ޖޯކު ކިޔާ ކުއްޖާ


އެއްދުވަހަކު ކުއްޖަކު ކްލާހުގެ ފަހަތުގައި އިނދެގެން މާބާރަށް ހެނމުން ގެންދިޔައެވެ. އިރުއިރުކޮޅާ އޭނާގެ ހުނުމުގެ އަޑު ބާރުވަމުންވެސް ދިޔައެވެ.

އޭނާ ހެނީ ކީއްވެތޯ ބެއްލެވުމަށްޓަކައި މުދައްރިސު އެއްސެވިއެވެ.

"ކްލާހުގެ އެންމެ ފަހަތުގައި އިނދެ، މާ ބާރަށް ތިޔަ ހެނީ ކީއްވެ ހެއްޔެވެ؟"

ދަރިވަރު ޖަވާބު ދެމުން ބުންޏެވެ.

"އަޅުގަނޑު މިތާނގައި އެކަނިމާއެކަނި މިއިނީ، އަމިއްލައަށް ޖޯކު ކިއުމަށްޓަކައެވެ. އަޅުގަނޑު މިގެންދަނީ ޖޯކަކަށްވުރެ މަޖާ ޖޯކެއް ކިޔަމުންނެވެ!"