އެހެން ލައިޓަރެއް ދޭށެވެ!


އެކައްޗެއް ކައިގެން އެންމެ ގިނަ ދުވަހު ދުނިޔޭގައި ހުރެވެނީ ކާކަށްތޯ ބެލުމުގެ މުބާރާތެއް ބޭއްވުނެވެ. އެ މުބާރާތުގައި އެމީހަކު ކާން ބޭނުންވާ އެއްޗެއް ކަނޑައަޅަނީ އެމީހަކު އަމިއްލައަށެވެ. އެ މުބާރާތުގެ ފައިނަލަށް ދިޔައީ ތިން މީހެކެވެ. އެއީ، ފަރަންސޭސިވިލާތު މީހަކާއި، ޖަޕާނު މީހަކާއި، އަރަތްބެކެވެ.

ފަރަންސޭސިވިލާތު މީހާ ބުންޏެވެ. "ތިމަންނާއަށް އެއް ޓަނު ޕޮޓޭޓޯ އިން އެއް އަހަރު ދުވަހަށް ފުދޭނެއެވެ."

ދެން އޭނާއަށް އެއް ޓަނު ޕޮޓޭޓޯ ދީފައި، އޭނާ ހުންނަ ގޭގެ ދޮރު ތަޅުލެވުނެވެ.

ޖަޕާނު މީހާ ބުންޏެވެ. "ތިމަންނާއަށް އެއް ޓަނު ހަނޑުލުން އެއް އަހަރު ދުވަހަށް ފުދޭނެއެވެ."

ދެން އޭނާއަށް އެއް ޓަނު ހަނޑޫ ދީފައި، އޭނާ ހުންނަ ގޭގެ ދޮރު ތަޅުލެވުނެވެ.

ޢަރަބި މީހާ ބުންޏެވެ. "ތިމަންނާއަށް އެއް ޓަނު ސިނގިރޭޓުން އެއް އަހަރު ދުވަހަށް ފުދޭނެއެވެ."

ދެން އޭނާއަށް އެއް ޓަނު ސިނގިރޭޓް ދީފައި، އޭނާ ހުންނަ ގޭގެ ދޮރު ތަޅުލެވުނެވެ.

އެއަށްފަހު އެއް އަހަރު ދުވަސް ފާއިތުވުމުން، އެ ތިން މީހުން ލާފައި ބަންދުކުރެވުނު ގެތައް ހުޅުވާލެވުނެވެ.

ފަރަންސޭސިވިލާތު މީހާ ހުރި ގެ ހުޅުވިއިރު، އޭނާ ވަނީ މަރުވެފަ އެވެ.
ޖަޕާނު މީހާ ހުރި ގެ ހުޅުވިއިރު އޭނާ ވެސް ވަނީ މަރުވެފަ އެވެ.
ޢަރަބި މީހާ ހުރި ގެ ހުޅުވިއިރު އޭނާ ހުރީ ގަދަވެ ސަލާމަތުންނެވެ!
އޭނާ ހުރި ގޭގެ ދޮރު ހުޅުވާލުމާއެކު، އޭނާ ހަޅޭއްލަވައިގަތެވެ!

"ތިމަންނާ އަށް ދިން ލައިޓަރުން ގޭސް ހުސްވެއްޖެއެވެ! އަވަހަށް އެހެން ލައިޓަރެއް ދޭށެވެ!"