ސޫރަތުއް ޝަރްޙުގެ ތަޢުރީފު


ސޫރަތުއް ޝަރްޙަކީ، ކީރިތި ޤުރުއާނުގެ 94 ވަނަ ސޫރަތެވެ. މި ސޫރަތުގައިވަނީ 8 އާޔަތެވެ. 27 ކަލިމަ އެވެ. 102 އަކުރެވެ. މިއީ، މައްކިއްޔަ ސޫރަތެކެވެ. މިއީ 30 ވަނަ ޖުޒުއުގެ ސޫރަތެކެވެ. މިސޫރަތް ވަނީ 60 ވަނަ ޙިޒުބުގަ އެވެ. ރުބުޢަކީ 7 އެވެ. މިއީ، މައްކިއްޔަ ސޫރަތެކެވެ. މިސޫރަތުގައި މާތް ﷲ ގެ އިސްމުފުޅު ނަންގަނެވިފައެއް ނުވެ އެވެ. މިސޫރަތް ބާވައިލެއްވީ އައްޟުޙާ ސޫރަތަށްފަހުގަ އެވެ.