ދަރިވަރެއްގެ ފަލްސަފާ


އެއްދުވަހަކު ދަރިވަރަކު ކްލާހުގައި އޭނާގެ މުދައްރިސަށް ނަންގަތެވެ.

"އެއް މުދައްރިސަކު ހުރިހާ މާއްދާއެއް ކިޔަވާނުދެއްވަނީ ކީއްވެތޯއެވެ؟"

މުދައްރިސު ބުނުއްވިއެވެ.

"މުދައްރިސުންތެ ތެރެއިން އެކަކަށް ވެސް، ތިޔަ ކުދިންނަށް ކިޔަވާދޭ ހުރިހާ މާއްދާއެއް އެނގިނުލައްވާތީއެވެ."

ދަރިވަރު ނަންގަތެވެ.

"ތިމަންމެންނަށް ކިޔަވާދޭ ހުރިހާ މާއްދާއެއް ދެނެލައްވާ އެންމެ މުދައްރިސަކު ވެސް ނެތް ކަމަށް ވަންޏާ، ތިމަންމެންގެ ތެރެއިން އެންމެ ކުއްޖަކަށް ހުރިހާ މާއްދާއެއް ކިޔެވޭނީ ކިހިނަކުންތޯއެވެ؟"