ދެ ވަޒީރުން ވައްކަންކުރާ ގޮތް


މިޞްރުގެ ވަޒީރަކު، އެމެރިކާގެ ވަޒީރަކު ކުރެން އެއްސެވެ.

"އެމެރިކާގެ ވަޒީރުން ވައްކަންކުރަނީ ކިހިނެއް ހެއްޔެވެ؟"

އެމެރިކާ ވަޒީރު ބުންޏެވެ.

"ތިމަންމެން ހަދާ ގޮތަކީ، އެއްބިލިއަން ޑޮލަރުގެ މަޝްރޫޢެއްގެ އަގުގެ ތެރެއަށް ބައިބިލިއަން ޑޮލަރު އިތުރުކުރަނީއެވެ. ދެން މަޝްރޫޢު ހިންގާއިރު، އިތުރުކުރި ބައިބިލިއަން ޑޮލަރު ވަގަށް ނަގަނީއެވެ."

މިޞްރު ވަޒީރު ބުންޏެވެ.

"އެމެރިކާގެ ވަޒީރުންނަށް ވަގަށްނެގެނީ ހާދަހާ މަދު ފައިސާކޮޅެކެވެ!"

އެމެރިކާ ވަޒީރު ބުންޏެވެ.

"މިޞްރުގެ ވަޒީރުން ވައްކަންކުރަނީ ކިހިނެއް ހެއްޔެވެ؟"

މިޞްރު ވަޒީރު ބުންޏެވެ.

"ތިމަންމެން ހަދާ ގޮތަކީ، ދުނިޔެއަށް ދުވަހަކުވެސް އުފަންނުވާނެ މަޝްރޫޢުތަކެއް އިޢުލާނުކުރަނީއެވެ. ދެން އެއަށް ބިލިއަން ޑޮލަރުގެ ބަޖެޓްތައް ކަނޑައަޅައި، އެ ބަޖެޓްތައް އެއްކޮށް ވަގަށްނަގަނީއެވެ!"