ސޫރަތުއް ޝަރްޙުގެ ތަޢުރީފު


ސޫރަތުއް ޝަރްޙަކީ، ކީރިތި ޤުރުއާނުގެ 94 ވަނަ ސޫރަތެވެ. މި ސޫރަތުގައިވަނީ 8 އާޔަތެވެ. 27 ކަލިމަ އެވެ. 102 އަކުރެވެ. މިއީ، މައްކިއްޔަ ސޫރަތެކެވެ. މިއީ 30 ވަނަ ޖުޒުއުގެ ސޫރަތެކެވެ.

ސޫރަތުގެ ނަން


ގިނަ ތަފުސީރު ފޮތްތަކުގައި މިސޫރަތަށް ދެވިފައިވާ ނަމަކީ، (سُورَةُ ‏‏ ‏أَلَم ‏نـَشْرَحْ) އެވެ. ޞަޙީޙު ބުޚާރީއާއި ޖާމިޢުއް ތިރުމިޛީގައި ވެސް ވަނީ މިނަމެވެ. ބައެއް ތަފުސީރު ފޮތްތަކުގައި މިސޫރަތަށް ސޫރަތުއް ޝަރްޙް (سورة الشرح) ގެ ނަން ދެވިފައިވެ އެވެ.

ބާވައިލެއްވި ސަބަބު


ލުބާބުއް ނުޤޫލި ފީ އަސްބާބިއްނުޒޫލި ގައި އިމާމު ސުޔޫޠީ ވިދާޅުވެފައި ވެ އެވެ. ސޫރަތުއްޝަރްޙު ބާވައިލެއްވީ، މުސްލިމުންގެ ފަޤީރުކަމުގެ މައްޗަށް މުޝްރިކުން ދެރަބަސް ބުނެ އާޑަކިއުމުންނެވެ.

ކަލިމަތަކުގެ މާނަ


أَ
ސުވާލުކުރުމުގެ އަދާތެކެވެ. މާނައީ، ހޭ؟ ނުވަތަ ތަ؟ ނުވަތަ ތޯ؟
لَمْ
ނަފީގެ އަދާތެކެވެ. މާނައީ، ނޫނެކެވެ.
نَشْرَحْ
ތިމަންރަސްކަލާނގެ ތަނަވަސްކޮށްދެއްވަނީ
أَلَمْ نَشْرَحْ
ތިމަންރަސްކަލާނގެ ތަނަވަސްކޮށް ނުދެއްވަންތޯ އެވެ؟

ތަރުޖަމާ


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށައިގަންނަމެވެ.

1. أَلَمْ نَشْرَحْ لَكَ صَدْرَكَ
ތިމަންރަސްކަލާނގެ ކަލޭގެފާނުގެ ހިތްޕުޅު، ކަލޭގެފާނަށްޓަކައި ތަނަވަސްކޮށް ނުދެއްވަންތޯ އެވެ؟

ތަފުސީރު


މާތް ﷲ އެކަލާނގެ ނަބިއްޔާ މުޙައްމަދު (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އަށް އެ އަންގަވަނީ، އެކަލާނގެ އިތުރުއެކަލޭގެފާނަށް ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތެއްގެ ވާހަކަ އެވެ. އެކަލާނގެ ދީލަތިވަންތަކަމުން އެނިޢުމަތްވަނީ އިތުރުއެކަލޭގެފާނަށް ދެއްވާފަ އެވެ.

އިޖުމާލީ މާނަ


ކަލޭގެފާނު ނަބީކަމަށް އަހުލުވެރިވެވަޑައިގަތުމަށްޓަކައި، ކަލޭގެފާނުގެ މޭފުޅު، ތިމަންރަސްކަލާނގެ ތަނަވަސްކޮށްދެއްވީމެވެ. ކަލޭގެފާނު ނަބީކަމާއިގެން ފޮނުއްވުމުގެ ކުރިން، ކަލޭގެފާނުގެ ކިބައިގައިވާ ޖާހިލިއްޔަ ޒަމާނުގެ ފާފަ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފުއްސަވައިފީމެވެ.

ޢިބްރަތާއި ފައިދާ


ފާފައަކީ، ހެޔޮކަންތައްތަކުން މީހާ އެއްކިބާކޮށްލާ އެއްޗެކެވެ. އެހެންވީމާ، ފާފަކުރުމުން އެއްކިބާވުމަކީ، ކޮންމެ މުސްލިމެއްގެ ޢަޒުމެއް ކަމުގައި ހަދަންޖެހޭނެ އެވެ. މީހެއްގެ ކިބައިގައި ނޭދެވޭ ކަންތަކެއް ވާނަމަ، އެކަމުގެ ސަބަބުން ވެސް އެމީހަކަށް ހެޔޮކަންތައްތައް ކުރަން އުނދަގޫވާނެ އެވެ.

ފިޤުހީ ޙުކުމުތައް


ސޫރަތުއް ޝަރްޙުގައިވާ ފިޤުހީ ޙުކުމް ލިބޭ އެއް އާޔަތަކީ، އެ ސޫރަތުގެ ހަތްވަނަ އާޔަތެވެ. ހެޔޮކަންކަމުގައި ފޫހިކަމެއް ނެތި އުޅުމަށް އެ އާޔަތުން ދަލީލުލިބެ އެވެ. އެ އާޔަތަކީ، (فَإِذَا فَرَغْتَ فَٱنصَبْ) މިއެވެ.

މޭފުޅު އިރުއްވި ހާދިސާ


ސޫރަތުއް ޝަރްޙްގެ ފުރަތަމަ އާޔަތުގައިވާ "މޭފުޅު ތަނަވަސްކޮށްދެއްވުމަކީ" އިތުރުއެކަލޭގެފާނުގެ މޭފުޅު އިރުއްވި ހާދިސާއަށް އޮތް އިޝާރާތެއް ކަމަށް ރިވާވެފައިވެ އެވެ. އިތުރުއެކަލޭގެފާނުގެ މޭފުޅު، ދެފަހަރަކު އިރުއްވުނު ކަމަށް ޞައްޙަ ޙަދީޘުން ސާބިތުވެ އެވެ.

ޖާސޫސެއްގެ ދަރިފުޅު މަރުވި ގޮތް


އެއްދުވަހަކު ޖާސޫސަކު، ދުޝްމަނުންނަށް ވަރަށް މުހިންމު މަޢުލޫމާތެއް ފޯރުކޮށްދިނެވެ. އެއީ ޤައުމީ ބަޠަލުންތަކެއް އޭނާގެ ގެއަށް ޒިޔާރަތްކުރާ ޚަބަރެވެ.

އޭނާގެ ގެޔަށް އެމީހުން ދާއިރު، ވައިގެމަގުން ހަމަލައެއްދީ އެމީހުން މަރާލުމަށް ދުޝްމަނުން ތައްޔާރުވިއެވެ.

ޢަރަބީންގެ ޙާލަތު


އެއްދުވަހަކު ފަލަސްޠީނު އަންހެނަކު ޝަކުވާގެ އަޑުއުފުލަމުންދިޔައެވެ.

އޭ! އެންމެހައި ޢަރަބީންނޭވެ!
ތިޔަބައިމީހުން ވީ ކޮންތާކު ހެއްޔެވެ؟
އަހަރެމެންގެ ގެތައް ތަޅައި ސުންނާފަތިކޮށްފިއެވެ.
އަހަރެމެންގެ ދަރީންގެ ކުޅޭ އެއްޗެހިތައް ވެސް މުގުރާލައިފިއެވެ.
އެ ކުދިންގެ މުސްތަޤުބަލު ވެސް ހަލާކުކޮށްފިއެވެ.

ނަހީކުރައްވާފައިވާ ލަވަ ކިއުމާމެދު


އެއްދުވަހަކު އިބްނު ޢައްބާސްގެފާނުގެ އަރިހަށް ގޮސް މީހަކު ދެންނެވިއެވެ.

"ލަވަކިއުމާމެދު ކަލޭގެފާނު ވިދާޅުވަނީ ކީކޭތޯއެވެ؟"

ސުވާލުގެ މުރާދަކީ، "ލަވަކިއުމަކީ ޙަރާމް ކަމެއްތޯއެވެ؟ ނުވަތަ އެއީ ޙަލާލު ކަމެއްތޯއެވެ؟"

ޙާފިޡުގެ 167 ވަނަ ޣަޒަލު



1.
ލައްވާށިއޭ ތިޔަ ރީތިކަން، އިރަކަށް ދެކޭހައި ލޯތަކަށް،
ދެއްވާށިއޭ! އިތުރަށް އިރަށް ފުރިހަމަކަމެއް ވާ ދާއިމަށް.

2.
ތިޔަ ވިހުރުވާލާ ދޯދި ވޭ، ހިތް ފަތަޙަކޮށްލާ ބާޒަކަށް،
ފިޔަ، ބާޒުގައި ލައްވާށިއޭ! މަލިކުން ހިތަށް ހިޔަލެއް ކަމަށް!

ޙާފިޡުގެ 134 ވަނަ ޣަޒަލު



1.
ޙާނަތު ދޮރުގައި އުޑުގެ މަލާއިކަތުން މެންދަމު ޓަކިޖެހިތަން ދެކެފިން!!!
ބިމުގެ ތަފާތު ވެލިން މޮޑެވުނު ފުށްގަނޑު ބައްޓަންވީތަން ވެސް ދެކެފިން!!!

2.
ބަޝަރުންގެ ބަފާ ހެއްދެވުމަށްފަހު، އައިހައި މީހުން ޙަރަމު ތެރޭގައި،
ތުންފަތްތަކުގައި ބޮސްދީ، އަދި ތަށި ހުސްކުރަމުން ދިޔަ ގޮތް ވެސް ދެކެފިން!!!

ޙާފިޡުގެ 180 ވަނަ ޣަޒަލު



1.
ހަނދެއް ފަދަ މޫނުތައް އަލިވީ، ޒުވާން އަންހެން ކުދިން ފަހަތުން،
ދުވުން ފިޔަވައި އެހެން ޢަމަލެއް ކުރާކަށް ހިތް ނެތޭ ގަސްތުން.

2.
އިލާހުގެ ޙައްޤުގައި ބުނަމޭ: "ނަސޭހަތް ދޭން އެދޭ ނަމައީ،
ކިޔައިދޭށޭ! މަށަށް ލަވަތައް، ޝަރާބާ ކޫޒު ހިމަނައިގެން."

ރަށްފުށު މީހާގެ ދަބަސް


ރަށްފުށު މީހަކު އޭނާގެ ޤައުމުގެ ވެރިރަށަށް ގޮސް އުޅެނިކޮށް އޭނާގެ ދަބަސް ގެއްލުނެވެ. ދެން އެކަން ފުލުހުންނަށް ރިޕޯޓްކުރުމުން، ފުލުހުން އޭނާއާމެދު ވަރަށް ބޮޑަށް ސަހަރޯވެރިވިއެވެ.

ނުބައި ނަންބަރު


ވަގަކު އޮފީހަކުން ވައްކަންކުރުމަށް ތައްޔާރުވެ، އެ އޮފީހުގައި މީހަކު އުޅޭތޯ ބެލުމަށްޓަކައި އެ އޮފީހަށް ފޯނުކޮށްފައި ބުންޏެވެ.

"ތިޔަ އޮފީހުގައި އައްމަޑޭ އެބައުޅޭ ހެއްޔެވެ؟"

ދެ ވަޒީރުން ވައްކަންކުރާ ގޮތް


މިޞްރުގެ ވަޒީރަކު، އެމެރިކާގެ ވަޒީރަކު ކުރެން އެއްސެވެ.

"އެމެރިކާގެ ވަޒީރުން ވައްކަންކުރަނީ ކިހިނެއް ހެއްޔެވެ؟"

އެމެރިކާ ވަޒީރު ބުންޏެވެ.

ދަރިވަރެއްގެ ފަލްސަފާ


އެއްދުވަހަކު ދަރިވަރަކު ކްލާހުގައި އޭނާގެ މުދައްރިސަށް ނަންގަތެވެ.

"އެއް މުދައްރިސަކު ހުރިހާ މާއްދާއެއް ކިޔަވާނުދެއްވަނީ ކީއްވެތޯއެވެ؟"

މުދައްރިސު ބުނުއްވިއެވެ.

ޖޯކު ކިޔާ ކުއްޖާ


އެއްދުވަހަކު ކުއްޖަކު ކްލާހުގެ ފަހަތުގައި އިނދެގެން މާބާރަށް ހެނމުން ގެންދިޔައެވެ. އިރުއިރުކޮޅާ އޭނާގެ ހުނުމުގެ އަޑު ބާރުވަމުންވެސް ދިޔައެވެ.

އޭނާ ހެނީ ކީއްވެތޯ ބެއްލެވުމަށްޓަކައި މުދައްރިސު އެއްސެވިއެވެ.