ އިސްލާމްދީނުގެ ޚަބަރުތައް ވާޞިލުވެފަ އެވެ. މިހާރު ޗައިނާގައިވާ މިސްކިތްތަކުގެ ޢަދަދު 30000 (ތިރީސް ހާސް) އަށްވުރެ ގިނަ އެވެ. މިހާރު ޗައިނާގައި މުސްލިމު 10 ޤައުމިއްޔަތު ވެ އެވެ.

ކްރިސްޓިއަން ދީނުގެ ކެތޮލިކް މަޒުހަބު، ޗައިނާއަށް ވާޞިލުވެފައިވަނީ، މީލާދީން ހަތްވަނަ ޤަރުނުގަ އެވެ. ޕްރޮޓެސްޓެންޓް މަޒުހަބު ވާޞިލުވެފައިވަނީ، ނުވަވަނަ ޤަރުނުގަ އެވެ. ޗައިނާގައިވާ ކެތޮލިކް ޗާޗްތަކުގެ ޢަދަދު، 4600 އަށްވުރެ ގިނަ އެވެ. ޕްރޮޓެސްޓެންޓް ޗާޗްތަކުގެ ޢަދަދު 12000 އަށް އަރަ އެވެ. އަދި ދީނީ ކަންތައްތަކަށް ޚާއްޞަކުރެވިފައިވާ 25000 (ފަންސަވީސް ހާސް) ތަން ވެ އެވެ.

ޗައިނާގައި ޠާވިއްޔަ ދީން، އުފެދުނީ، މީލާދީން ދެވަނަ ޤަރުނުގަ އެވެ. އެ ދީނުގެ މުއައްސިސަކީ، (لاو-تسه) އެވެ. އެ ދިނުގެ އެންމެ އިސް މުޤައްދަސް ފޮތަކީ، އޭނާ އެކުލަވާލި "އަޚުލާޤު" ފޮތެވެ. ޗައިނާގައި، ޠާވީ ދީނުގެ 1500 ފައްޅި ވެ އެވެ.

ޗައިނާގެ ރައްޔިތުންގެ ތެރޭގައި މުސްލިމުންނާއި ކްރިސްޓިއަނުން ވެ އެވެ. އޭގެ އިތުރުން އެހެން ދީންތައް ވެސް ޗައިނާގައި ވެ އެވެ. އެދީންތަކުގެ ތެރޭގައި، ޠާވިއްޔާ އާއި، ޝާމާނިއްޔާ އާއި، އޮރުތޮޑަކުސް އާއި، ޑޮންގްބާ ވެ އެވެ.

ޓިބެޓާއި، މޮންގޯލިއާއާއި، ލޫބާ އާއި، މިންބާ އާއި، ޓޫ އާއި، ޔުވައިގޫ ގެ އަހުލުންގެ ދީނަކީ ބުޑިޒަމެވެ.

މިޔާއު އާއި، ޔާވް އާއި، ޔީ، ގައުމިއްޔަތުގެ މީހުންގެ ދީނަކީ، ކެތޮލިކާއި، ޕްރޮޓެސްޓެންޓް އެވެ. އަދި ހާނީ ގައުމިއްޔަތުގެ ބައެއް މީހުން ވެސް ކްރިސްޓިއަން ދީނުގެ އެ ދެ މަޒުހަބާ ތަބާވެ އެވެ.


ޢީދުތަކާއި، ރަސްމީ ބަންދުދުވަސްތައް

މުޅި ޗައިނާގެ ރަސްމީ ޢީދުތަކަކީ، މަސައްކަތްތެރިންގެ ބަންދު ދުވަސްތަކެވެ. އޭގެތެރޭގައި ހިމެނެނީ، މީލާދީ އާ އަހަރު ފެށޭ ދުވަހާއި، ހަނދުމަހުގެ އާ އަހަރު ފެށޭ ދުވަހާއި، ބައިނަލްއަގުވާމީ އަންހެން މަސައްކަތްތެރިންގެ ދުވަހެވެ. މީގެ ތެރެއިން ހަނދުމަހުގެ އަހަރު ފެށޭ ދުވަހުގެ މުނާސަބަތުގައި ތިން ދުވަހުގެ މުއްދަތަށް ދިގުދެމިގެންދެ އެވެ.